އެޑްވަޓޯރިއަލް: ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ ފުރަތަމަ އިންވެސްޓްމެންޓް ފަންޑު އިފުތިތާހުކުރުން މާދަމާ

ރާއްޖޭގެ ކެޕިޓަލް މާކެޓްގައި ފާހަގަކޮށްލެވޭ އިންވެސްޓްމަންޓް އެޑްވައިސަރީ ކުންފުނި، ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ)އިން، އެ ކުންފުނީގެ ފުރަތަމަ އިންވެސްޓްމަންޓް ފަންޑް، 'ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑް' މާދަމާ އިފުތިތާހު ކުރުމަށް ތައްޔާރުވެއްޖެއެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ އިންވެސްޓްމަންޓް އެޑްވައިސާ ލައިސެންސް ލިބިފައިވާ ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްއިން ހިންގައި މެނޭޖްކުރާނެ މި ފަންޑަކީ ސީއެމްޑީއޭއިން ރެގިއުލޭޓްކޮށް ލައިސަންސް ދީފައިވާ ޕްރައިވެޓް އިންވެސްޓްމަންޓް ފަންޑެކެވެ.

މި ފަންޑު އިފުތިތާހުކުރުމުގެ ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ، މާލޭގެ ބާސެލޯ ނަސަންދުރަގައެވެ. މި ހަފުލާއަށް، ރާއްޖޭގެ ކެޕިޓަލް މާކެޓާއި ވިޔަފާރީގެ ދާއިރާގައި ފާހަގަކޮށްލެވޭ ގިނަ ފަރާތްތަކަކަށް ދައުވަތު ދީފައިވެއެވެ.

މި ފަންޑުގައި އިންވެސްޓް ކުރުމުގެ ފުރުސަތު ކޮލިފައިޑް އިންވެސްޓާއެއްގެ ގޮތުގައި ޝަރުތު ހަމަވާ އާންމު ފަރާތްތަކާއި އިންސްޓިޓިއުޝަންތަކަށް ހުޅުވައިލާނެއެވެ. އެގޮތުން ހުޅުވައިލާނީ ހަ މަހާއި ތިން އަހަރާ ދެމެދުގެ ޝޯޓް ޑިއުރޭޝަން އިންވެސްޓްމަންޓް ފުރުސަތުތަކަށް ކަމަށް ޑީއައިޕީއިން ބުންޏެވެ.

މި ފުރުޞަތުތަކުގެ ސަބަބުން އިންވެސްޓަރުންނަށް ރާއްޖޭގެ މާލީ ބާޒާރުން އާންމުކޮށް ލިބޭ ރޭޓްތަކާ އަޅައިބަލާއިރު ވަރަށް ރަނގަޅު ރިޓާންއެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި އިންވެސްޓްކުރާ ފަރާތްތަކުގެ އިތުރަށް މި ފަންޑުން ކުރާ އިންވެސްޓްމަންޓްތަކާއެކު އިޤްތިޞާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް މަގުފަހިވާނެ ކަމަށް ވެސް ޑީއައިޕީން މައުލޫމާތުދެއެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޝޯޓް-ޑިއުރޭޝަން އިންވެސްޓްމަންޓް ޕްލެޓްފޯމްގެ ގޮތުގައި، ދިނަފް ތައާރަފުކުރުމާއެކު ފުޅާވަމުންދާ ޕުރައިވެޓް ކެޕިޓަލް މާކެޓަށް އިތުރު ކުރިއެރުންތަކެއް ލިބޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު