ވިކްޓްރީގެ ރައީސަކަށް އެމްޕީ ޝަރީފް، ބޯޑުގައި މިނިސްޓަރު ނާޒިމާއި ކުންފުނިތަކުގެ ވެރިން

ވިކްޓްރީ ސްޕޯޓްސް ކުލަބުގެ އައު ބޯޑު މެމްބަރުން-- ފޮޓޯ: ވިކްޓްރީ

ދިވެހި ފުޓުބޯޅައިގެ ގަދަބާރު ވިކްޓްރީ ސްޕޯޓްސް ކުލަބުން އަލަށް އައްޔަނުކުރި ބޯޑު މެމްބަރުގެ ގޮތުގައި މި ސަރުކާރުގެ ވަޒީރުންނާއި، މަޖިލިސް މެމްބަރުންގެ އިތުރުން ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން އިންތިޚާބުކޮށްފިއެވެ.

ވިކްޓްރީން އައު ބޯޑެއް އިންތިހާބުކޮށްފައިވަނީ ވިކްޓްރީގެ ރައީސް ހުސެއިން އާދަމް ފިޔަވާ ދެން ތިބި ހުރިހާ މެންބަރުން އިސްތިއުފާދިނުމުންނެވެ.

ކުލަބުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ.

ނައިބު ރައީސްކަމަށް އިންތިހާބުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޒީމެވެ. ނަޒީމަކީ ކުރިން އެ ކުލަބުގެ ޗެއާޕާސަންކަމާއި ވައިސް ޗެއާޕާސަންގެ މަގާމު އަދާކުރި ބޭފުޅެކެވެ.

ވިކްޓްރީ ސްޕޯޓްސް ކުލަބުގެ އައު ބޯޑު މެމްބަރުން-- ފޮޓޯ: ވިކްޓްރީ

މީގެއިތުރުން ވިކްޓްރީގެ ނައިބު ރައީސްކަމަށް ދެން އިންތިޚާބުކޮށްފައިވަނީ ހެލްތް މިނިސްޓަރ އަބުދުﷲ ނާޒިމް އިބްރާހިމްގެ އިތުރުން އަބްދުﷲ ވަހީދެވެ.

އެ ކުލަބުގެ ބޯޑު މެމްބަރުންގެ ގޮތުގައި އިންތިޚާބުކޮށްފައިވަނީ ސްޓެލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ އާއި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފުގެ އިތުރުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބުރާހިމް ޝިއުރީ އެވެ.

ސެކްރެޓަރީ ޖެނެރަލެއްގެ ގޮތުގައި އާރުޑީސީގެ ހުޒާމް ހުސެއިން އިންތިޚާބުކުރިއިރު ހަޒާންދާރަކަށް ހޮވުނީ މުޙައްމަދު މުޖާހު މުނީރެވެ.

ދެން މި ބޯޑުގައި ހިމެނިވަޑަައިގަންނަވަނީ ކުލަބުގައި ކުރިންވެސް ޚިދުމަތްކޮށްދިން އަޙްމަދު ރިޔާޒާއި އައިޝަތު ރައިހާނާގެ އިތުރުން އަޙްމަދު އަރީޝެވެ.

ކުލަބު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ދާދިފަހުން އެ ކުލަބުން ވަނީ ބިދޭސީ ކުޅުންތެރިންތަކަކާއި ބިދޭސީ ކޯޗެއް ގެނެސްފައެވެ.

comment ކޮމެންޓް