ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން މީހަކު ހޯދަނީ -- ފޮޓޯ/ ފުލުހުން

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށްޓަކައި، ނ. މިލަދޫ، ބަގީޗާގެ، އިބްރާހީމް ޙަބީބުﷲ (31އ) ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ފަށާފައެވެ. ކޯޓުގެ އަމުރެއްގެ ދަށުން އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންނަށް އަންގާފައިވާއިރު، މީގެ ކުރިން އޭނާ ކޯޓަށް ހާޒިރުކުރެވިފައި ނުވާތީ، ފުލުހުންގެ އެހީތެރިކަމަށް ވަނީ އެދިފައެވެ. އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

  • ނ. މިލަދޫ ބަގީޗާގެ، އިބްރާހީމް ޙަބީބުﷲ (31އ) ހޯދަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލައެއްގައެވެ.
  • އޭނާ ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.
  • ކޯޓަށް ހާޒިރުކުރަންޖެހޭނީ ބަންދުގައި ބަހައްޓައިގެންނެވެ.
  • އޭނާއާ ބެހޭ މައުލޫމާތު 9991442 ނަންބަރަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ ބަގީޗާގެ/ ނ. މިލަދޫ، އިބްރާހީމް ޙަބީބުﷲ (31އ)އެވެ.

ފުލުހުން ބުނީ އިބްރާހީމް ޙަބީބުﷲ ހޯދަމުންދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ކަމަށެވެ. އަދި އެއީ ބަންދުގައި ބަހައްޓައިގެން މާދަމާ ހެނދުނު 08:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އިބްރާހީމް ޙަބީބުﷲ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް