އިނގިރޭސި ލީގު ކަޕުގައި ކާޑިފް ސިޓީ ބަލިކޮށް ޗެލްސީން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ރަށުން ބޭރުގައި ޗެލްސީ ކުޅުނު މި މެޗު އެޓީމު ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.
ބޮޑު ބަދަލަކާއެކު ޗެލްސީ މި މެޗާއި ކުރިމަތިލިއިރު، ތަފާތު ކަންތައްތަކެއް މި މެޗުގައި ފެނިގެންދިޔައެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް ލަނޑެއް ކާމިޔާބުނުވާއިރު، ދެވަނަ ހާފުގެ ކުރީކޮޅު ޗެލްސީން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލެހަންދްރޯ ގަރްނާޗޯއެވެ.
ނަމަވެސް މެޗުގެ 75 ވަނަ މިނިޓުގައި ކާޑިފް ސިޓީގެ ޑޭވިޑް ޓާންބުލް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަަމަކޮށްފައެވެ.
ޗެލްސީން މި މެޗުގައި ދެވަނަ ފަހަރަށް ކުރި ލީޑުނެގީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނިޓަށް ވެފައިވަނިކޮށް ޕެޑްރޯ ނެޓޯއެވެ. އޭނާ މި މެޗުގައި ކުޅެން އަރާފައިވަނީ ދެވަނަ ހާފުގައެވެ.
ޗެލްސީގެ ތިންވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ކުޅުމުގައި ގަރްނާޗޯ ޖެހި ލަނޑެކެވެ.
އެއާއެކު މުބާރާތުގެ ސެމީ ފައިނަލުގައި ޗެލްސީ ބައްދަލުކުރާނެ ޓީމެއް އެނގިގެންދާނީ ބު
ކަރަބާއޯ ކަޕްގެ ސެމީ ފައިނަލުގައި ޗެލްސީ އާއި ދެކޮޅަށް ކުޅޭނެ ޓީމެއް އެނގިގެންދާނީ މިއަދު ބާއްވާ ގުރު ނެގުމުގެ ރަސްމިއްޔާތާއެކު އެވެ.