ދިވެހިރާއްޖޭގެ ލީޑިން ސްޓޫޑެންޓް ކޮންސަލްޓެންސީއެއް ކަމަށްވާ ކިއު ސްޓަޑީ މޯލްޑިވްސް ރަސްމީކޮށް ޒެޑެކްސް ސްޓަޑީ އެބްރޯޑް އަށް ރީބްރޭންޑްކޮށްފިއެވެ.
ދިހަ އަހަރަށް ވުރެ ގިނަ ދުވަހު އެ ކުންފުނިން ވަނީ ރާއްޖޭގެ ދަރިވަރުންނަށް މަތީތައުލީމު ހާސިލްކުރުމަށް ރާއްޖެއިން ބޭރުގެ، ޔުނިވާސިޓީތަކުން ފުރުސަތު ހޯދައިދިނުމުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެފައެވެ. އެ ކުންފުނީގެ މަސައްކަތްތަކަށް ބަލައިލާއިރު، މިއަދާ ހަމައަށް އެ ކުންފުނީގެ އެހީގައި 600 އަށްވުރެ ގިނަ ދަރިވަރުނދުނިޔޭގެ އިތުބާރު ހޯދާފައިވާ ޔުނިވާސިޓީތަކުން ތައުލީމު ހާސިލްކޮށްފައިވެއެވެ.
ކިއު ސްޓަޑީ މޯލްޑިވްސް އިން ޒެޑެކްސްއަށް ސްޓަޑީ އެބްރޮޑަށް ރީ ބްރޭންޑް ކުރެވި، ދިވެހިވަންތަ ޚިދުމަތްތަކެއް ދިނުމުގެ އިތުރުން، މި ޚިދުމަތްތަށް އިތުރަށް ފުޅާކުރުމަށް ވެސް ކުންފުނިން ނިންމާފައިވެއެވެ. އެގޮތުން، 2026 ގެ ނިޔަލަށް ޒެޑެކްސް މެދުވެރިކޮށް ކިޔަވަންދާ ދެ ދަރިވަރަކަށް "ޤިބްލަ" މެދުވެރިކޮށް އުމްރާ ދަތުރެއް ދިނުމަށް މިވަނީ ހަމަޖެހިފައެވެ.

ކިއު ސްޓަޑީ މޯލްޑިވްސް ރަސްމީކޮށް ޒެޑެކްސް ސްޓަޑީ އެބްރޯޑް އަށް ރީބްރޭންޑްކުރުން --
އަދި މީގެ އިތުރުން، މަތީ ތައުލީމު ހާސިލުކުރުމަށް ދަރިވަރުން ކުރާ ދަތުރުތަށް ވީހާ ވެސް އޮމާން ކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ޒެޑެކްސްގެ އޮފިޝަލް ޓެރެވަލް ޕާޓްނަރަކަށް ކޮންސިއާރޖް ގްރޫޕް މޯލްޑިވްސް – ބަޓިކް އެއާ ގެ ޖެނެރަލް ސޭލްސް އޭޖެންޓް ހަމަޖައްސާފައިވެއެވެ. މީގެ ސަބަބުން، ދަރިވަރުންނާއި ބެލެނިވެރިންގެ ޓިކެޓުގެ އަގާއި ކާގޯ ސާވިސަސްގެ ރޭޓު އަތް ފޯރާފަށަށް ތިރިކުރެވިގެންދާނެއެވެ. އަދި މީގެ އިތުރުން ދަރިވަރުންނަށް އެއަރޕޯޓުތަކުން ލައުންޖުގެ ސާވިސް ލިބުން ފަދަ އެތައްކަމެއް މި ރީބްރޭންޑިންގްގެ ދަށުން ރޭވިފައިވެއެވެ.
ރީބްރޭންޑްއާ ބެހޭގޮތުން ވާހަކަދައްކަވަމުން، ކުންފުނީގެ ވެރިފަރާތް އަހުމަދު ޒައިން ނާޒިމް ޒެޑެކްސް ސްޓަޑީ އެބްރޯޑުގެ ނަމުގައި ހުޅުވާލެވިގެން މި ދާ އައު ޞަފްހާއަކީ، ދަރިވަރުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ތައުލީމު ހޯދައިދިނުމަށް އަޅުގަނޑުމެން މި ގެންގުޅޭ ތަސައްވުރާއި، ކުރަމުން ގެންދާ މަސައްކަތަށް ލިބިގެންދިޔަ ކުރިއެރުން ދައްކުވައިދޭނެ ސަފަހާއެއް ކަމަށެވެ.
ކުރިން ކިއު ސްޓަޑީ މޯލްޑިވްސްގެ ނަމުން މަޝްހޫރުވެފައިވާ ޒެޑެކްސް ސްޓަޑީ އެބްރޯޑް އަކީ ދުނިޔޭގެ ނަން މަޝްހޫރު ޔުނިވާސިޓީތަކުގައި މަތީ ތައުލީމުގެ ފުރުސަތުތަކާ ދިމާލަށް ރާއްޖޭގެ ދަރިވަރުންނަށް މަގުދައްކައިދިނުމަށް ޚާއްސަ ކުންފުންޏެކެވެ.
އެ ދަރިވަރެއްގެ ހާލަތާއި ބައްދަލުކުރާ އެހީގެ އިތުރުން އިތުބާރު ހުރި ޕާޓްނަޝިޕްތަކާއެކު، ޡެދެކްސް އިން ދަނީ ދަރިވަރުންގެ ލަނޑުދަނޑިތައް ހާސިލް ކުރުމުގެ ބައިވެރިއަކަށްވެ، މުޖުތަމައުއަށް ފައިދާހުރި ޒުވާނުން ނެރުމުގައި ބޮޑު ރޯލެއް އަދާކުރަމުންނެވެ.