ދުވަސް ނުފުރާ ވިހާ ކުދިންނަށް އައިޖީއެމްއެޗުގައި އަލަށް ރެޓީނާ ލޭޒާ ޓްރީޓްމަންޓް ދޭން ފަށައިފި

އައިޖީއެމްއެޗުގައި އަލަށް ރެޓީނާ ލޭޒާ ޓްރީޓްމަންޓް ދޭން ފެށުން --

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި، ދުވަސް ނުފުރާ ވިހާ ކުދިންނަށް އަލަށް ރެެޓިނާ ލޭޒާ ޓްރީޓްމަންޓް ދޭން ފަށައިފިއެވެ.

އައިޖީއެމްއެޗުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރެޓިނާ ލޭޒާ ޓްރީޓްމަންޓް ލިބެން ފެށިކަން ހާމަކުރައްވައިފައެވެ.

"މިއީ އަޅުގަނޑުމެންގެ އެންމެ ނާޒުކު ތުއްތު ކުދިން ކަމުގައިވާ ދުވަސްނުފުރާ ވިހާ ކުދިންގެ ފެނުމުގެ ބާރު ރައްކާތެރިކުރުމަށްޓަކައި ދެވޭ ޚާއްޞަ ފަރުވާ އެކެވެ،" ފޭސްބުކްގައި އޭނާ ލިޔުއްވިއެވެ.

އޭނާ ވިދާޅުވީ މި ޚިދުމަތް ރާއްޖޭން ލިބެން ފެށުމާއެކު އެ ފަރުވާ ބޭނުންވާ ކުދިންނަށް އެއްވެސް ހުރަހެއް ނެތި ރާއްޖޭން މި ފަރުވާ ލިބޭނެ ކަމަށެވެ.

"‏މި ފުރުޞަތުގައި އައިޖީއެމް ހޮސްޕިޓަލުގެ އޮފްތަލްމޮލޮޖީ ޑިޕާޓްމަންޓުގެ ޑޮކްޓަރުންނާއި ނަރުހުންނަށް މަރުޙަބާއާއި ޝުކުރުދަންނަވަމެވެ،" އޭނާ ލިޔުއްވިއެވެ.

ތުއްތު ކުދިންނަށް ރެޓިނާ ލޭޒާ ފަރުވާ ބޭނުންކުރަނީ ރެޓިނޯޕެތީ އޮފް ޕްރީމެޗުރިޓީއަށް ފަރުވާ ދިނުމަށެވެ.

މި ފަރުވާގައި ޕެރިފެރަލް ރެޓިނާއަށް ޓާގެޓްކޮށް ލޭޒާ ޖަހައި، އާންމުކޮށް ނުހުންނަ ލޭހޮޅިތައް ކުޑަކޮށް، އިތުރަށް އުފެދުން ހުއްޓުވައެވެ. އަދި ސްކާރިން އާއި ރެޓިނަލް ޑިޓާޗްމަންޓް ހުއްޓުވުމަށް މިނިމަމް، މިނިމަލީ އިންވޭސިވް ޕްރޮސީޖާއެއް ކުރިއަށް ގެންދެއެވެ.

comment ކޮމެންޓް