ދިރާގުގެ ދިރާގުޕޭ އެޕްލިކޭޝަން މެދުވެރިކޮށް އިތުރު ކްރެޑިޓް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.
ދިރާގުން ބުނީ، މި ޕްރޮމޯޝަންގެ ދަށުން ވަކި އަދަދުތަކެއް ރީލޯޑުކުރުމުން ހަ އިންސައްތަ އިތުރު ކްރެޑިޓް ލިބި، ކަސްޓަމަރުންނަށް ފައިދާވާނެ ކަމަށެވެ.
އެގޮތުން ދިރާގުޕޭ މެދުވެރިކޮށް ރީލޯޑް ކުރާ ކަސްޓަމަރުންނަށް ބޯނަސް ކްރެޑިޓް ލިބޭނެ ގޮތްތަކަކީ، 100 ރުފިޔާގެ ރީލޯޑަކަށް އިތުރު ހަ ރުފިޔާ، 200 ރުފިޔާގެ ރީލޯޑަކަށް އިތުރު 12 ރުފިޔާ، އަދި 500 ރުފިޔާގެ ރީލޯޑަކަށް އިތުރު 30 ރުފިޔާއެވެ.
މި ޚާއްސަ އޮފާ މެދުވެރިކޮށް ހިލޭ ކްރެޑިޓް ހޯދުމަށް ފުރަތަމަ ދިރާގުޕޭ ޑައުންލޯޑުކޮށްލާށެވެ.
އެއަށްފަހު އެޕް ހުޅުވާލައި، "ފީޗާޑް" ޓެބަށް ގޮސް، "ދިރާގު ރީލޯޑް" އިޚްތިޔާރުކުރާނީއެވެ. ދެން ޕްރީޕެއިޑް ފޯނު ނަންބަރު ޖަހައި، ރީލޯޑުކުރަށް ބޭނުންވާ އަދަދު ޖަހައި ކުރިއަށް ދިއުމުން ހިލޭ ކްރެޑިޓް ލިބޭނެއެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ ތިން މަސްދުވަހުގެ މުއްދަތަކަށް، އަންނަ ޖޫން މަހުގެ 16ވަނަ ދުވަހުގެ ނިޔަލަށެވެ.
ރީލޯޑުގެ އިތުރުން، ދިރާގުޕޭއިން ލިބޭ އެހެނިހެން ޚިދުމަތްތަކުގެ ތެރޭގައި ފަވަރަ މެދުވެރިކޮށް ފައިސާ ފޮނުވައި ޖަމާކުރުމާއި، ބިލުތަކަށް ފައިސާ ދެއްކުމާއި، ސަބް ވޮލެޓުގެ ޚިދުމަތް ހިމެނެއެވެ.
މި ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންނަށް އިތުރު ފައިދާ ހޯދައިދިނުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް، ދިރާގުން ބުންޏެވެ.