ރޯދަމަހު ވައްކަން ކޮށްގެން ހައްޔަރުކޮށް، ދޫކޮށްލި ދުވަހު އަނެއްކާ ވެސް ވައްކަންކޮށްގެން ހައްޔަރުކޮށްފި

ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށް، ކްރިމިނަލް ކޯޓުން ފަސް ދުވަހަށް ބަންދުކުރި ރ. ރަސްގެތީމު ފީރޯޒުގޭ އާދަމް އިޝާން، ބަންދުގެ މުއްދަތު ހަމަވެ ދޫކޮށްލި ދުވަހު އަނެއްކާވެސް ވައްކަމުގެ އާ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ. މާރިޗު މަހުގެ އަށްވަނަ ދުވަހު އޭނާ ހައްޔަރުކުރީ ވައްކަމާއި، ހުއްދަ ނެތި ގެދޮރަށް ވަނުމާއި މުދަލަށް ގެއްލުން ދިން ކަމުގެ ތުހުމަތުގައެވެ. އެ މައްސަލައިގައި ފަސް ދުވަހަށް ބަންދުކުރުމަށްފަހު ދޫކޮށްލުމާ އެކު، އޭނާ ވަނީ އަލުން ވައްކަމުގެ އަމަލެއް ހިންގައިފައެވެ. މި މައްސަލައިގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށް ފަނޑިޔާރު ވަނީ އަމުރުކުރައްވައިފައެވެ.

  • ރ. ރަސްގެތީމު ފީރޯޒުގޭ އާދަމް އިޝާން ވައްކަމުގެ މައްސަލައެއްގައި ފުރަތަމަ ހައްޔަރުކުރީ މާރިޗު 8 ވަނަ ދުވަހުއެވެ.
  • ކްރިމިނަލް ކޯޓުން އޭނާ ފަސް ދުވަހަށް ބަންދުކުރީ ވައްކަމުގެ އިތުރުން ގެދޮރަށް ވަދެ މުދަލަށް ގެއްލުން ދިން މައްސަލައެއްގައެވެ.
  • ބަންދުގެ މުއްދަތު ހަމަވެ ދޫކޮށްލި ދުވަހު އޭނާ އަނެއްކާވެސް ވައްކަމުގެ އާ މައްސަލައެއްގައި ހައްޔަރުކުރިއެވެ.
  • އާ މައްސަލައާ ގުޅިގެން މިއަދު ކޯޓުން އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ވައްކަމުގެ މައްސަލައެއްގައި މި ރޯދަމަހު ހައްޔަރުކުރި މީހަކު، ބަންދުން ދޫކޮށްލި ދުވަހު، އަނެއްކާ ވެސް ވައްކަންކޮށްގެން ހައްޔަރުކޮށްފިއެވެ.

ވައްކަމުގެ މައްސަލައެއްގައި ބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލި ދުވަހު އަނެއްކާ ވެސް ވައްކަންކޮށްގެން ހައްޔަރުކުރީ، ރ. ރަސްގެތީމު ފީރޯޒުގެ އާދަމް އިޝާންއެވެ.

ވައްކަމުގެ މައްސަލައެއްގައި މި ހިނގާ މާރިޗު މަހުގެ އަށްވަނަ ދުވަހު ހައްޔަރުކުރުމަށް ފަހު، އޭނާ ބަންދުން ދޫކޮށްލީ އިއްޔެއެވެ. އިއްޔެ އޭނާ ބަންދުން ދޫކޮށްލުމާ އެކު، އަނެއްކާ ވެސް އިއްޔެ ވައްކަމުގެ އެހެން މައްސަލައެއްގައި އޭނާ ވަނީ ހައްޔަރުކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ ރިކޯޑްތަކުން ދައްކާ ގޮތުގައި، މި މަހުގެ އަށްވަނަ ދުވަހު އޭނާ ހައްޔަރުކޮށް ޖެހިގެން އައި ދުވަހު ކޯޓަށް ހާޒިރުކުރުމުން، ފަސް ދުވަހަށް އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރިއެވެ.

އެއީ، ވައްކަމުގެ އިތުރުން ހުއްދަ ނުހޯދައި ގޯތިގެދޮރަށް ވަނުމާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައެވެ. ފަސް ދުވަހަސް އޭނާ އެ ދުވަހު ބަންދު ކުރީ ގާޒީ ސަފްއަތު ހަބީބެވެ.

އެ ފަސް ދުވަސް ހަމަވެގެން އޭނާ އިއްޔެ ދޫކޮށްލުމުން އަނެއްކާ ވެސް ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށް މިއަދު ކޯޓަށް ހާޒިރުކުރުމުން، ގާޒީ އިބްރާހިމް ޒިހުނީ ވަނީ 15 ދުވަހަށް އޭނާ ބަންދުކޮށްފައެވެ.

މިއަދުގެ މުއްދަތު މަޖިލީހުގައި އޭނާ ވަނީ ބަންދު މުއްދަތު ކުރުކޮށްދިނުމަށް ވެސް އެދިފައެވެ.

comment ކޮމެންޓް