ރާގު ބަދަލުވެއްޖެ، މޮރިޝަސްއަށް ޗާގޯސްގެ ރަށްތައް ދޭން ޓްރަމްޕް ތާއީދުކުރައްވައިފި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކެއާ ސްޓާމާ (ކ) އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ). ޗާގޯސް މޮރިޝަޝްއަށް ދިނުމަށް ޓްރަމްޕް ވަނީ ތާއީދުކުރައްވާފައި. ފޮޓޯ/ރޮއިޓާސް

ކުރިން ވިދާޅުވި ވާހަކަ އާ މުޅިން އިދިކޮޅަށް, އިނގިރޭސިވިލާތުން މޮރިޝަސްއަށް ޗާގޯސްގެ ރަށްތައް ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތާއީދުކުރައްވައިފިއެވެ.

އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާއާ ފޯނުން ދެއްކެވި ވާހަކަތަކަކަށް ފަހު އެމަނިކުފާނުގެ ސޯޝަލް ޓްރޫތު ޕްލެޓްފޯމްގައި ޓްރަމްޕް ވަނީ އިނގިރޭސިވިލާތުން ގާއިމުކުރި އެ އެއްބަސްވުމަކީ 'އެންމެ ރަނގަޅު ޑީލް' ކަމަށް ސިފަކުރައްވާފައެވެ.

އެކަމަށް މިހާރު ޓްރަމްޕް ތާއީދުކުރެއްވި ނަމަވެސް އިނގިރޭސި ވިލާތުން ޗާގޯސްގެ އިސްތިއުމާރު ދޫކޮށްލައި އެތަނުގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމަކީ "ގަމާރު ނިންމުމެއް" ކަމަށް މީގެކުރިން މިދިޔަ ޖެނުއަރީ މަހު ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

https://www.sun.mv/217443

ޓްރަމްޕް އެގޮތަށް ވިދާޅުވުމުން ރާއްޖޭގެ ރައީސް ޑރ. މުޙައްްމަދު މުއިއްޒު މި ފަހުން ވިދާޅުވެފައިވަނީ ފޯޅަވަހީގެ މިލްކުވެރިކަން ރާއްޖެއަށް ލިބިއްޖެ ނަމަ، އެ ސަރަހައްދުގައި އެމެރިކާއިން ހަދައިފައިވާ އަސްކަރީ މަރުކަޒު ހިންގުމަށް އެއްބަސްވުމަކަށް އާދެވިދާނެ ކަމަށެވެ.

އިނގިރޭސިވިލާތުން މިދިޔަ އަހަރު މެއި މަހު ވަނީ އެއްބަސްވުމެއް ގާއިމުކޮށް ޗާގޯސްގެ ރަށްތަކުގެ އިސްތިގުލާލު މޮރިޝަސްއަށް ދީފައެވެ. ނަމަވެސް އެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު، ޑިއޭގޯ ގާސިއާ މިހާރު ވެސް ބޭނުންކުރަމުން އަންނަ ގޮތަށް އެމެރިކާ އާއި އިނގިރޭސި ވިލާތުގެ އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރުމުގެ ހުރިހާ ބާރެއް 99 އަހަރަށް އިނގިރޭސި ވިލާތަށް އޮންނާނެއެވެ. އިނގިރޭސިވިލާތުން ވަނީ އެ ރަށް އެމެރިކާގެ އަސްކަރީ ބޭނުމަށް ކުއްޔަށް ދޫކޮށްފައެވެ.

އެހެން ނަމަވެސް، ޑިއޭގޯ ގާސީއާ ކުއްޔަށް ދޫކުރަން ވެފައިވާ އެއްބަސްވުން ރޫޅިއްޖެނަމަ ނުވަތަ އެ މަރުކަޒުގައި އެމެރިކާ ގާއިމުވެ ތިބުމަށް ގޮންޖެހުމެއް އެއްވެސް ފަރާތަކުން ކުރިމަތިވެއްޖެ ނަމަ، އެމެރިކާ ސިފައިން އެތަނުގައި ދެމި ތިބޭނެކަން ކަށަވަރުކުރުމަށް އަސްކަރީ ބާރުގެ ބޭނުންކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ޓްރަމްްޕް ވިދާޅުވިއެވެ.

ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި މޮރިޝަސް އިން ވަނީ 2018 ވަނަ އަހަރު އިނގިރޭސިވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންގޮސްފައެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުން ނެރުނު ލަފާގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސްއަށް ކަމަށެވެ.

ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި މޮރިޝަސް އިން ވަނީ 2018 ވަނަ އަހަރު އިނގިރޭސިވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންގޮސްފައެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުން ނެރުނު ލަފާގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށެވެ.

https://www.sun.mv/217593

ޗާގޯސް ރަށްތަކަކީ 1814 ވަނަ އަހަރުން ފެށިގެން އިނގިރޭސިންގެ ކޮންޓްރޯލްގެ ދަށުގައި އޮތް ރަށްތަކެކެވެ. 1960 އާއި 1970 ގެ އަހަރުތަކުގައި ވިއެޓްނާމް، އިރާގު އަދި އަފްޣާނިސްތާނުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކުގައި މުހިންމު ދައުރެއް އަދާކުރި އެމެރިކާގެ އަސްކަރީ މަރުކަޒަށް ޖާގަ ދިނުމަށްޓަކައި އިނގިރޭސިވިލާތުން ވަނީ އެ ރަށްތަކުން މީހުން ބާލުވާފައެވެ. އޭރު އެތަނުގެ އާބާދީއަކީ ގާތްގަޑަކަށް 2،000 މީހުންނެވެ.

ޗާގޯސް ރަށްތަކުގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 2،100 ކިލޯމީޓަރު (1،300 މޭލު) ދުރުގައި އޮންނަ އެފްރިކާގެ ގައުމެއް ކަމަށްވާ މޮރިޝަސް އޮންނަނީ އިންޑިއާ ކަނޑުގެ މަޑަގަސްކަރައިގެ އިރުމަތީ އައްސޭރީގައެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފައެވެ.

އަދި މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ބައިކޮށްފައެވެ.

ނަމަވެސް، އެ ސަރަހައްދަކީ އަދިވެސް ރާއްޖޭގެ ސަރަހައްދެއް ކަމަށް އިއްޔެ ދެއްވި ރިޔާސީ ބަޔާނުގައި ދިވެހިރާއްޖޭގެ ރައީސް ޑރ.މުޙައްމަޒު މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އިޓްލޮސްއިން ނިންމި ނަމަވެސް، 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދަކީ އަދިވެސް ރާއްޖޭގެ ސަރަހައްދެއްގެ ގޮތުގައި ރައީސް މުޢިއްޒު އިއްޔެ އިއުލާނުކުރެއްވުމާ ގުޅިގެން، އެ ސަރަހައްދު ހިމާޔަތްކޮށް, ދިވެހި ސިފައިން އެ ސަރަހައްދު ބަލަހައްޓަމުންދާނެ ކަމަށް، ރާއްޖޭގެ ޑިފެންސް މިނިސްޓްރީން އިއްޔެ ބުނެފައިވެއެވެ.

ރައީސް މުއިއްޒު އިއްޔެ ވިދާޅުވީ ފޯޅަވަހީގެ ތާރީޚެއް ރާއްޖެއަށް އެބައޮތް ކަމަށާއި ޗާގޯސްގެ ރަށްތައް މޮރިޝަސްއަށް ދިނުމާ ދެކޮޅަށް އިނގިރޭސިވިލާތަށް މިދިޔަ މަހު އިއުތިރާޒު ހުށަހަޅާފައިވާނެ ކަމަށެވެ. އަދި ކަނޑުގެ މައްސަލައިގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ އަނބުރާ ގެންނަވަން ނިންމާފައިވާ ކަމަށް ވެސް ރައީސް މުއިއްޒު އިއްޔެ ވިދާޅުވިއެވެ. އަދި ރާއްޖޭގެ ކަނޑުން ބޮޑު ބައެއް ގެއްލޭގޮތަށް އެމްޑީޕީގެ އެ ސަރުކާރުން އަމަލު ކުރައްވާ ފައިވާ ކަމަށް ތުހުމަތު ކުރައްވައި އެ މައްސަލަ ބައްލަވަން ރިޔާސީ ކޮމިޝަނެއް އުފައްދަވާނެކަން ރައީސް އިއްޔެ އިއުލާން ކުރެއްވެވިއެވެ.

comment ކޮމެންޓް