ގޫގުލްއިން ވިޔަފާރިތަކަށް ޚާއްސަ އާ އޭއައި ޕްލެޓްފޯމެއް

އޭއައިގެ ކޮންމެ ދާއިރާއަކަށްވެސް ބާރުގަދަކުރުމަށް ގޫގުލްއިން ދަނީ މަސައްކަތްކުރަމުން ---

ޓެކްނޮލޮޖީގެ މައި ކުންފުނި އަލްފަބެޓްގެ ގޫގުލްއިން މިއަދު ވިޔަފާރިތަކަށް ޚާއްސަކޮށްގެން އާ އޭއައި ޕްލެޓްފޯމެއް ކަމަށްވާ ޖެމިނައި އެންޓަޕްރައިޒް ތައާރަފުކޮށްފިއެވެ.

މިކަމުގެ ސަބަބުން އޭއައިގެ ދާއިރާއިން އިތުރު ކޯޕަރޭޓް ކަސްޓަމަރުން ހޯދުމަށް ގޫގުލްއިން ކުރަމުން އަންނަ މަސައްކަތްތައް ވަރުގަދަވާނެ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ.

ގޫގަލްއިން ބުނެފައިވާ ގޮތުގައި، ޖެމިނައި އެންޓާޕްރައިޒްއަކީ އެ ކުންފުނީގެ އެންމެ ކުރިއަރާފައިވާ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލްތަކުން ބާރުލިބިގެން ހިންގާ ޕްލެޓްފޯމެކެވެ. މިއީ ކުންފުނިތަކުގެ މުވައްޒަފުންނަށް އެ މީހުންގެ ކުންފުނީގެ ޑޭޓާ، ޑޮކިއުމެންޓްތައް އަދި އެޕްލިކޭޝަންތަކާ އެކު ވާހަކަދައްކައި، މައުލޫމާތު ހޯދުމަށް ބޭނުންކުރެވޭ ކޮންވަސޭޝަނަލް ޕްލެޓްފޯމެއްގެ ގޮތުގައި މަސައްކަތް ކުރާނެ ޕްލެޓްފޯމެކެވެ.

މައިކްރޮސޮފްޓާއި، ޗެޓްޖީޕީޓީ އުފެއްދި އޯޕަންއޭއައި އަދި އޭއައި ސްޓާޓަޕް އެންތްރޮޕިކް ފަދަ ޓެކްނޮލޮޖީ ކުންފުނިތަކުން ވެސް ވަނީ އެ މީހުންގެ އޭއައި މަސައްކަތްތަކުން ފައިދާ ހޯދުމަށް ވިޔަފާރިތަކަށް ޚާއްސަ އުފެއްދުންތަކަށް ސަމާލުކަން ދީފައެވެ.

https://www.sun.mv/211549

ޖެމިނައި އެންޓަޕްރައިޒްގެ ޚިދުމަތްތައް ވެސް މިފަދަ އެހެން ކުންފުނިތަކުގެ ޚިދުމަތްތަކާ އެއްގޮތްވާނެއެވެ. މިގޮތުން، ގޫގުލް އޭއައި އޭޖެންޓުންގެ ސުއިޓެއް މެދުވެރިކޮށް ޑީޕް ރިސާޗް އަދި ޑޭޓާ އިންސައިޓްސް ފަދަ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި، ކުންފުނިތަކަށް އެ މީހުންގެ އަމިއްލަ ކަސްޓަމް އޭއައި އޭޖެންޓުން ބިނާކޮށް ތަރައްގީކުރުމަށް ބޭނުންވާ ވަސީލަތްތައް ވެސް ފޯރުކޮށްދޭނެއެވެ.

މި އާ ޕްލެޓްފޯމަށް ގޫގުލްއިން ވަނީ ގިނަ ކަސްޓަމަރުން ހޯދާފައެވެ. އޭގެ ތެރޭގައި އެޕެރަލް ރީޓެއިލާ ގޭޕް، ޑިޒައިން ސޮފްޓްވެއާ ކުންފުނި ފިގްމާ އަދި ބައި-ނައު-ޕޭ-ލޭޓާ އަދި ލެންޑާ ކްލާނާ ހިމެނެއެވެ.

މި އާ ޕްލެޓްފޯމަކީ ގޫގުލްގެ މިހާރުގެ ވިޔަފާރި ކަސްޓަމަރުންނަށް ހުށަހަޅާ ގޫގުލް ވޯކްސްޕޭސްގެ މައްޗަށް ބިނާކޮށްފައިވާ އެއްޗެކެވެ. ގޫގުލް ވޯކްސްޕޭސްއިން މިހާރު ވެސް ޖެމިނައި އޭއައިގެ ބާރުލިބިގެން ހިންގާ އެތައް އޭއައި ފީޗާތަކެއް ވިޔަފާރިތަކަށް ފޯރުކޮށްދެއެވެ.

އެންޓަޕްރައިޒް އޭއައިގެ ދާއިރާގައި ގޫގަލްއަށް ވާދަވެރި މާހައުލެއް ކުރިމަތިވެފައިވެއެވެ. މައިކްރޮސޮފްޓްއާއި، ޗެޓްޖީޕީޓީ އުފެއްދި އޯޕަންއޭއައި އަދި އޭއައި ސްޓާޓަޕް އެންތްރޮޕިކް ފަދަ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކުން ވެސް ވަނީ ވިޔަފާރިތަކަށް ޚާއްސަ އޭއައި އުފެއްދުންތަކަށް ބޮޑު ސަމާލުކަމެއް ދީފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު