މާލޭގެ މޭޔަރު ކަމަށް އުއްޗުގެ ތާއީދު، މޫސާ އަލީ ޖަލީލަށް

ޖަލީލާއި ޗަމްޕާ: ޗަމްޕާ ވަނީ ޖަލީލަށް ތާއިދުކުރައްވާކަން ހާމަކުރައްވާފައި ---

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ޕީއެންސީގެ ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) ތާއީދުކުރައްވައިފިއެވެ. މި ތާއީދު ހާމަކުރެއްވީ މޫސާ ޢަލީ ޖަލީލް އުއްޗުގެ އަރިހަށް ޗަމްޕާގިރިއަށް ކުރެއްވި ޒިޔާރަތެއްގައެވެ. މި ބައްދަލުވުމުގައި ޖަލީލްގެ ގައުމީ ޚިދުމަތާއި، ސިފައިންގެ ދައުރުގައި އޭނާ ދައްކަވާފައިވާ ކެރުމާއި ހިތްވަރަށް އުއްޗު ވަރަށް ބޮޑަށް ތައުރީފު ކުރެއްވިއެވެ. އަދި އޭނާއަށް ވޯޓް ހޯދުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް އުއްޗު ދެއްވިއެވެ.

  • މޫސާ ޢަލީ ޖަލީލަށް ޗަމްޕާ މުޙައްމަދު މޫސާގެ ފުރިހަމަ ތާއީދު ލިބުން
  • މޫސާ ޢަލީ ޖަލީލުގެ ގައުމީ ޚިދުމަތުގެ ރެކޯޑަށް އުއްޗުގެ ތައުރީފު
  • ޖަލީލަށް ވޯޓް ހޯދުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް އުއްޗު ވިދާޅުވުން
  • ސިފައިންގެ ޚިދުމަތުގެ ނަމޫނާ ޚިދުމަތްތެރިއެއްގެ ގޮތުގައި ޖަލީލް ފާހަގަކުރެއްވުން

މާލޭގެ މޭޔަރުކަމަށް ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ މޫސާ ޢަލީ ޖަލީލް ހޮވުމަށް، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުޙައްމަދު މޫސާ (އުއްޗު) މިއަދު ތާއީދުކުރައްވައިފިއެވެ.

ޖަލީލް މިއަދު ވަނީ، އުއްޗުގެ އަރިހަށް ޗަމްޕާގިރިއަށް ޒިޔާރަތް ކުރައްވާފައެވެ.

އެ ޒިޔާރަތުގަައި އުއްޗު ވަނީ މޫސާ ޖަލީލް އެންޑޯޒްކުރައްވައި، މާލޭގެ މޭޔަރުކަމަށް އޭނާ އިންތިޚާބު ކުރުމަށް ތާއީދުކުރައްވާކަން ހާމަކުރައްވާފައެވެ. އަދި، އޭނާއަށް ވޯޓް ހޯދަން މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަން އުއްޗު ވަނީ ދެއްވާފައެވެ.

އެ ބައްދަލުވުމުގައި އުއްޗު ވިދާޅުވީ، މޭޔަރުކަމަށް މިފަހަރު ވާދަކުރައްވާ، ގައުމީ ޚިދުމަތުގެ އެންމެ ފަޚުރުވެރި ރެކޯޑެއް އޮތް ބޭފުޅަކީ މޫސާ ޢަލީ ޖަލީލު ކަމަށެވެ.

ޚާއްޞަކޮށް ސިފައިންގެ ޚިދުމަތުގައި ކެރުމާއި ހިތްވަރާއި ރީތި ނަމޫނާ ދައްކަވާފައިވާ ޖަލީލް ފަދަ ބޭފުޅުންގެ ޚިދުމަތް މި ގައުމަށް ބޭނުންވާކަން އުއްޗު ވަނީ ފާހަގަކުރެއްވާފައެވެ.

މޫސާ ޢަލީ ޖަލީލް ވަނީ، އުއްޗުގެ ތާއީދަށް ޝުކުރު އަދާކުރައްވާފައެވެ.

ފާހަގަކުރެވޭ ގޮތުގައި، މާލޭގެ ފުރަތަމަ މޭޔަރު އާދަމް މަނިކު (ސަރަނގު)އާއި މަޝްހޫރު ވިޔަފާރިވެރިޔާ އަފި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙީމް ވަނީ ޖަލީލަށް ތާއިދުކުރައްވާފައެވެ.

comment ކޮމެންޓް