ފޯޅަވަހީގެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް ހަދަނީ

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި އެ ސަރުކާރުގެ ބަންޑާރަ ނައިބު ރިއްފަތު -- ސަން ފޮޓޯ/ އަޙްމަދު އަވްޝަން އިލްޔާސް

ފޯޅަވަހީގެ މައްސަލަ ބެލުމަށް ރިޔާސީ ކޮމިޝަނެއް ހެދުމަށް ނިންމަވާފައިވާކަން ރައީސް ޑރ.މުހައްމަދު މިއަދު ހާމަކުރައްވައިފިއެވެ.

ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭ ގޮތުން އެތައް އަހަރެއް ވަންދެން އޮތް އަރައިރުންތަކަށް ފަހު މިދިޔަ އަހަރު ހެދި އެއްބަސްވުމެއްގެ ދަށުން އިނގިރޭސިވިލާތުން ވަނީ އެ ސަރަހައްދު މޮރިޝަސްއަށް ދިނުމަށް ނިންމައިފައެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، އިޓްލޮސްއިން ކަނޑުގެ މައްސަލަ ނިންމާފައިވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭ ގޮތަށް ކަމަށެވެ.

https://sun.mv/217594

އެއީ މިދިޔަ ސަރުކާރުން ދޫކޮށްލި ސަރަހައްދެއް ކަމަށާއި އެ ސަރަހައްދު ހޯދަން ގާނޫނީ ގޮތުން މަސައްކަތް ކުރަން ބަންޑާރަ ނައިބަށް އަންގަވައިފައިވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ޗާގޯސް ރަށްތައް: ފޯޅަވަހީގެ މައްސަލަ ބަލަން ރިޔާސީ ކޮމިޝަނެއް ހަދަނީ -- ފޮޓޯ/ އަލާމީ

މިގޮތުން، އެ މައްސަލަ ދިރާސާ ކުރި ކޮމިޓީގެ ރިޕޯޓު މިދިޔަ މަހު 22ގައި އެ މަނިކުފާނަށް ހުށަހަޅައިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، ކެބިނެޓުން އެ ރިޕޯޓާ ގުޅިގެން މިހާރު ފިޔަވަޅު އަޅަން ފަށައިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ކަނޑުގެ މައްސަލައާ ގުޅޭގޮތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް، މޮރިޝަސްއަށް ފޮނުއްވި ސިޓީ އަނބުރާ ގެންނަވަން ނިންމަވާފައިވާ ކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.

އޭގެއިތުރަށް، ކުރީ ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން އިޔާދަ ނުކުރެވޭ ގެއްލުން ލިބިފައިވާތީ، އެކަމާ ގުޅޭ ގޮތުން ސުވާލުކޮށް، ގާނޫނީ ފިޔަވަޅު އަޅަން ކޮމިޝަން އޮފް އިންކުޔަރީއެއް ހަދަން ނިންމައިފައިވާކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ޗާގޯސް، މޮރިޝަސްއާ ހަވާލުކުރުމަށް ބައިނަލްއަގުވާމީ އިދާރާތަކުން މީގެ ކުރިން ގޮވާލައިފައިވެއެވެ. އަދި، 2019ގައި މޮރިޝަސްއިން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގައި ކުރި ދައުވާ މޮރިޝަސްއާ އެއްކޮޅަށް ނިމި އެ ކޯޓުން ވަނީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގައިފައެވެ.

https://sun.mv/217443

އެ ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލައިގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފައެވެ. އަދި މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ބައިކޮށްފައެވެ.

އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށްވާއިރު، ޗާގޯސް މައްސަލަ ކުރިއަށްގެންދަން ސަރުކާރުން ކޮމިޓީއެއް އެކުލަވައިލައިފައިވެއެވެ.

comment ކޮމެންޓް