ފްރާންސްގެ ޕޯސްޓް ސާވިސް އިން ކްރޮސޯން ވަސް ދުވާ ސްޓޭމްޕް ތައާރަފްކޮށްފި

ފްރާންސުން ވަނީ ކްރޮސޯން ވަސް ދުވާ ސްޓޭމްޕެއް ތައާރަފްކޮށްފައި. ފޮޓޯ/ޕިކްސެލް

އާޓިޒަން ކްރޮސޯން ފާހަގަކުރުމަށް ކްރޮސޯން ވަސް ދުވާ ގޮތަށް ފަރުމާކޮށްފައިވާ ވަސްގަދަ ސްޓޭމްޕްތަކެއް ފްރާންސުން ތައާރަފްކޮށްފިއެވެ.

ފްރާންސްގެ ގައުމީ ޕޯސްޓް ސާވިސް، ލާ ޕޯސްޓުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި އެ ވަސްދުވާ ގާތްގަނޑަކަށް 600،000 ޕޯސްޓޭޖް ސްޓޭމްޕް ވަނީ ތައާރަފްކޮށްފައެވެ. މި ސްޓޭމްޕްތަކުގެ އަގަކީ 2.10 ޔޫރޯއެވެ. މިއީ އެވްރެޖް ކްރޮސެންޓެއްގެ އަގަށްވުރެ އެއް ޔޫރޯ އިތުރު އަދަދެކެވެ.

ޕޯސްޓް އޮފީހުގެ ޑައިރެކްޓަރު އެންތޮނީ ރިޗެޓް އޭއެފްޕީއަށް ބުނީ ސްޓޭމްޕް ވިއްކޭތީ ވަރަށް ފަޚުރުވެރިވާ ކަމަށެވެ.

މިއީ ފްރާންސުން މީރު ވަސް ދުވާ ސްޓޭމްޕް ނެރުނު ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރު ޕެރިހުގައި ބޭއްވި ސަމާ އޮލިމްޕިކް ގޭމްސްގެ ކުރިން ފްރާންސުގައި ބޭނުންކުރާ ބަނަހެއް ކަމަށްވާ، ބަގޭޓް ސެންޓް ޖަހާފައިވާ ސްޓޭމްޕް ތަކެއް ވެސް ތައާރަފްކުރިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް