މާލެ ސަރަހައްދުގައި މަސް ދަޅު ކޭސް ދޫކުރާނީ، އަންނަ ބުދަ ދުވަހުގެ ނިޔަލަށް

މީހަކު މަސްކޭހަކާ ހަވާލުވަނީ: މާލެ ސަރަހައްދުގައި މަސް ދަޅު ކޭސް ދޫކުރާނީ، އަންނަ ބުދަ ދުވަހުގެ ނިޔަލަށް --- ފޮޓޯ/ ލޯކަލް ގަވަނަންސް މިނިސްޓްރީ

ރޯދަ ހަދިޔާގެ ގޮތުގައި މާލެ ސަރަހައްދުގައި މަސް ދަޅު ކޭސް ދޫކުރާނީ، އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

އެކްސްގައި މިނިސްޓަރު ލިޔުއްވި ޕޯސްޓެއްގައި ވަނީ، މާލެ ސަރަހައްދުގައި މަސް ކޭސް މިހާރު ދޫކުރަނީ، މާފަންނު ޓްރެކް ދަނޑު ކައިރީ ހުންނަ އެމްސީއެލްޕީގެ ޕަބްލިކް ވޯކްސް ފެންޑާއިންނާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ހުންނަ މިފްކޯ ފިހާރަތަކުން ކަމަށެވެ.

އެ ތަންތަނުން މަސް ކޭސް ދޫކުރާނީ، 15ވަނަ ރޯދައިގެ ނިޔަލަށް ކަމަށް މިނިސްޓަރު ލިޔުއްވާފައިވެއެވެ. ފަނަރަ ވަނަ ރޯދަ ވަނީ، އަންނަ ބުދަ ދުވަހަށެވެ.

ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޫކުރާ މަސް ކޭސް އެ މިނިސްޓްރީން ބަހަން ފެށީ، މިދިޔަ ޖަނަވަރީ 24ގައެވެ. މި އަހަރު, މުޅި ރާއްޖޭގެ 118،773 ގޭބީސީއަކަށް 48 ދަޅުގެ މަސް ކޭސް ބަހަން ސަރުކާރުން ވަނީ ނިންމާފައެވެ.

މި މަހު 11ގެ ނިޔަލަށް 53،308 މަސްދަޅު ކޭސް މާލެ ސަރަހައްދަށް ވަނީ ދޫކޮށްފައެވެ.

https://sun.mv/217865

ފާހަގަކުރެވޭ ގޮތުގައި، ބާޒާރުގައި މިފްކޯއިން މަސްދަޅު ކޭހެއް ވިއްކަނީ 760 ރުފިޔާއަށެވެ. އެހެންކަމުން، މި އަހަރު ސަރުކާރުން ދޫކުރާ 118،977 މަސްދަޅު ކޭހަށް ޚަރަދުވާނީ، ޖުމުލަ 90.4 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ ރޯދަ މަހަށް ސަރުކާރުން ވަނީ ކޮންމެ ގޭބިސީއަކަށް 48 ދަޅުގެ މަސް ކޭހެއް ދީފައެވެ. އެގޮތުން، މާލޭގެ ގޭބިސީތަކަށް 50،519 މަސްކޭހާއި ރަށްރަށުގެ ގޭބިސީތަކަށް 60،712 މަސްކޭސް ހަދިޔާކޮށްފައިވެއެވެ.

comment ކޮމެންޓް