ދިވެހިބަހުން ރީތިކޮށް މުއާމަލާތުކުރާނެ ގޮތާއި، ކުށެއް ނެތް ރީތި އިބާރާތުން ލިޔާނެ ގޮތުގެ ތަމުރީނު ހައުސިން މިނިސްޓްރީގެ މުވައްޒަފުންނަށް ދީފިއެވެ.
ދިވެހިބަހުގެ އެކެޑަމީން ބުނީ، ދައުލަތުގެ އިދާރާތަކުގެ މުވައްޒަފުން ދިވެހިބަހަށް އަހުލުވެރިކުރުވުމަށް ކުރަމުން އަންނަ މަސައްކަތް ހައުސިން މިނިސްޓްރީގައި ވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ހައުސިން މިނިސްޓްރީގައި ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ: ދިވެހިބަހުގެ އެކެޑަމީ
އެގޮތުން އެކި ބުރުތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ކޯހުގެ ފުރަތަމަ ބުރު މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ބާއްވާފައިވާ ކަމަށް އެކެޑަމީން ބުންޏެވެ.

ހައުސިން މިނިސްޓްރީގައި ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންނާއެކު ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމާއި ހައުސިން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބު ފޮޓޮއަކަށް ހުއްޓިވަޑައިގެން --- ފޮޓޯ: ދިވެހިބަހުގެ އެކެޑަމީ
މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދެއްވާފައިވަނީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް އަބްދުއްރަހީމާއި އެމްއެންޔޫގެ ލެކްޗަރާ އަބްދުالله ޖަމީލުގެ އިތުރުން އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު ކަމަށް ވެސް، ދިވެހިބަހުގެ އެކެޑަމީން ބުންޏެވެ.
އެ އެކެޑަމީން އަންނަނީ ދައުލަތުގެ އެކި އިދާރާތަކަށް އަމާޒުކޮށްގެން ދިވެހިބަހުގެ ތަމުރީނުތައް ދެމުންނެވެ.