ޓްރީޓޮޕް ހޮސްޕިޓަލުގެ އެންޑޯކްރިނޮލޮޖީ ޚިދުމަތްތައް މާލޭގައި ހުންނަ އެ ހޮސްޕިޓަލުގެ ކްލިނިކު، ޓީޓީއެޗް ކްލިނަކަށް ތައާރަފުކޮށްފިއެވެ.
އެންޑޯކްރޮނޮލިޖީއަކީ، އެންޑޯ ކްރީން ސިސްޓަމުގައި ހިމެނޭ ހޯމޯން އުފައްދާ ގްލޭންޑުތަކާއި ގުނަވަންތަކާ ގުޅުންހުރި ބަލިތަކުގެ ފަރުވާއަށް ޚާއްސަ ދާއިރާއެކެވެ.
ޓްރީޓޮޕުން ބުނި ގޮތުގައި، އެންޑޯކްރިނޮލޮޖީގެ ޚިދުމަތްތައް ޓީޓީއެޗް ކްލިނިކަށް ތައާރަފުކުރީ، މާލޭގައި އެފަދަ ބަލިތަކަށް ފަސޭހައިން ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށެވެ.
އެ ދާއިރާއިން ޓީޓީއެޗް ކުލިނިކުން ފަރުވާދޭ ބަލިތައް:
- ހަކުރު ބައްޔާއި މެޓަބޮލިޒަމް: ހިމެނެނީ، ޓައިޕް ވަންއާއި ޓައިޕް ޓޫގެ އިތުރަށް ޖޭސްޓޭޝަނަލް ހަކުރު ބައްޔެވެ.
- ޑިސްއޮޑާސްއާއި ތައިރޮއިޑް: ހައިޕޯ ތައިރޮއިޑިޒަމާއި ހައިޕާ ތައިރޮއިޑިޒަމް ހިމެނެއެވެ.
- ހޯމޯނަލް އިމްބެލެންސަސް: ހިމެނެނީ، ޕީސީއޯސްއާއި ޓެސްޓޯޓަރޯން ދަށްވުމާއި އެޑްރެނަލް ގްލޭންޑުގެ މައްސަލަތަކެވެ.
- ކަށީގެ ދުޅަހެޔޮ ކަމާ ގުޅޭ މައްސަލަތައް: އޭގެތެރޭގައި، އޮސްޓިއޯޕޮރޯސިސްއާއި ކެލްޝިއަމް މެޓަބޮލިޒަމް ޑިސްއޯޑާތައް ހިމެނެއެވެ.
- ޑިވަލޮޕްމަންޓާއި ހެދިބޮޑުވުމާ ގުޅޭ މައްސަލަތައް: ގްރޯތު ހޯމޯނާއި ޕުޓިއުޓަރީ ފަންކްޝަންތަކާ ގުޅޭ މައްސަލަތައް ހިމެނެެއެވެ.
އެ ހޮސްޕިޓަލުން ބުނީ، އެންޑޯކްރިނޮލޮޖީގެ ބަލިތަކުގައި ފަރުވާ ދިނުމަށް އެ ބައްޔާ ގުޅޭ ސްޕެޝަލިސްޓު ޑޮކްޓަރުންގެ ޓީމެއް ހިމެނޭ ކަމަށެވެ.
އޭގެއިތުރަށް، ހަކުރު ބަލި މެނޭޖު ކުރުމާއި ޕީސީއޯއެސް ފަރުވާއަށް ޚާއްސަ ޕްރޮގްރާމުތަކެއް ޓްރީޓޮޕުން ވަނީ ހަދާފައެވެ. ކޮންމެ ބަލި މީހަކަށް ޚާއްސަކޮށް ހަދާފައިވާ ކެއާ ޕްލޭނެއް ލިބޭނެކަން އެ ހޮސްޕިޓަލުން ފާހަގަކުރިއެވެ.
ޓީޓީއެޗް ކުލިނިކުގައި އެންޑޯކްރިނޮލޮޖީގެ ސުޕަ ސްޕެޝަލިސްޓު ޑރ. ޕަންކާޖް ޓްވާޓްރީއަށް ދެއްކުމަށް މިހާރު އެޕޮއިންޓުމަންޓު ހެއްދޭއިރު، އޭނާ ބައްލަވާނީ ކޮންމެ ހޯމަ ދުވަހަކާއި ބުރާސްފަތި ދުވަހެއްގެ 20:30އިން 22:30އަށެވެ.