ދިރިއުޅުމަށް މަގުދައްކައިދޭ ދަންމަރަކީ އެދުރުން: އަބްދުއްރަހީމް

މަޖިލީހުގެ ރައީސް އަބްދުއްރަހީމް: އެ މަނިކުފާނު ވިދާޅުވީ ދިރިއުޅުމަށް މަގުދައްކައިދެނީ އެދުރުން ކަމަށް -- ފޮޓޯ/ މަޖިލިސް

ހަޔާތުގެ ކޮންމެ ރާސްތާއެއްގައި ވެސް ދިރިއުޅުމަށް މަގުދައްކައިދޭ ދަންމަރަކީ އެދުރުން ކަމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

މިއަދަކީ ދުނިޔޭގައި ފާހަގަކުރާ ޓީޗަރުންގެ ދުވަހެވެ.

ދުވަހުގެ ތަހުނިޔާ ފޮނުއްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވަނީ ދުވަހުގެ ހެޔޮ އެދުންތައް އެންމެހާ އެދުރުންނާއި މުދައްރިސުންނާއި އަދި އެންމެހާ ލެކްޗަރާއިންނަށް އަރިކޮށްފައެވެ. އެ މަނިކުފާނު ވިދާޅުވީ، ކޮންމެ ޖީލެއްގެ ވެސް އެންމެ މަތީ ފަޚުރަކީ އެދުރުން ކަމަށެވެ.

އެއީ ކޮންމެ މުޖުތަމައެއްގެ ބިންގާކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ، ދިރިއުޅުމުގައި މަގުދައްކައިދޭ ދަންމަރަކީ އެދުރުން ކަމަށެވެ.

"އެދުރުންނަކީ ކޮންމެ ޖީލެެއްގެ އެންމެ މަތީ ފަޚުރު، އެދުރުންނަކީ ކޮންމެ މުޖުތަމަ އެއްގެ ބިންގާ، ޙަޔާތުގެ އެންމެހައި ރާސްތާތަކެއްގައި އެދުރުންނަކީ ދިރިއުޅުމަށް މަގުދައްކައިދޭ ދަންމަރު ކަން ޔަޤީން،" އެ މަނިކުފާނުގެ ޕޯސްޓުގައިވެއެވެ.

ނަވާރަސަތޭކަ ނުވަދިހަ ހަތަރުވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހު ބައިނަލްއަޤުވާމީ މުދައްރިސުންގެ ދުވަސް ފާހަގަކުރަނީ ތައުލީމީ ދާއިރާއަށް މުދައްރިސުން ގެންނަ އިންގިލާބުގެ އިތުރުން، އެ މީހުންގެ ފަންނުވެރިކަން ކުރިއެރުވުމަށްޓަކައި ކުރެވޭނެ ކަންކަމާ މެދު ފިކުރުކުރުމުގެ ގޮތުންނެވެ.

comment ކޮމެންޓް