ރާއްޖޭގައި 11،000އަށް ވުރެ ގިނަ ޓީޗަރުން، ބިދޭސީ 2،394 ޓީޗަރުން

ޓީޗަރުންތަކެއް: މިދިޔަ އަހަރު ރާއްޖޭގައި 2،000އަށް ވުރެ ގިނަ ބިދޭސީ ޓީޗަރުން ކިޔަވައިދިން --- ފޮޓޯ/ ޕީއެސްއެމް

ރާއްޖޭގައި 2،000އަށްވުރެ ގިނަ ބިދޭސީ ޓިޗަރުން ތިބި ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅުވައި ސްޓެޓްސް ބިއުރޯއިން ވަނީ، މިދިޔަ އަހަރު ރާއްޖޭގައި ކިޔަވައިދިން ޓީޗަރުންގެ ހިސާބުތައް އާންމުކޮށްފައެވެ.

ރާއްޖޭގެ ސުކޫލުތަކުގައި ޖުމުލަ 11،372 ޓީޗަރުން މިދިޔަ އަހަރު ކިޔަވައިދިނެވެ. އޭގެތެރޭގައި، 8،978 ދިވެހި ޓީޗަރުންނާއި 2،394 ބިދޭސީ ޓީޗަރުން ހިމެނެއެވެ.

ސްޓެޓްސް ބިއުރޯގެ ހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ އަހަރު ރާއްޖޭގައި 8،832 އަންހެން ޓީޗަރުންނާއި 2،540 ފިރިހެން ޓީޗަރުން ކިޔަވާދިނެވެ.

މިދިޔަ އަހަރު އެންމެ ގިނަ ޓީޗަރުން ކިޔަވައިދިނީ އަތޮޅުތެރޭގައެވެ. އެގޮތުން، 8،005 ޓީޗަރަކު އަތޮޅުތެރޭގެ ސުކޫލުތަލުގައި ކިޔަވާދިންއިރު، ވެރިރަށް މާލޭގައި 3،367 ވަނީ ކިޔަވައިދީފައެވެ.

ސީއެޗްއެސްއީގެ ޓީޗަރަކު ކްލާހެއްގައި ކިޔަވައިދެނީ: މިދިޔަ އަހަރު ރާއްޖޭގައި 2،000އަށް ވުރެ ގިނަ ބިދޭސީ ޓީޗަރުން ކިޔަވައިދިން --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

އެންމެ ގިނަ ޓީޗަރުން ކިޔަވާދިނީ ހދ. އަތޮޅުގައެވެ. އެ އަތޮޅުގައި 709 ޓީޗަރަކު ކިޔަވާދީފައިވާއިރު، ދެވަނައަށް އެންމެ ގިނަ ޓީޗަރުން ކިޔަވައިދިނީ ރާއްޖޭގެ ދެކުނުން އައްޑޫގައެވެ. އެ ސިޓީގައި މިދިޔަ އަހަރު 676 ޓީޗަރުން ކިޔަވައިދިނެވެ.

އޭގެއިތުރަށް، ރ. އަތޮޅުގައި 672 ޓީޗަރުން މިދިޔަ އަހަރު މަސައްކަތްކޮށްފައިވެއެވެ.

އިތުރު އަތޮޅުތަކުގައި މަސައްކަތް ކުރި ޓީޗަރުންގެ ތަފުސީލުތައް:

  • ހއ. އަތޮޅުގައި 261 ޓީޗަރުން
  • ށ. އަތޮޅުގައި 559 ޓީޗަރުން
  • ނ. އަތޮޅުގައި 521 ޓީޗަރުން
  • ބ. އަތޮޅުގައި 454 ޓީޗަރުން
  • ޅ. އަތޮޅުގައި 243 ޓީޗަރުން
  • ކ. އަތޮޅުގައި 374 ޓީޗަރުން
  • ވ. އަތޮޅުގައި 84 ޓީޗަރުން
  • މ އަތޮޅުގައި 247 ޓީޗަރުން
  • ލ. އަތޮޅުގައި 551 ޓީޗަރުން
  • ގއ. އަތޮޅުގައި 330 ޓީޗަރުން
  • ފުވައްމުލައް ސިޓީގައި 315 ޓީޗަރުން
  • ގދ. އަތޮޅުގައި 439 ޓީޗަރުން
  • ތ. އަތޮޅުގައި 477 ޓީޗަރުން
  • ދ. އަތޮޅުގައި 250 ޓީޗަރުން
  • ފ. އަތޮޅުގައި 199 ޓީޗަރުން
  • އދ. އަތޮޅުގައި 348 ޓީޗަރުން
  • އއ. އަތޮޅުގައި 296 ޓީޗަރުން

ރާއްޖޭގައި ކިޔަވައިދޭ ޓީޗަރުން ނުލިބޭ ކަމުގެ ޝަކުވާ އާންމުކޮށް ކުރެއެވެ. އެގޮތުން އާންމުކޮށް ދިރާސީ އައު އަހަރެއް ފެށޭއިރު ޓީޗަރުން ހަމަނުވާ މައްސަލަ ވަރަށް ބޮޑުވެފައެވެ.

https://sun.mv/204468

މިދިޔަ އޭޕްރީލް ހައެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވަނީ، ޓީޗަރުންގެ ދަތިކަމުގެ މައްސަލަ، މިއިން ޒަމާނަކު ވެސް ނުވާހައި މިންވަރަށް މިހާރު ހައްލު ކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް