ސްލެކް އިން އޭއައި އެޕް ހެދުމުގެ ފުރުޞަތު ހުޅުވާލައިފި

ތަފާތު ދާއިރާތަކުގެ ކުންފުނިތަކާއި، އަމިއްލަ ފަރުދުން ވެސް ފުޅާދާއިރާއެއްގައި ސްލެކް ބޭނުންކުރޭ ---

ވިޔަފާރިތަކާއި ޖަމިއްޔާތަކަށް ޚާއްސަކޮށްފައިވާ މުއާސަލާތީ ޕްލެޓްފޯމް 'ސްލެކް'ގެ ޚިދުމަތްތައް ފުޅާކޮށް، އޭއައި އެޕްސް އާއި އޭޖެންޓުން ތަރައްޤީކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސްލެކް އިން އެ ޕްލެޓްފޯމް ފުޅާކުރުމުގެ މުހިންމު މި ފިޔަވަޅު މިއަދު ފަށާފައިވާއިރު، މި ފުޅާކުރުމުގެ މައިގަނޑު ބޭނުމަކީ، ކަސްޓަމަރުންނާ ގުޅުންހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ސަލާމަތީ ގޮތުން ރައްކާތެރި އަދި ހާލަތާ ގުޅޭގޮތަށް މައުލޫމާތު ހިއްސާކުރެވޭފަދަ ގާބިލުކަން ހުރި އޭއައި އެޕްސް އަދި އޭޖެންޓުން ތަރައްޤީކުރުމަށް ޑިވެލޮޕަރުންނާއި ބައިވެރިންނަށް ފުރުސަތު ދިނުމެވެ.

މި އައު ބަދަލުތަކުގެ ތެރޭގައި ރިއަލް-ޓައިމް ސާޗް އޭޕީއައި އާއި މޮޑެލް ކޮންޓެކްސްޓް ޕްރޮޓޮކޯލް ސާވާއެއް ހިމެނެއެވެ. މިކަންކަމުގެ ސަބަބުން، ސްލެކްގައިވާ އެންމެ ފަހުގެ މެސެޖުތަކާއި ފައިލްތަކަށް ސަލާމަތީ ގޮތުން ރައްކާތެރިކަމާއެކު، ހުއްދަ ލިބިފައިވާ މިންވަރަށް ވަދެވޭނެއެވެ. މީގެ ސަބަބުން އޭއައި އަށް އިތުރު ސީދާ މައުލޫމާތުތަކާއެކު މަސައްކަތްކުރެވޭނެއެވެ.

ސްލެކްގެ ސީއީއޯ ޑެނިސް ޑްރެސަރު ވިދާޅުވެފައިވަނީ، މަސައްކަތަކީ އޭޖެންޓުންނާ ގުޅިފައިވާ މުސްތަގުބަލެއް ކަމަށާއި، އޭއައިގެ ކާމިޔާބީ ބިނާވެފައިވަނީ އިންސާނީ މަސައްކަތްތަކާ އެއްކޮށް މަސައްކަތްކުރާ ގޮތުގެ މައްޗަށް ކަމަށެވެ.

ސްލެކްގެ ޚިދުމަތްތައް ފުޅާވަމުން ދިއުމާއެކު މަޤުބޫލުކަންދަނީ އިތުރުވަމުން ---

"އަޅުގަނޑުމެންގެ އެންމެ ފަހުގެ ސްލެކް ޕްލެޓްފޯމްގެ އީޖާދުތަކުގެ ސަބަބުން އޭއައި އޭޖެންޓުންނަށް އިތުބާރުކުރެވޭ ބައިވެރިންނަށް ވުމަށް ބޭނުންވާ ސަލާމަތީ، ދިގު މައުލޫމާތުތައް އެކުލެވޭ މާހައުލެއް ބިނާވެއެވެ." އޭނާ އިތުރަށް ވިދާޅުވިއެވެ،
އެންތްރޮޕިކް، ގޫގުލް، ޕާޕްލެކްސިޓީ، ރައިޓާ، ޑްރޮޕްބޮކްސް، ނޯޝަން، ކޮގްނިޝަން ލެބްސް، ވާސެލް، އަދި ކާސާ ފަދަ ކުންފުނިތަކުން މިހާރުވެސް މިކަންކަމުގެ މައްޗަށް ބިނާކޮށް އައު އޭއައި އެޕްސް އާއި އޭޖެންޓުން ތަރައްޤީކުރަމުން އެބަދެއެވެ. މި އެޕްތައް ސްލެކް މާކެޓްޕްލޭސްއިން ލިބިވަޑައިގަންނަވާނެއެވެ.

ސްލެކް އަކީ ވިޔަފާރިތަކާއި ޖަމިއްޔާތަކަށް ޚާއްސަކޮށްފައިވާ މުއާސަލާތީ ޕްލެޓްފޯމެކެވެ. މިއީ ޓީމުތަކަށް އެކަކު އަނެކަކާ މުއާސަލާތުކުރުމާއި، މައުލޫމާތު ބަދަލުކުރުމާއި، މަސައްކަތްތައް ހިންގުމަށް އެހީތެރިވެދޭ ވަރަށް މަގުބޫލު އެޕްލިކޭޝަނެކެވެ.

ސްލެކްގެ މައިގަނޑު ބޭނުމަކީ އީމެއިލްގެ ބަދަލުގައި، ޗެޓް މެދުވެރިކޮށް މުއާސަލާތްކުރުމުގެ ފަސޭހަ ގޮތްތަކެއް ފޯރުކޮށްދިނުމެވެ. ސްލެކްގައި "ޗެނަލް" ކިޔާ ގްރޫޕްތަކެއް ހުރެއެވެ. މި ޗެނަލްތައް ބޭނުންކުރަނީ ވަކި މަސައްކަތްތަކަށް ނުވަތަ ވަކި ޕްރޮޖެކްޓްތަކަށް ޚާއްސަކޮށްފައިވާ މުއާސަލާތްތައް ހިންގުމަށެވެ.

މިސާލަކަށް، މާކެޓިން ޓީމަށް ވަކި ޗެނަލެއް، ސޭލްސް ޓީމަށް ވަކި ޗެނަލެއް، ނުވަތަ ވަކި ޕްރޮޖެކްޓަކަށް ވަކި ޗެނަލެއް އުފެއްދިދާނެއެވެ. މީގެ އިތުރުން ވަކިވަކި ފަރާތްތަކާ ސީދާ ޗެޓްކުރުމުގެ ފުރުސަތުވެސް ސްލެކްގައި ލިބެއެވެ.

ތަފާތު ދާއިރާތަކުގެ، އެކި ސައިޒުގެ ކުންފުނިތަކާއި ޖަމިއްޔާތަކުގެ މުވައްޒަފުންނާއި ޓީމުތަކުން މި ޕްލެޓްފޯމް ފުޅާދާއިރާއެއްގައި ބޭނުންކުރާއިރު، ސްލެކްގެ މަގުބޫލުކަން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު