ވެޓަރަންސް ފައިނަލުގައި ހުޅުމާލޭ ވެޓަރަންސްއާއި ވިލިމާލެ ޔުނައިޓެޑް

ހުޅުމާލޭ ވެޓަރަންސްއާާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ޕީއެސްއެމް

އެފްއޭއެމް ވެޓަރަންސް ކަޕްގެ ފައިނަލުގެ ޖާގަ ހުޅުމާލޭ ވެޓަރަންސް ކުލަބާއި ވިލިމާލެ ޔުނައިޓެޑުން ކަށަވަރުކޮށްފިއެވެ. ހުޅުމާލެ ވެޓަރަންސް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު 3-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. ވިލިމާލެ ޔުނައިޓެޑު ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޕޮލިސް ކުލަބު 2-1 އިން ބަލިކޮށްގެންނެވެ. މިއީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލުން އިންތިޒާމުކޮށްގެން ބާއްވާ މުބާރާތެކެވެ. މުބާރާތުގެ ފައިނަލް މެޗު މިމަހުގެ 16 ވަނަ ދުވަހުގެ ހަވީރު ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

  • ހުޅުމާލޭ ވެޓަރަންސް އާއި ވިލިމާލެ ޔުނައިޓެޑު ފައިނަލަށް ދަތުރުކޮށްފި
  • ހުޅުމާލެ ވެޓަރަންސް ފައިނަލަށް ދަތުރުކުރީ ނިއު ރޭޑިއަންޓް ބަލިކޮށްގެން
  • ވިލިމާލެ ޔުނައިޓެޑު ފައިނަލަށް ދަތުރުކުރީ ޕޮލިސް ކުލަބު ބަލިކޮށްގެން
  • ފައިނަލް މެޗު 16 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވޭ

އެފްއޭއެމް ވެޓަރަންސް ކަޕްގެ ފައިނަލަށް ހުޅުމާލެ ވެޓަަރަންސް ކުލަބާއި ވިލިމާލެ ޔުނައިޓެޑު ދަތުރުކޮށްފިއެވެ.

މުބާރާތުގެ ފައިނަލަށް ހުޅުމާލޭ ވެޓަރަންސް ދަތުރުކޮށްފައިވަނީ އިއްޔެ ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ވާދަކޮށް 3-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ހުޅުމާލެ ވެޓަރަންސްގެ ދެ ލަނޑުވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހުސެއިން ވިޝާލްގެ އިތުރު ޒިޔާދެވެ. ނިއުގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އިސްމާއިލް އަނިލްއެވެ.

ފައިނަލުގައި ހުޅުމާލޭ ވެޓަރަންސް ބައްދަލުކުރާނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗު ކާމިޔާބުކުރި ވިލިމާލޭ ޔުނައިޓެޑާއެވެ. މުބާރާތުގެ ފައިނަލަށް ވިލިމާލޭ ޔުނައިޓެޑު ދަތުރުކޮށްފައިވަނީ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޕޮލިސް ކުލަބު 2-1 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.

މިއަހަރުގެ ވެޓަރަންސް ފުޓުބޯޅަ މުބާރާތް ރާވާ، އިންތިޒާމުކުރަމުންދަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އެވެ. އެންމެފަހުން އެފްއޭއެމުން ވެޓަރަންސް މުބާރާތް ބޭއްވީ މީގެ 15 ވަރަކަށް އަހަރުކުރިންނެވެ. މި މުއްދަތުގެ ތެރޭގައި ވެޓަރަންސް މުބާރާތް ބޭއްވީ އަމިއްލަ ކުލަބުތަކުންނެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 16 ވަނަ ދުވަހުގެ ހަވީރެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު