ފަތުރުވެރިން މަދުން އައުމުން ހިންގަން ދަތިވާ ރިސޯޓުތަކަށް ބީއެމްއެލްގެ ފެސިލިޓީތައް ދެނީ

މިނިސްޓަރު ތޯރިގާއި ބީއެލްއެމްގެ ސީއީއޯ މުހައްމަދު ޝަރީފް: ފަތުރުވެރިން މަދުން އައުމުން ހިންގަން ދަތިވާ ރިސޯޓުތަކަށް ބީއެމްއެލްގެ ފެސިލިޓީތައް ދޭ ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ/ ބީއެމްއެލް

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ހާއްސަ ފިޔަވަޅުތަކެއް އަޅަމުން އެބަދެއެވެ. ހާއްސަކޮށް ފަތުރުވެރިން އަންނަ މިންވަރު މަދުވެ، ހިންގުމަށް ދަތިވެފައިވާ ރިސޯޓުތަކަށް އެހީތެރިވުމުގެ ގޮތުން، ގައުމީ ބޭންކް (ބީއެމްއެލް) މެދުވެރިކޮށް މާލީ ފެސިލިޓީތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. މި މަސައްކަތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދެމެހެއްޓުމަށް އަޅާ މުހިންމު ފިޔަވަޅެކެވެ.

  • މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވޭ.
  • ރިސޯޓުތައް ހިންގުމަށް ދަތިވެފައިވާތީ، ބީއެމްއެލް މެދުވެރިކޮށް މާލީ ފެސިލިޓީތައް ހަމަޖައްސައިދެމުންދާކަން ޓޫރިޒަމް މިނިސްޓަރު ހާމަކުރެއްވި.
  • ފާއިތުވި ދުވަސްތަކުގައި ގިނަ އަދަދެއްގެ ފުލައިޓުތައް ކެންސަލްވެފައިވީ ނަމަވެސް، އިތުރު އެއާލައިންތަކާއެކު އެއްބަސްވުންތައް ހެދުމުގެ މަސައްކަތް ދަނީ ކުރެވެމުން.
  • ރާއްޖޭގެ ފަތުރުވެރިކަން އަލުން އިއާދަކުރުމަށް ސަރުކާރާއި އަމިއްލަ ވިޔަފާރިތައް ގުޅިގެން މަސައްކަތްކުރުން މުހިންމު.

މެދުއިރުމަތީގައި ކުރާ ހަނގުރާމައާ ގުޅިގެން، ފަތުރުވެރިން މަދުން އައުމުން ހިންގުމަށް ދަތިވެފައިވާ ރިސޯޓުތަކަށް ގައުމީ ބޭންކު، ބީއެމްއެލްއިން ފައިނޭންޝަލް ފެސިލިޓީ ފޯރުކޮށްދެމުން އަންނަކަން ޓޫރިޒަމް މިނިސްޓަރު ތާރިގު އިބްރާހިމް މިއަދު ހާމަކުރައްވައިފިއެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކަށް ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވަފާއިވާ މިނިސްޓަރުންގެ ޚާއްސަ ކޮމިޓީން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ތާރިގު ވިދާޅުވީ، ރިސޯޓުތަކަށް އަންނަ ފަތުރުވެރިން މަދުވުމުން އެ ތަންތަން ހިންގުމަށް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ.

އެހެންވެ، އެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އާއެކު މަޝްވަރާކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން، މިހާރު ހިންގުމަށް ދަތިވެފައި ހުރި ރިސޯޓުތަކަށް މާލީ އެހީ ދިނުމަށް ބޭންކުތަކާ ވާހަކަދެއްކުމަށް މަޓީން އެދުނު ކަމަށް ތާރިގު ވިދާޅުވިއެވެ.

މިނިސްޓަރު ތޯރިގް: ވިދާޅުވީ، ފަތުރުވެރިން މަދުން އައުމުން ހިންގަން ދަތިވާ ރިސޯޓުތަކަށް ބީއެމްއެލްއިން މާލީ އެހީ ދޭ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

އަޅުގަނޑުމެން ބީއެމްއެލްއާ ވެސް ވާހަކަދައްކައިފިން. އޮޕަރޭޝަނަށް ދަތިވާ [ރިސޯޓުތަކަށް] އެކި ކަހަލަ ފެސިލިޓީސް ފޯރުކޮށްދޭން ބީއެމްއެލްއިން ތައްޔާރަށް ތިބީ. އަދި މިހާރު ވެސް އެ މަސައްކަތް ކުރެވެމުން އެބަދޭޓޫރިޒަމް މިނިސްޓަރު ތާރިގު އިބްރާހިމް

ފާހަގަކުރެވޭ ގޮތުގައި، މެދުއިރުމަތީގައި ކުރާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ވަނީ އަސަރުކޮށްފައެވެ. ތާރިގު މިއަދު ވިދާޅުވި ގޮތުގައި، މިދިޔަ މަހު 28އިން އިއްޔެއާ ހަމައަށް 496 ފުލައިޓު ވަނީ ކެންސަލްވެފައެވެ.

ނަމަވެސް، ފުލައިޓުތައް އަންނަ މިންވަރު އިތުރުކޮށް، އާ އެއާލައިންތަކާ އެކު އެއްބަސްވުންތައް ހެދުމަށް މަސައްކަތްކުރާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން، އިތިއޯޕިއަން އެއާލައިނާ އެއްކޮށް ސޮއިކޮށް، ދަތުރުތައް ފަށަން ތައްޔާރުވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

https://sun.mv/219595

ފަތުރުވެރިކަމުގެ ސިނާޢަތުގެ ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި، މި ދަތިތަކުން އަރައިގަތުމަށް މަދުވެގެން ދެތިން މަސްދުވަސް ނަގާނެއެވެ. އެހެންކަމުން، މި ވަގުތު އެންމެ މުހިންމީ ސަރުކާރާއި އަމިއްލަ ވިޔަފާރިތައް ގުޅިގެން، ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި އަދި ދަތުރުކުރަން ފަސޭހަ މަންޒިލެއްކަން ބޭރު ދުނިޔެއަށް ސާބިތުކޮށްދިނުމަށް މަސައްކަތްކުރުމެވެ.

comment ކޮމެންޓް