ޖޭޑީއެސް ޕްރޮގްރާމާ ގުޅޭ މައުލޫމާތު ސެޝަނެއް ބުރާސްފަތި ދުވަހު ބާއްވަނީ

ޖޭޑީއެސް ޕްރޮގްރާމާ ބެހޭ މައުލޫމާތު ސެޝަނެއް އަންނަ ބުރާސްފަތި ދުވަހު ބާއްވަނީ ----

ޖަޕާން ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް)އާ ގުޅޭ ގޮތުން މައުލޫމާތު ސެޝަނެއް އަންނަ ބުރާސްފަތި ދުވަހު ބާއްވަން ތައްޔާރުވެއްޖެއެވެ.

މި ސެޝަންގެ ތެރެއިން، ސަރުކާރުގެ އޮފިޝަލުންނަށް ޖަޕާނުގައި ފުލީ ފަންޑެޑް ޕޯސްޓްގްރެޖުއޭޓް ކޯސްތަކާ ބެހޭ ފުރުސަތުތައް ހޯދަން ފުރުސަތު ލިބޭއިރު، ޖޭޑީއެސް ޕްރޮގްރާމާ ބެހޭ ތަފުސީލީ މައުލޫމާތު ފޯރުކޮށްދޭނެއެވެ.

މި ސެޝަން އޮންނާނީ ހަވީރު 4:30އިން ހަވީރު 5:30 އަށް މަރުކަބް ޕްލާޒާ، ނުވަ ވަނަ ފަންގިފިލާގެ ކޮންފަރެންސް ރޫމްގައެވެ.

މި ސެޝަންގައި ބައިވެރިވުމަށް އޮންލައިންކޮށް ރެޖިސްޓާ ކުރެވޭނެއެވެ.

މި ސްކޮލަޝިޕަށް ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ އަންނަ ނޮވެންބަރު 10ގައި 16:00ގެ ނިޔަލަށެވެ.

މި ސްކޮލަޝިޕާ ގުޅޭ މައުލޫމާތު ޖޭޑީއެސް ވެބްސައިޓު މެދުވެރިކޮށް ލިބޭނެއެވެ. މި ސްކޮލަޝިޕްތަކަށް ކުރިމަތިލާ މީހުންނަކީ ދެ އަހަރުގެ ތަޖުރިބާ ހުރެ، ދާއިމީ ވަޒީފާއެއްގައި ހުރި މީހަކަށް ވާންޖެހެއެވެ.

އެމީހުންނަކީ، އަންނަ އޭޕްރީލް އެކަކަށް 22 އަހަރާ 39އަހަރާ ދެމެދުގެ މީހުންނަށް ވާން ޖެހެއެވެ.

comment ކޮމެންޓް