އާ މަޝްރޫއެއް ހިންގުމަށް، ޞާލިހުގެ ޤަރާރު އުވައިލައްވައި ހަންކެޑެ މިނިސްޓްރީގެ ދަށަށް

ހަންކެޑެ: އިންޓެގްރޭޓަޑް ޓޫރިޒަމް ރިސޯޓެއް ތަރައްގީކުރަން 2021ވަނަ އަހަރު އެމްއެފްއެމްސީއަށް ކުއްޔަށް ދޫކުރި އެއްބަސްވުން މިއަދު ވަނީ އުވާލާފަ ---

އައްޑޫ ސިޓީގައި އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރަން 2021 ވަނަ އަހަރު މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ)އާ ހަވާލުކުރަން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ނެރުއްވި ޤަރާރު، މިހާރުގެ ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އުވާލައްވައި، ހަންކެޑެ ސަރުކާރަށް ނަގައިފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގަން ރައީސް ޑރ. މުޢިއްޒު މިއަދު ނިންމަވައިފައިވާ ކަމަށެވެ.

އެހެންވެ، ހަންކެޑެ ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައި 2021ގެ ޑިސެންބަރުގައި ކުރީ ސަރުކާރުގައި ނެރުނު ރައީސްގެ ޤަރާރު، އުވައިލައިފައިވާކަމަށް އެ އޮފީހުން ބުންޏެވެ. އަދި މި ނިންމެވުމާއެކު ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގުމަށް އެ ރަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާ ހަވާލުކޮށްފައިވާކަމަށް އެ އޮފީހުން ބުންޏެވެ.

ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވަނީ ހަންކެޑެ ތަރައްގީ ކުރަން, ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އާ ހަވާލުކޮށްފައެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރަން ހަންކެޑެ މަޝްރޫއު އެ ސަރުކާރުން އިއުލާނު ކުރީ، 2023 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް އެ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އެ މަޝްރޫއު ނިމުމުން، އެ ތަން އޮންނާނެ ގޮތުގެ ކުރެހުންތަކެއް ވެސް އޭރު ވަނީ ދައްކާލައިފައެވެ.

އެހެން ނަމަވެސް އެ ސަރުކާރު ނިމުނު އިރު ވެސް ހަންކެޑެ ތަރައްގީކުރުމަށް މަސައްކަތްތަކެއް ކުރެވިފައެއްް ނުވެއެވެ.

އޭގެ ފަހުން މި ސަރުކާރުން، މީގެ ތިން މަސް ކުރިން ވަނީ، ރާއްޖޭގައި ހަލާލް ޓޫރިޒަމް ތަރައްގީކުރާ ހަ ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދުގެ ގޮތުގައި، ހަންކެޑެ ހިމެނޭކަމަށް އިއުލާނުކޮށްފައެވެ.

https://sun.mv/207952

ހަލާލު ޓޫރިޒަމަކީ ޚާއްސަކޮށް މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށް ރިއާޔަތްކޮށް، އެހެން ހުރިހާ މެހެމާނުންނަށް ވެސް އެކަށީގެންވާ ގޮތަކަށް ފަރުމާކުރެވިފައިވާ ޚިދުމަތްތަކެކެވެ. މި ކޮންސެޕްޓު ތަންފީޒު ކުރާނީ ރިޒޯޓު ތަރައްގީ ކުރެވޭ މަރުހަލާގެ ތެރެއިންނާއި ރިޒޯޓު އޮޕަރޭޝަންސްގެ މަރުހަލާގައެވެ.

https://sun.mv/207952

އެ ނިންމުން އެއިރު އިއުލާނުކުރުމާއެކު އައްޑުއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވަނީ، ކުއްލިކުއްލިއަށް ހަންކެޑެ ތަރައްގީކުރާ ގޮތުގެ ޕްލޭން ބަދަލުވުމުން ނުރުހުން ވެސް ފާޅުކުރައްވައިފައެވެ.

comment ކޮމެންޓް