މަަަރަދޫއިން ސަޅި ކުލަމަޖާގަނޑެއް

އުފެއްދުންތެރިކަމާއި, ޓީމް ވޯކް އަދި މުޖުތަމައުގެ ރޫހު ދައްކުވައިދޭ ފަދަ ގޮތަކަށް އައްޑޫ ސިޓީގެ، މަރަދޫގެ އަވަށު އޮފީހުުގެ މުވައްޒަފުން މިފަހުން ވަނީ ކުލަގަދަ ޓީމް ބިލްޑިން ހަފުލާއެއް ބައްވާފައެވެ. އާދައިގެ ބޯޑްރޫމް ޓްރެއިނިންތަކާއި ޓީމުތަކުގެ ރޫހު ރަނގަޅުކުރަން ކުޅޭ ކުޅިވަަރުތައް ހަނދާން ނައްތާލާށެވެ. މަރަދޫ އަވަށު އޮފީހުން މި ހުރިހާ ކަމަކަށް ދައްކާލީ ފުރިހަމަ އިވެންޓެކެވެ.

މި އުފާވެރި އިވެންޓުގައި މުވައްޒަފުންގެ ގްރޫޕުތައް ކަނޑައަޅާފައި ހުރީ އެކި ކުލަަތައް ދީގެންނެވެ. ކޮންމެ ގްރޫޕެއްގެ ކުލައަކުން އެ ބައެއްގެ ހުރި އުފެއްދުންތެރިކަން އެެންމެ ފުރިހަމައަށް ދައްކާލާ، ހަދާފާވައި ވީޑިއޯއަށް ޓިކްޓޮކްގައި އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.

މުވައްޒަފުން ބޭނުންވީ އެ މީހުން މަހުން މަހަށް ބާއްވާ މި ސެޝަން ތަފާތުކޮށްލާށެވެ. އެކި ކުލަތައް ނިންމާ އެއަށް ބަލައިގެން އެންމެން ގްރޫޕުކޮށް މި ކަންކަން ރަވާލީ ކަމަށް މަރަދޫ އަވަށު އޮފީސްގައި މަސަތްކަތް ކުރާ މަރްޔަމް ސާއިދާ ކިޔައިދިނެވެ.

މިއީ އާދައިގެ އަދި އާންމުކޮށް އެކި ކުންފުނިތަކުން މި ފެންނަ ޓީމް ބިލްޑިން ހަރަކާތެއް ނޫންކަން ފޮޓޯތަކާއި ވީޑިއޯ ފެނުނުއިރު ވަރަށް ސާފެވެ. ކޮންމެ ގްރޫޕަކުން އެ ބަޔަކަށް ލިބުނު ކުލަޔައިގެން ކުރިއަށް ދިޔައިރު އަޅައިގެން ތިބި ހެދުމާއި ގަހަނާއިން ފެށިގެން އެ ބައެއްގެ މޭޒު ވެސް ޒީނަތްތެރިކޮށްފައި ހުރީ އެ ކުލަޔަކުންނެވެ. ތަކެއްޗާއި ކާނާ ވެސް ހުރީ ކުލައިން ގުޅުވާލާފައެވެ.

ކުލަތަކާއި ހެދުންތަކުގެ އިތުރުން މި ދުވަސް ފުރާލީ ތިން ޓީމް ބިލްޑިން މެޗާ އެކު ކޮންމެ މެޗަކުން ވެސް މޮޅުވާ ފަރާތްތަކަށް ކުދިކުދި ހަދިޔާތައް ދީގެންނެވެ. ގޭމްތަކުގެ ބޭރުން، ނެށުމާއި ޑްރާމާއިން ފެށިގެން އެހެން އުފެއްދުންތެރި ޕާފޯމަންސްތަކާ ހަމައަށް ކޮންމެ ގްރޫޕަކުން ވެސް އައިޓަމެއް ހުށަހެޅިއިރު، އެއްބާރުލުން ދިނުމުގެ ހަގީގީ ރޫހު ވިދާލިއެވެ.

މި ވީޑިއޯ ވައިރަލްވެ، ގިނަ ބަޔަކަށް މީގެ ސަޅިކަން ފެނި، އެކި ފަރާތްތަކުން ވަނީ މިގޮތައް ޓީމް ބިލްޑިން އިވެންޓުތައް ބޭއްވުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

އެ މީހުންނަށް ވަަރަށް ގިނަ ޕޮޒިޓިވް ފީޑްބެކްތަަކެއް ލިބިފައިވާ ކަމަށާއި މި އިވެންޓުގެ ވީޑިއޯ އެތައް ހާސް ބައެއް ހިއްސާކޮށްފައިވާކަން ވެސް މަރްޔަމް ސާއިދާ ފާހަގަކުރިއެވެ. އަދި، އެހެން މުއައްސަސާތަކުން މިފަދަ އިވެންޓުތަކެއް ރާވަން ބޭނުންވާކަން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

މި އިވެންޓުން ފެނުނީ މުޖުތަމައެއް އެއްތަކަނަށް ގެނައުމައްޓަކައި އުފެއްދުންތެރި ޚިޔާލެއްގެ ބާުރު އޮތްވަރެވެ. ރޫޓިން ޓީމް ބައްދަލުވުމެއް, އެކުވެރި ދިރުން ހުރި، ކުލަގަދަ އުފާ ފާޅުކުުރުމަކަށް ބަދަލުކޮށްގެން މަަރަދޫ އަވަށު އޮފީހުގެ މުވައްޒަފުން މި ދައްކާލީ, ޝައްކެއް ވެސް ނެތް ގޮތުގައި 'ކުލަގަދަ' މިސާލެކެވެ.

comment ކޮމެންޓް