ގަމުގައި 2 ބައެއްގެ މެދު މާރާމާރީއެއް، 5 މީހުން ހައްޔަރުކޮށްފި

ފުލުހުން: ލ. ގަމުގައި މާރާމާރީ ހިންގައިގެން ފަސް މީހުން ވަނީ ހައްޔަރުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލ. ގަމުގައި ރޭ ހިންގި މާރާމާރީއަކާ ގުޅިގެން ފަސް މީހުން ހައްޔަރުކޮށްފިއެވެ.

މި ހާދިސާ ހިނގީ ރޭގެ ވަގުތެއްގައެވެ. އެކަމަކު، ހާދިސާއާ ގުޅޭ މާ ގިނަ ތަފުސީލެއް ފުލުހުން ނުދެއެވެ.

ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ގަމުގައި ދެ ބައެއްގެ މެދުގައި ހިންގި ހަމަނުޖެހުމެއްގައި މާރާމާރީ ހިންގާފައިވާ ކަމަށެވެ.

އެހެންވެ، އެ މައްސަލައިގައި ފަސް މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ، 29 އަހަރުގެ ތިން ފިރިހެނަކާއި 35 އަހަރުގެ އަންހެނަކާއި 34 އަހަރުގެ ފިރިހެނެކެވެ. އެންމެންނަކީ ވެސް ދިވެހީން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަންނަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.

އެކަމަކު، މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް އަދި މި މާރާމާރީއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވި ކަމެއް ވެސް ފުލުހުން ނުބުނެއެވެ.

comment ކޮމެންޓް