ކުލަބު މޯލްޑިވްސްގެ ގަދަ 16ގައި ވެސް އެޗްޑީސީއާއި ސްޓެލްކޯ

ގްރޫޕް ސްޓޭޖުގައި އެޗްޑީސީއާއި ސްޓެލްކޯ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: ސްޓެލްކޯ

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ މުބާރާތް ކަމަށްވާ ކުލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 ބުރުގައި ވެސް ސްޓެލްކޯ ރެކްރިއޭޝަން ކުލަބާއި ކުލަބު އެޗްޑީސީ ވާދަކުރަން ޖެހިއްޖެއެވެ.

މުބާރާތުގެ ގަދަ ސޯޅަ ޓީމުގެ މެދުގައި "ސޯޅަބޯޅަ" ނަމުގައި ވަނީ އިވެންޓެއް ބާއްވައިފައެވެ. މި އިވެންޓުގައި ގަދަ ސޯޅަ ބުރުގެ ގުރު ނަގައިފައިވާއިރު، ވާދަވެރި ކުރިމަތިލުންތަކެއް ހިމެނެއެވެ.

ކުލަބު މޯލްޑިވްސްގެ ގްރޫޕް ސްޓޭޖުގައި ކުލަބު އެޗްޑީސީއާއި ސްޓެލްކޯ ބައްދަލުކުރި މެޗު އެޗްޑީސީ ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ.

ގަދަ 16ގައި ދެން ހިމެނޭ ކުރިމަތިލުންތަކަށް ބަލާއިރު، އެންމެ ފަހު ދެ ފަހަރުގެ ޗެމްޕިއަން ކްލަބް ވެމްކޯއިން ބައްދަލުކުރަން ޖެހޭ ޓީމަކީ ހަތަރު ފަހަރު މި މުބާރާތް ކާމިޔާބުކުރި އެސްޓީއޯ ރެކްރިއޭޝަން ކުލަބެވެ.

މުބާރާތުގެ ގަދަ 16 ބުރުގެ ކުރިމަތިލުންތައް:

ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ)އިން ބައްދަލުކުރާނީ ދެ ފަަހަރު ޗެމްޕިއަންކަން ހޯދާފައިވާ ޔުނައިޓެޑް ބީއެމްއެލްއާ އެވެ.

މި ފަހަރު އެންމެ ވަރުގަދަކޮށް ފެންނަ ޓީމުތަކުގެ ތެރެއިން ކުލަބު ޓީޓީއެސް ބައްދަލުކުރަން ޖެހޭނީ އެމްއޭސީއެލް އާއެވެ. އަދި އެމްޓީސީސީއާއި ސިފައިންގެ ކުލަބު ކުޅޭއިރު، އެމްޕީއެލް ބައްދަލުކުރަން ޖެހޭނީ އެފްއެސްއެމް އާއެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 16 މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހާއި އަންގާރަ ދުވަހުގެރޭގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު