ޓްރީ ޓޮޕްގެ އަށް ވަނަ އަހަރީ ދުވަސް ފާހަގަކުރަނީ ޚާއްސަ އޮފާތަކަކާއެކު

ޓްރީ ޓޮޕްގެ އަށް ވަނަ އަހަރީ ދުވަސް ފާހަގަކުރަނީ ޚާއްސަ އޮފާތަކަކާއެކު ---

ޓްރީ ޓޮޕް ހޮސްޕިޓަލުގެ އަށް ވަނަ އަހަރީ ދުވަސް، ޚާއްސަ އޮފާތަކާއެކު މި ހިނގާ މާރިޗް މަހު ފާހަގަކުރަން ތައްޔާރުވެއްޖެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ، މިއީ ރާއްޖޭގައި ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގައި އެ ހޮސްޕިޓަލުން ކާމިޔާބު އަށް އަހަރު ފުރިހަމަކުރި މުނާސަބަތު ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޚިދުމަތްތައް ފެށީ މާރިޗު 1، 2018ގައެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއަރުވައި، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުކުރުމުގެ އިތުރުން، ދުނިޔޭގެ ފެންވަރުގެ ސިއްހީ ޚިދުމަތްތައް ރާއްޖޭގައި ތިބެގެން ފަސޭހަކަމާއެކު ލިބޭނެ މަގު ތަނަވަސްކޮށްދިނުންކަން ޓްރީ ޓޮޕްއިން ފާހަގަކުރެއެވެ.

އެ ހޮސްޕިޓަލުގައި 210 އެނދުގެ ޖާގަ ހުންނައިރު، އެކި ދާއިރާތަކުގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާއެކު ފުޅާދާއިރާއެއްގައި ޚިދުމަތްތައް ފޯރުކޮށްދެއެވެ. އޭގެ ތެރޭގައި އައިސީޔޫ، ކެތު ލެބް، އެންއައިސީޔޫ، އެޗްޑީޔޫ، ފާޓިލިޓީ ސެންޓަރު، ޑަޔަލަސިސް ސެންޓަރު، އަދި ކީމޯތެރަޕީގެ ޚިދުމަތް ދޭ އޮންކޮލޮޖީ ކްލިނިކް ފަދަ ޒަމާނީ ވަސީލަތްތައް ހިމެނެއެވެ.

އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި ކުރިއަރާފައިވާ ލެބޯޓްރީ ޚިދުމަތްތަކާއެކު، އެ ހޮސްޕިޓަލުން އަބަދުވެސް އިސްކަންދެނީ ބަލި މީހުންނަށް ރައްކާތެރި، ފައިދާހުރި އަދި ހަރުދަނާ ފަރުވާއެއް ފޯރުކޮށްދިނުމަށް ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެއެވެ.

އެ ހޮސްޕިޓަލުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި މި ހިނގާ މާރިޗު މަހުގެ ނިޔަލަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ޚާއްޞަ ޑިސްކައުންޓްތަކާއި ހަރަކާތްތައް ކުރިއަށްގެންދިޔުމަށް ނިންމައިފައިވެއެވެ. އޭގެ ތެރޭގައި:

• "ވެލް މޭލް" އަދި "ވެލް ވުމަން" ހެލްތު ސްކްރީނިން ޕެކޭޖުތަކުން 20 ޕަސެންޓްގގެ ޑިސްކައުންޓެއް ލިބޭނެއެވެ. އެއީ ބަލިތައް ކުރިއާލާ ދެނެގަތުމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއެޅުމުގެ ގޮތުން ފަރުމާކޮށްފައިވާ ޕެކޭޖުތަކެކެވެ. އެ ޕެކޭޖުތަކުގެ ދަށުން އަންހެނުންނާއި ފިރިހެނުންގެ ދިގު މުއްދަތުގެ ދުޅަހެޔޮކަމަށް ބޭނުންވާ ޚާއްޞަ ޓެސްޓުތަކާއި އެސެސްމެންޓްތައް ކުރިއަށް ގެންދާނެއެވެ.

މީގެ އިތުރުން، ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ކަމަށްވާ މާރިޗް އަށް ވަނަ ދުވަހު، ވެލް ވުމަން ޕެކޭޖުން 25 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެއެވެ. އެއީ އަންހެނުންގެ ދުޅަހެޔޮކަމަށް އިސްކަން ދިނުމަށް ހިތްވަރު ދިނުމުގެ ގޮތުން ދޭ ޑިސްކައުންޓެއް ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ހަމައެއާއެކު، މި މަހުގެ 15އިން 31އަށް، އަނގައިގެ ދުޅަހެޔޮކަމުގެ ދުވަހާ ދިމާކޮށް ވެސް ޚާއްސަ ޑިސްކައުންޓުތަކެއް ދިނުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ނިންމައިފައިވެއެވެ. އޭގެ ތެރޭގައި ބައެއް ޚިދުމަތްތަކުން 15 ޕަސެންޓް ޑިސްކައުންޓެއް ދިނުން ހިމެނެއެވެ. އެގޮތުން، ސްކޭލިން އާއި ފިޝާ ސީލެންޓް ޚިދުމަތުން ޑިސްކައުންޓްތައް ދޭނެއެވެ.

ސްކޭލިންގައި ހިމެނެނީ ދަތްތައް ވަރަށް ފުރިހަމައަށް ސާފުކޮށްދިނުމެވެ. އަދި ފިޝާ ސީލެންޓް ޚިދުމަތުގެ ދަށުން، ދަތް ފަނިކެއުމުން ރައްކާތެރިކުރުމަށް، ދަތުގައި ކޯޓިންއެއް ލެވޭނެއެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ރޯދަމަހު، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ދެ ދަންފަޅިއަކަށް ބަހާލައިގެން އޯޕީޑީ ޚިދުމަތް ދޭނެއެވެ. އެއީ ހެނދުނު 10:00އިން މެންދުރުފަހު 15:00އަށް އަދި ރޭގަނޑު 20:30އިން 23:00އަށެވެ.

comment ކޮމެންޓް