ފޭސް އެކެއްގައި ގާއިމްކޮށްފައިވާ ފްލެޓުތަކުގެ އާބާތުރަފިލުވުމުގެ މަސައްކަތް އެޗްޑީސީއިން ފަށައިފި

ފޭސް1 ގައި ގާއިމްކޮށްފައިވާ ފްލެޓުތަކުގެ އާބާތުރަފިލުވުމުގެ މަސައްކަތް އެޗްޑީސީއިން ފަށައިފި---

ހުޅުމާލޭ ފޭސް 1 ގައި ގާއިމްކޮށްފައިވާ 704 ފްލެޓުގެ މަރާމާތުކުރުމުގެ މަސައްކަތްތައް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ފަށާފައެވެ. މި މަސައްކަތްތައް ފަށާފައިވަނީ އެ ފްލެޓުތަކުގެ ބެލެހެއްޓުމާއި މެއިންޓެނަންސް މަސައްކަތްތައް އެ ކުންފުންޏާ ރަސްމީކޮށް ހަވާލުކުރުމާ ގުޅިގެންނެވެ. މިއީ ގިނަ އަދަދެއްގެ އާއިލާތަކެއް ދިރިއުޅޭ ސަރަހައްދެއް ކަމުން، މި މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެ ބޮޑު ލުޔެކެވެ. މީގެ ކުރިން މި ފްލެޓުތަކާ ގުޅޭގޮތުން އާންމުންގެ ޝަކުވާތައް ގިނަވެ، އެކި ފަހަރުމަތިން މައްސަލަތައް ފާހާގަކޮށްފައިވެއެވެ.

  • 704 ފްލެޓުގެ މަރާމާތު މަސައްކަތް އެޗްޑީސީން ފަށައިފި
  • މި ފްލެޓުތަކަކީ ޗައިނާގެ އެހީގައި އިމާރާތްކޮށްފައިވާ ތަންތަން
  • ފްލެޓުތަކުގައި މީހުން ދިރިއުޅެން ފެށީ 2018 ވަނަ އަހަރު
  • މީގެ ކުރިން ފެން ލީކުވުމާއި އެހެނިހެން މައްސަލަތައް އާންމުން ވަނީ ފާހަގަކޮށްފައި

ހުޅުމާލޭ ފޭސް އެކެއްގައި ގާއިމްކޮށްފައިވާ 704 ފްލެޓު އިމާރާތެއްގެ އާބާތުރަފިލުވުމުގެ މަސައްކަތް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީއިން ފަށައިފިއެވެ.

ފޭސް އެކެއްގައި ގާއިމްކޮށްފައިވާ 704 ފްލެޓުތައް ސާފުކުރުމާއި މެއިންޓެނެންސް ކުރުމުގެ މަސައްކަތް އެޗްޑީސީއާ ރަސްމީކޮށް ހަވާލުކުރުމާ ގުޅިގެން އެ ފްލެޓުތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ފަށާފައި ވަނީ މިދިޔަ އަންގާރަ ދުވަހެވެ.

ފޭސް1 ގައި ގާއިމްކޮށްފައިވާ ފްލެޓުތަކުގެ އާބާތުރަފިލުވުމުގެ މަސައްކަތް އެޗްޑީސީއިން ފަށައިފި---

ހައުސިން ޑިވޮލޮލްމެންޓް ކޯޕަރޭޝަން، އެޗްޑީސީއިން ހުޅުމާލޭގައި ހުންނަ ކޮންމެ ހައުސިން ޔުނިޓެއްގެ މެއިންޓަނެންސަށް ވެސް މެއިންޓެނެސް ފީއެއްގެ ގޮތުގައި 1000 ރުފިޔާ އަންނަނީ ނަގަމުންނެވެ.

ޗައިނާ ސަރުކާރުގެ ލުއި ލޯނެއްގެ ދަށުން ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަންއާ (ސީއެމްއީސީ) އާ ހަވާލުކޮށްގެން އަޅާފައިވާ 704 ފްލެޓުތަކުގައި މީހުން ދިރިއުޅެންފެށީ 2018 ވަނަ އަހަރެވެ.

ފްލެޓުތަކުން ފެންލީކުވާ މައްސަލަ އާއި އިތުރު މައްސަލަތަކުގެ ޝަކުވާ އާންމުން ކުރަންފެށުމުން، 2020 ވަނަ އަހަރުގެ ކުރީކޮޅުގައި ވަނީ މަރާމާތުކުރަން ބޭނުންވާ ފްލެޓްތަކުގެ އިންސްޕެކްޝަނެއް ކޮށްފައެވެ.

https://sun.mv/129914

ފާހަގަކޮށްލެވޭ ގޮތުގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި މެއިންޓަނެންސް ކުރަން ޖެހިފައިވާ ފްލެޓުތައް ވަރަށް ގިނައެވެ. އެޗްޑީސީއިން، ފްލެޓުތަކުގެ މެއިންޓަނެންސް މަސައްކަތް ކުރުމުގައި އިހުމާލުވާތީ އެކަމުގެ ކަންބޮޑުވުން އާންމުން ވަނީ މީގެ ކުރިން ފާޅުކޮށްފައެވެ.

ހުޅުމާލޭގައި ގާތްގަނޑަކަށް 8،000 އެއްހާ ސޯޝަލް ހައުސިން ޔުނިޓު އެބަހުއްޓެވެ.

comment ކޮމެންޓް