އަމިއްލަ ފަރާތެއްގެ އެހީގައި ޒިކުރާ މިސްކިތް ހުރި ބިމުގައި ބިނާކުރާ އާ މިސްކިތުގެ ބިންގާ އަޅައިފި

މާލޭގައި ހުރި ޒިކުރާ މިސްކިތުގެ ބަދަލުގައި، ޒަމާނީ ފެންވަރަށް އާ މިސްކިތެއް ބިނާކުރުމަށްޓަކައި ބިންގާ އަޅައިފިއެވެ. އަމިއްލަ ފަރާތެއްގެ ދީލަތި އެހީއާ އެކު ކުރިއަށްގެންދާ މި މަޝްރޫއަކީ އިސްލާމިކް މިނިސްޓްރީން މާލޭގެ ދުވަސްވީ މިސްކިތްތައް އާކޮށް ޒަމާނީ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ބައެކެވެ. ތިން ފަންގިފިލާގެ މި މިސްކިތުގައި 1500 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ ޖާގަ ހުންނާނެއެވެ.

  • މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
  • މިއީ އަމިއްލަ ފަރާތެއްގެ އެހީގައި ކުރިއަށްގެންދާ ތިން ފަންގިފިލާގެ ޒަމާނީ މަޝްރޫއެކެވެ.
  • މި މިސްކިތުގައި 1500 މީހުންގެ ޖާގަ ހުންނާނެއެވެ.
  • މިސްކިތުގެ ޢަމަލީ މަސައްކަތް ރަމަޟާން މަސް ނިމުމާ އެކު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

'މަސްޖިދުއްޒިކުރާ' މިހާރު ހުރި ބިމުގައި އަމިއްލަ ފަރާތެއްގެ އެހީގައި ބިނާކުރާ ޒަމާނީ އާ މިސްކިތުގެ ބިންގާ މިއަދު އަޅައިފިއެވެ.

މި ކަމަށްޓަކައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

އަމިއްލަ ފަރާތެއްގެ އެހީތެރިކަމާ އެކު ބިނާ ކުރާ މި މިސްކިތަކީ ތިން ފަންގިފިލާގެ މިސްކިތެކެވެ. މި މިސްކިތުގައި އަރާފޭބުމަށް ފަސޭހައަށް ލިފްޓު ހަރުކުރާނެއެވެ. މި މިސްކިތް ވާނީ މާލެ ސަރަޙައްދުގައި އަޅާ ޖާގަ ތަނަވަސް، 1،500 މީހުންގެ ޖާގައިގެ މިސްކިތަކަށެވެ.

މި މިސްކިތުގެ ޢަމަލީ މަސައްކަތް ރަމަޟާން މަސް ނިމުމާއެކު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ މާލެ ސަރަޙައްދުގައި ބިނާކޮށްފައިވާ ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ އާ މިސްކިތްތަކެއް ބިނާކުރުމަށް ވުޒާރާއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް