މުޅި ކުޅުދުއްފުށިން ގަޑިއިރަކަށް ކަރަންޓު ކެނޑިއްޖެ

ކުޅުދުއްފުށީގެ މަގެއް މަތި: މުޅި ކުޅުދުއްފުށި ސިޓީން ކަރަންޓު ކެނޑުނުތާ ގަޑިއިރެއް ފަހުން އަލުން ކަރަންޓު ދޭން ފަށައިފި --- ފޮޓޯ/ ކުޅުދުއްފުށީ.ކޮމް

މުޅި ކުޅުދުއްފުށި ސިޓީން ކަރަންޓު ކެނޑުނުތާ ގަޑިއިރަކަށް ވުރެ ގިނަ އިރުވީ ފަހުން އަލުން އެ ސިޓީގެ އެކި ހިސާބުތަކަށް ކަރަންޓު ދޭން ފަށައިފިއެވެ.

ކުޅުދުއްފުށީގެ މޭޔަރު މުޙައްމަދު އާތިފް 'ސަން'އަށް ވިދާޅުވީ، މުޅި ސިޓީން ކަރަންޓު ދިޔައީ އިރުއޮއްސި 18:15ހާއިރު ކަމަށެވެ.

ކަރަންޓު ކެނޑުނީ ޓްރާންސްފޯމަރުން ކަރަންޓު ދޫކުރުމުގައި ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް އާތިފް ވިދާޅުވިއެވެ.

ހިޖުރަ ކުރި މީހުން ހިމެނޭހެން 13،000 މީހުން އުޅޭ ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދޭން ފެށިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ، ކަރަންޓު ދިޔަތާ ގަޑިއިރެއް ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި، އެކި އަތޮޅުތަކުން ކަރަންޓު ކެނޑުމުގެ މައްސަލަތައް ދޭތެރެއަކުން ކުރިމަތިވެއެވެ. އެގޮތުން، ދެވަނައަށް އާބާދީ އެންމެ ބޮޑު އައްޑޫ ސިޓީއިން ކަރަންޓު ކެނޑޭ މައްސަލަތައް ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް