ގާނޫނު ތަންފީޒުކުރުމުގައި އަޅާލުމާއި އޯގާތެރިކަން މުހިންމު: ސާޖިދާ

މެޑަމް ސާޖިދާ ފުލުހަކާ ސަލާންކުރައްވަނީ: ވިދާޅުވީ، ތަންފީޒުކުރުމުގައި އޯގާތެރިކަން މުހިންމު ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

ގާނޫނު ތަންފީޒުކުރުމުގައި އަޅާލުމާއި އޯގާތެރިކަން މުހިންމު ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

އެ ކަމަނާ ވަނީ، މިއަދު ކްރޮސްރޯޑްސްގައި އޮތް މި އަހަރުގެ "މޯލްޑިވްސް ވިމެން އިން ޕޮލިސީން ސަމިޓު" ހުޅުވުމުގެ ރަސްމިއްޔާތު ވަނީ ޝަރަފުވެރިކޮށްދެއްވާފައެވެ.

ސާޖިވާ ވިދާޅުވީ، ސިފައިންނާއި ކަސްޓަމްސްއާއި އިމިގްރޭޝަނުގެ އިތުރަށް ޔުނިފޯމު އަޅައިގެން ޚިދުމަތްކުރާ ދާއިރާތަކުގައި އަންހެނުންގެ ދައުރު ވަރަށް ތަފާތު ކަމަށެވެ.

މޯލްޑިވްސް ވިމެން އިން ޕޮލިސް ޗެލެންުގެ ފައިސާ ފޮތި ސާޖިދާ ލޯންޗުކޮށްދެއްވުން: ވިދާޅުވީ، ގާނޫނު ނެގެހެއްޓުމުގައި އަންހެނުން ހިތްވަރުދޭ، ޔުނިފޯމުގައި ޚިދުމަތްކުރާ ދާއިރާތަކުގައި އެމީހުންގެ ދައުރު ތަފާތު ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

އެކަމަނާ ސިފަކުރެއްވި ގޮތުގައި، އަންހެނުންނަކީ ޤާނޫނު ނެގެހެއްޓުމުގެ އިތުރަށް އަންނަން އޮތް ޖީލުތަކަށް ހިތްވަރުދޭ ބަޔެކެވެ.

އޭގެ އިތުރަށް، އިންސާނީ ވަގުފާރީއާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކާއި ބައިނަލްއަޤުވާމީ އަދި ސަރަޙައްދީ ސަލާމަތާ ގުޅުންހުރި މައްސަލަތައް އިތުރުވަމުންދާކަން އެކަމަނާގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. އެ ގޮންޖެހުންތަކުން އަރައިގަތުމުގައި އަންހެނުންގެ ދައުރު ވަރަށް މުހިންމުކަމަށް ސާޖިދާ ވިދާޅުވިއެވެ.

ސަލާމަތާއި ހިމާޔަތްދިނުމުގެ ދާއިރާގައި އަންހެނުންނާއި އަންހެން ކުދިން، މަސައްކަތްކުރުމަކީ، އެކަނބަލުންގެ ހުނަރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ފުރުޞަތުތަކެއްގެ ގޮތުގައި ދެކިވަޑައިގަތުމަށް އެކަމަނާ ވަނީ އެދިވަޑައިގެންފައެވެ.

މެޑަމް ސާޖިދާ ވާހަކަދައްކަވަނީ: ގާނޫނު ތަންފީޒުކުރުމުގައި އަޅާލުން މުހިންމު ކަމަށް ---- ފޮޓޯ/ ރައީސް އޮފީސް

ޤާނޫނު ތަންފީޒުކުރުމުގައި އަޅާލުމާއި އޯގާތެރިކަމާއި ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ސާޖިދާ އަލިއަޅުއްވާލެއްވިއެވެ.

އެ ކަމަނާ ވިދާޅުވީ އޭރުން، ކުށުގެ ވެށިން އަނިޔާ ލިބެމުންދާ މީހުން އަދި ޚާއްޞަކޮށް އެފަދަ އަންހެނުންނާއި ކުޑަކުދިންނަށް އިތުބާރުކުރެވޭ މަންދޫބަކު ފެނުމުން، މުޢާމަލާތްކުމުގެ ފުރުޞަތު އިތުރުވާނެ ކަމަށެވެ.

އަންހެނުން ހަމަހަމަކަމާއެކު، ބަލައިގަންނަ މާހައުލެއް ގާއިމުކުރުމަށް މަސައްކަތްކުރެއްވުމަށް އެކަމަނާ ވަނީ، ސަމިޓުގެ ބައިވެރިންނަށް ހިތްވަރު ދެއްވާފައެވެ. އަދި، އަންހެނަކު، އޭނާގެ މުޖުތަމަޢު ދިފާޢުކުރުމަށް ފިޔަވަޅު އަޅާއިރު، އިންސާފުގެ އަސްލަކީ އެ އަންހެން މީހާކަން ވެސް އެކަމަނާ ހަނދާންކޮށްދެއްވިއެވެ.

މި ރަސްމިއްޔާތުގައި، އެކަމަނާ ވަނީ "މޯލްޑިވްސް ވިމެން އިން ޕޮލިސް ޗެލެންޖް"ގެ ރަމްޒީ "ފައިސާ" ފޮއްޗެއް ތަޢާރަފުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން އަދި، އިމިގްރޭޝަން ކޮންޓްރޯލަރު އަހުމަދު ފަސީހު ބައިވެރިވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް