ގަދަ ހޫނުގެ ސަބަބުން ސްކޫލުތަކުން ދަރިވަރުން އެކްޓިވިޓީ ޔުނީފޯމުގައި ގެންދަން އަންގައިފި

2023ވަނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިއިރު އިމާދުއްދީން ކުދިން ސްކޫލަށް ވަންނަނީ -- ސަން ފޮޓޯ: މާހިލް އާތިފް

މި ދުވަސްވަރު ރާއްޖެއަށް ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން ދަރިވަރުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ސްކޫލުތަކުން ވަނީ އެކްޓިވިޓީ ޔުނީފޯމުގައި ސްކޫލަށް އައުމުގެ ހުއްދަ ދީފައެވެ. މިއީ ބެލެނެވެރިންނަށް ލިބުނު ވަރަށް ބޮޑު ލުޔެކެވެ. ރާއްޖޭގެ މޫސުމީ ތަފާސް ހިސާބުތަކަށް ބަލާއިރު، މާރިޗު އަދި އޭޕްރީލް މަހަކީ އަހަރުގެ އެންމެ ހޫނުގަދަ ދެ މަސް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދެއެވެ. ވައި މަޑުވުމާއި ވާރޭ މަދުވުމުގެ ސަބަބުން މި އަހަރު ހޫނުގަދަވުމުގެ އަސަރު އިތުރަށް ބޮޑަށް ފާހަގަކުރެވެއެވެ. ހޫނުގަދަވުމުގެ ސަބަބުން ދިމާވެދާނެ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހާއްސަ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ.

  • ރާއްޖޭގެ ހޫނު މިން މަތިވުމުގެ ސަބަބުން ސްކޫލުތަކުން ދަރިވަރުންނަށް އެކްޓިވިޓީ ޔުނީފޯމުގައި ސްކޫލަށް އައުމުގެ ފުރުސަތު ދީފައިވެއެވެ.
  • މާރިޗު އަދި އޭޕްރީލް މަހަކީ ރާއްޖޭގެ މޫސުން އެންމެ ހޫނުގަދަ ދެ މަސްކަން މޫސުމާ ބެހޭ ގައުމީ އިދާރާއިން ފާހަގަކުރެއެވެ.
  • ހޫނުގަދަވުމުގެ ސަބަބުން ބޮލުގައި ރިއްސުމާއި، ވަރުބަލިވުމާއި، ހަންގަނޑު ހަލާކުވުން ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެދާނެއެވެ.
  • ހޫނުން ރައްކާތެރިވުމަށް ގިނައިން ފެން ބުއިމަށާއި، ހޫނުގަދަ ގަޑިތަކުގައި ބޭރަށް ނުދިއުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ހޫނުގަދަވުމުގެ ސަބަބުން ސްކޫލުތަކަށް ކުދީން އެކްޓިވިޓީ ޔުނީފޯމުގައި ގެންދަން އަންގައިފިއެވެ.

'ސަން'އަށް މައުލޫމާތުދިން ބައެއް ބެލެނެވެރީން ބުނި ގޮތުގައި، މި ދުވަސްވަރު ހޫނު ގަދަވުމުގެ ސަބަބުން، ބައެއް ސްކޫލުތަކުން ވަނީ، ހަފުތާގެ ކޮންމެ ދުވަހަކު ވެސް ދަރިވަރުން އެކްޓިވިޓީ ޔުނީފޯމުގައި އައުމުގެ ފުރުސަތު އޮންނާނެކަމަށް އަންގައިފައިވާ ކަމަށެވެ. އެހެންކަމުން ބޮޑު ލުޔެއް ލިބިފައިވާކަން ބައެއް ބެލެނެވެރީން ވަނީ ފާހަގަކޮށްފައެވެ.

ބެލެނެވެރީންގެ ފަރާތުން މިގޮތަށް މައުލޫމާތު ލިބުނު ނަމަވެސް މިކަން އިތުރަށް ސާފުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ގުޅުމުން، ފޯނު ނުނަގާތީ، މިނިސްޓްރީގެ ބަސް ލިބޭ ގޮތް ވަނީ ނުވެފައެވެ.

މެޓް އޮފީހުން ވަނީ، ކޮންމެ އަހަރެއްގައި ވެސް އިރުވައި މޫސުމުގައި، ވަކިން ޚާއްސަކޮށް މާރިޗް މަހާއި އޭޕްރިލް މަހަކީ ރެކޯޑްތަކުން ދައްކާގޮތުގައި އެންމެ ހޫނުގަދަވާ ދެ މަސްކަން ފާހަގަކޮށްފައެެވެ.

އަދި މި ދުވަސްވަރު މާބޮޑަށް ހޫނު ގަދަވަނީ ވާރޭވެހުން ވަރަށް ބޮޑަށް މަދުވުމުގެ ސަބަބުންކަން މެޓް އޮފީހުން ފާހަގަކުރެއެވެ.

https://sun.mv/219780

އިހުސާސްކުރެވޭ ހޫނުމިން މަތިވުމުގެ ސަބަބުން ސިއްޙީ ގިނަ މައްސަލަތަކާވެސް ކުރިމަތިވާކަން އެޗްޕީއެއިން ވަނީ ފާހަގަކޮށްފައެވެ.

ހޫނުގަދަވުމުގެ ސަބަބުން ބޮލުގަ ރިއްސުމާއި، ވަރުބަލިވުމާއި، ލޮލަށް ގެއްލުން ލިބުމާއި، ހަންގަނޑު އެދުން ފަދަ ސިއްޙީ ގިނަ މައްސަލަތަކާ ކުރިމަތިވާކަމަށެވެ. އަދި މި ކަންކަމުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ހޫނުން ރައްކާތެރިވުމަށްޓަކައި ސިއްޙީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކަށް އެޅުމަށާއި، ހޫނުގަދަ ގަޑިތަކުގައި ބޭރަށް ނުގެންދިއުމަށާއި، ގިނައިން ފެން ބުއިމަށާއި، ބޭރަށްދާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

comment ކޮމެންޓް