ލަންކާ ބަލިކޮށް ނޭޕާލު ސެމީ ފައިނަލާ ގާތަށް

ސާފް 20 އަހަރުންދަށުގެ މުބާރާތުގައި ލަންކާ ކޮޅަށް ލަނޑު ޖެހުމަށްފަހު ނޭޕާލް ކުޅުންތެރިން-- ފޮޓޯ: ސާފް

ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ސްރީ ލަންކާ އާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް، ނޭޕާލުން ސެމީ ފައިނަލާ ގާތަށް ޖެހިލައިފިއެވެ. ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުރިއަށްދިޔަ މި ފޯރިގަދަ މެޗުގައި، ނޭޕާލުން ފެނިގެންދިޔައީ ވަރަށް އުއްމީދީ އަދި ޓެކްނިކަލް ގޮތުން ރަނގަޅު ކުޅުމެކެވެ. މެޗުގެ 23 ވަނަ މިނެޓުގައި ސުބާޝް ބަމް ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑުން ނޭޕާލަށް 1-0 ގެ ނަތީޖާއަކުން މޮޅު ލިބުނުއިރު، މިއީ އެ ޓީމުގެ ފޯމާއި ހިތްވަރު ދައްކައިދިން މެޗެކެވެ. މި މޮޅާއެކު ގްރޫޕުގެ އެންމެ ކުރީގައި ނޭޕާލު އޮތްއިރު، ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ކުރުމަށް އެ ޓީމަށް މިހާރު ވަނީ ވަރަށް ފަސޭހަ މަގެއް ފަހިވެފައެވެ.

  • މެޗުގެ ނަތީޖާ 1-0 އަކުން ނިމުނީ ނޭޕާލުގެ ކާމިޔާބީއަކާއެކު
  • މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ސުބާޝް ބަމް
  • މި މޮޅާއެކު ނޭޕާލު ސެމީ ފައިނަލާ ވަރަށް ގާތަށް ޖެހިލައިފި
  • މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުކުރުމަށް ކުރިއަށް އޮތް މެޗުތައް މުހިންމު

ވިހި އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ސްރީ ލަންކާ ބަލިކޮށް ހޯދި ދެވަނަ މޮޅާއެކު ނޭޕާލުން ސެމީ ފައިނަލާ ފިޔަވަޅެއް ގާތަށް ޖެހިލައިފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗު ނޭޕާލް ކާމިޔާބުކޮށްފައިވަނީ ވާދަވެރި ކުޅުމަކަށްފަހު 1-0 ގެ ނަތީޖާއަކަުންނެވެ.

ނޭޕާލުން ވަނީ މި މެޗު ފަށައިގެން ގިނަ އެޓޭކުތަކެއް ކޮށްފައެވެ. އެގޮތުން މި މެޗުގައި ނޭޕާލުން ގިނަ އެޓޭކުތަކެއް ކޮށްފައިވާއިރު، މެޗު ފަށައިގެން ވަރަށް ކުރީކޮޅު ނޭޕާލުން ދެ ހަމަލާއެއް އުފެއްދިއެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ނޭޕާލުން ކާމިޔާބުކޮށްފައިވަނީ މެޗުގެ 23 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ސުބާާޝް ބަމްއެވެ.

ފުރަތަމަ ހާފަށްވުރެ ދެވަނަ ހާފުގައި ނޭޕާލުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާ، މޮޅު ކުޅުމެއް ކުޅެފައެވެ. އެގޮތުން މެޗުގެ 58 ވަނަ މިނެޓުގައި ސުބާޝް ފޮނުވާލި ބާރު ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއެވެ.

މިއީ މި މުބާރާތުގައި ނޭޕާލުގެ ދެވަނަ މޮޅެވެ. ފުރަތަމަ މެޗުގައި ނޭޕާލް ވަނީ ބޫޓާން ބަލިކޮށްފައެވެ. މި ދެ މޮޅާއެކު އެ ޓީމަށް ވަނީ ބޮޑު އެޑްވާންޓޭޖެއް ލިބިފައެވެ. ސެމީއަށް ދިއުމުގެ ބޮޑު ބާރަކާއެކު ނޭޕާލް އޮތްއިރު، މި ގްރޫޕުގައި މިރޭ ރާއްޖެއާ ބޫޓާން ކުޅޭ މެޗުން ގްރޫޕު އެތުރިފައިވާގޮތް ވަރަށް ބޮޑަށް ޔަގީންކުރެވޭނެއެވެ.

މިރޭ ރާއްޖެއާއި ބޫޓާން ބައްދަލުކުރާ މެޗު އެއްވަރުވެއްޖެ ނަމަވެސް ނޭޕާލަށް ސެމީ ޔަގީންވާނެއެވެ. އަދި ބޫޓާން މޮޅުވެއްޖެ ނަމަވެސް ނޭޕާލަށް ސެމީގެ ޖާގަ ލިބޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު