"ކިތަންމެ އަވަދިނެތި އުޅުނަސް ކޮންމެވެސް ވަރަކަށް ޒިކުރުކުރުމުން މުޅި ދުވަސް ބަދަލުވެގެން ހިނގައިދާނެއެބެ. އަޒްކާރުއަކަށް އެހާ ގިނަ ވަގުތެއް ނުނަގާނެއެވެ. އަމާންކަމާއި ހިތްހަމަޖެހުން ލިއްބައިދޭ ވަގުތުތަކެއް ހޯދަން ގިނައިން ޒިކުރު ކުރާށެވެ."
***
"ޒޭބް....ޒޭބް......އަހަރެން ވަރަށް ހާސްވެއްޖެ..."ކައިލާ އަށް ޒޭބާ ފެނުމުން ފިނިވެފައިވާ ދެއަތުން ހިފަހައްޓައިލިއެވެ.
"ބްރީތް....."އޭނަ ޒޭބާ ގެންގޮސް ސޯފާގައި ބޭންދިއެވެ."ކާމް ޑައުން........"
ކިހިނެއްވީތަ އަނެއްކާ؟"
"އަހަންނަށް ޔަގީން ޒޭބްގެ އަތެއް މިކަމުގައިވާކަން...ޒާމިލް އަހަންނަށް ޕްރޮޕޯސްކުރީ........."ކައިލާ ކަޅި އަނބުރައިލިއެވެ.
"ކައި ޑްރެމެޓިކް ނުވެބަލަ..އައި މެންޝަންޑް ޔޯ ނޭމް އަސްލުވެސް..އޭނަ ބޭނުންވަނީ އޭނަގެެ ފެއިތް ޖާނީގައި ހެލްޕްވާނެ ދީންވެރި އަންހެންކުއްޖެކޯ ބުނީ..ރިވާޓެއްވީމަ ތަފާތުވެސް ވާނެ...އަހަރެމެންނަށްވުރެ ބޮޑަށް ދީން އެނގޭހެން ހީވަނީ...."
"ޒޭބް އެހާ ރަގަޅު މީހެއް ވިއްޔާ ރިޖެކްޓްކުރީ ކިއްވެ ދެން؟"
"ސަބަބު އެންމެ ރަގަޅަށް އެނގޭނީ ކައިއަށް...އަހަރެންގެ ހިތް ކިތަންމެ ބޮޑަސް އަދި އެހެންމީހަކަށް ޖާގައެއްނެތް. އެއީ ވާނެކަމެއްހެން ހިޔެއްނުވޭ ކައި..އަހަރެންގެ ހުރިހާ ވިސްނުމެއް މިހާރު މިހިރީ ކިޔަވަން...ކޮންމެެވެސް ޒަމާނެއްގައި އެކަމާއި ވިސްނާނީ. ޒާމިލް ބޭނުންވަނީ އަވަހަށް ކައިވެނިކުރުން..ކައި ވަރަށް ވިސްނާލާފައި ޖަވާބެއްދޭންވާނީ...."
"ހެހެ އޭނަ ވާހަކަދެއްކީވެސް ބައްޕައާއި، އެގޭ މީހުން މާދަން އަނާނެޔޯ ގެއަށް..."
ވާއު....ވަރަށް އިސްލާމިކް...ކިހާ ސަޅި...."ޒޭބާ ކައިލާގެ ގައިގާ ކުޑަކޮށް ބައްދައިލިއެވެ."ސޯ ހެޕީ..ކާންޓް ވެއިޓް...ކައި ހާދަ ރީތިވާނެ ވެޑިން ޑްރެސްގައި..."
"ހިތަށްވެސް ނާރާ މިހާ އަވަހަށް މެރީޑް ލައިފެއް ފަށަންޖެހިދާނެއޭ...އަދި އަނާގެ މަންމައެއްނެތްއިރު ބޭބީ އުރާލައިގެން ހުންނަންވެސް ވަރަށް ޖެހޭ، ތިއްތިއާއި އަނާއަށް އެންމެ ޓައިމް ދޭން ބޭނުންވިއިރު ދުރަށް ދާންޖެހުނީ...ރުޚުސާ އެނބުރި އަންނާނެހެން ހީވޭތަ؟ ދަރިފުޅު އަތުލަން މަސައްކަތްކުރާނެތަ؟"
"ކޮންމެ ކަމަކަށް ހިކުމަތެއްވާނެ، ލައިފް އިޒް ޝޯޓް...ކައިވެންޏަކީވެސް ސުންނަތެއް..އެހެންވީމަ އަމިއްލައަށް ދިރިއުޅުން ފެށިޔަސް އެހެންމީހުންނަށް ވަގުތުވީވަރަކުން ދޭނީ. ރުޚުސާއަކީ މަންމައަކަށްވާ ނަމަ އެހިތުގައި ކިރިޔާވެސް ދަރިފުޅަށްޓަކާ ލޯތްބާއި ކުލުނު އޮތްނަމަ އަންނާނެ ދޯ. ހުރިހާކަމެއް އެނގިގެން މެރީކޮށްފައި ދަރިއަކު ލިބުނީމަ ދޫކޮށްލާފައި ދިޔުމަކީ..ކީކޭ ބުނާނީ؟މީހުންގެ ވާހަކަ ނުދައްކަމާ..." ޒޭބާގެ ހިތުގައިވާ ޝަކުވާތަކާއި އަސަރުތައް އޭނަ ފޮރުވިއެވެ. އޭނަ އަޒިއެލްއަށްޓަކާ ކުރާ ހިތާމައާއި ކުރާ ދުއާ ދެނެވޮޑިގެންވަނީ ހަމައެކަނި ހެއްދެވި ފަރާތެވެ.
***
ޒޭބާ އަޒިއެލްއަށް ލިޔެފައި ހުރި ސިޓީތައް އަދިވެސް ހުރީ ރައްދުނުވެއެވެ." އޮންދަ ޑޭ އައި މެޓް ޔޫ، އައި ނިއު އައި ވުޑް ފޯލް ހާޑް ފޯ ޔޫ.." އެވެސް ކުރުކުރު އެންމެ ޖުމްލައެކެވެ. ވަށައިގެން އެކި ގޮތްގޮތަށް ހިތްތައް ކުރަހާލާފައެވެ. އެކަމަކު ދުނިޔޭގައިވާހާ އަސަރެއް އޭގައިވިއެވެ.
"އެއް އިރެއްގައި އަހަރެެމެން ދިމާވުމުގެ ކުރިން އަހަރެންގެ ހިތުގައި ހުސްކަމެއްވިއެވެ. އެ ހުސްކަން ފުރައިލަން އެތައް ދުވަހެއްވަންދެން މަސައްކަތްކުރީމެވެ. އެކަމަކު ހުރީ އެކަން ފަށާނެގޮތެއް ނޭގިފައެވެ."
ކޮންމެ ދުވަހަކުހެން އޭނަ އަޒިއެލްއަށް ލިޔުނު ސިޓީތަކަކީ ހަމަ ބޭކާރު އެއްޗެއްތޯ އަމިއްލަ ޟަމީރާއި ސުވާލުކުރެވުނެވެ. ބޭކާރުވާންވީ ކީއްވެހެއްޔެވެ؟އޭނަގެ ހިތް ސާފެވެ. އެހިތުގެ ޝުއޫރުތައް ހާމަކުރުމަކީ ބޭކާރު މާނައެއްނެތް ކަމެއްނޫނެވެ. ލޯތްބަކީ ފާފައެއްނޫނޭ ބުނެވެއެވެ. އޭނަގެ ލޯބި އިސްލާމީ ލޯބީގެ ގިންތިއަށް ފެތޭހެއްޔެވެ؟ އޭނައާއި އަޒިއެލްގެ ގުޅުމުން ފާފައަކަށްވާކަށް އޭނަ ބޭނުމެއްނޫނެވެ. އޭނަ ބޭނުންވީ ދީނުގައި އޮތްގޮތަށް އަވަހަށް ކައިވެންޏާއި ހަމަޔަށް ދިޔުމަށެވެ. އޭރުވެސް ހުރަކަށްވީ އޭނަގެ ލޯބިވާ މަންމައެވެ. މިހާރުވެސް ދެކޮޅުވަނީ މަންމައެވެ. ޚާއްސަކޮށް މަންމަގެ ރުޅިވެރިކަމާއި ނުރުހުން ކުރިއަށްވުރެ އިތުރުވީ އަޒިއެލްގެ ކައިވެނީގެ ހަޔާތް ނާކާމިޔާބުވުމުންނެވެ. ރުޚުސާއަށް ކެތްނުކުރެވިގެން ދޫކޮށްލާފައި ދިޔުމުގައިވަނީ ކޮންފަދަ ސިއްރެއްކަމެއްވެސް ނޭގޭކަމަށް މަންމަވަނީ ބުނެފައެވެ.
***
މަންމައަށް ޒާމިލްއާއި ކައިލާގެ ކައިވެނި ހަމަޖެހުނުކަން އެނގުމާއެކު ގެއަށް އައިއިރު ޒޭބާހުރީ ފިނިފެންމާގަސްތަކަށް ފެންދޭށެވެ. މަންމަގެ މޫނުމަތި ފެނުމާއެކު ކަމެއް ވެއްޖެކަން ދެނެގަނެވުނެވެ.
"ޒޭބާދޯ ޒާމިލްއާއި ކައިލާ ގުޅުވީ؟ ކިހާ ދެރަކަމެއްތަ ދެން..."
"މަންމާ...ކައިލާއަށް ރަގަޅުކުއްޖެއް ލިބުމުން މަންމަ އުފާވާންވީމަ..."
"އަހަރެން އުފާނުވަނީއެއްނޫން.. ޒޭބާއަށް ރަގަޅު ބައިވެރިއަކު ލިބުނީމަ ދޫކޮށްލާފައި މޮޔައެއްގެ ފަހަތުން އުޅޭތީ ބޯ ހަލާކުވަނީ....ރަންގަނޑެއް ލިބުނީމަވެސް އެއްލައިލީ...ޒޭބާއަށް ކިހިނެއްވެފައި ތިހިރީ؟އަމްރާންއާއިހެދި އުޅުނުނަމަ މަގޭ ބޯ ހަލާކުނުކޮށް. ބަސްނާހާ ދަރިއެއް..."
ޒޭބާ ފެންދިނުން ހުއްޓާލާފައި ގޮސް ސިޓިންރޫމްގެ ސޯފާއަކަށް ދެފައިވަށްކޮށްލައިގެން އަރާ އިށީދެ ހަމަޖެހިލިއެވެ."މަންމާ..މަންމަ ދުނިޔޭގެ ނަޒަރުން ވިސްނުން ހުއްޓުމާއެކު ސިކުނޑިއަށް އަރާމުލިބޭނެ..މިއީ ދުވަސްކޮޅެއްގެ ތަނެއް...."
"ދަރުސްފަށަން އުޅޭނެކަމެއްނެތް. ލާހިކެއްނޫން ދެން އެ އަޒިއެލް ފެންނަ ހިސާބަށްވެސް ދާން..ހައްތާ ރުޅިގަދަވަނީ ނުވިސްނާ މޮޔަކަންތައް ކުރާތީ.. އެފިރިހެންކުއްޖާގެ ހުރީ ކޮން އުނިކަމެއް..ރީތިކަމެއް ދެއްވާފައި އެބަހުރި...އިނގިރޭސި ޕާސްޕޯޓެއް އޮތީ..އެހާ އަޅުވެރި...ޕިސް ޕިސް...ޒޭބާގެ ބޮލަށް ބޭސްކުރުވަންވެފައި ހުރީ.."މަންމަ ކުދިކިޔަމުންގޮސް ކޮޓަރިއަށް ވަނުމުން ޒޭބާއަށް ދެއަތް އުފުލައިލެވުނީ ދުއާއަށެވެ. އޭނަގެ މަންމައަށް ހެޔޮ ވިސްނުން ދެއްވުމަށް އެދިއެވެ. އޭނަގެ ލޮލުން ކަރުނަ ތިއްކެއް ފައިބައިގެން ދިޔައެވެ.
ޒޭބާ ވިސްނީ މަންމަގެ ބަސް ގަބޫލުކޮށްގެން ބަސްއަހާ ދަރިއެއްގެ ގޮތުގައި ހުރުމަށެވެ. ބޮޑުދައިތަގެ ގެއަށް ނުދާންވެގެން އޭނަ ތަންކޮޅެއް ދުރުން ވަޒީފާއެއް ހޯދިއެވެ. ޔުނިވާސިޓީގައި އަަވަދިނެތި އުޅޭވަރުން އެހެން ތަނަކަށް ދިޔުމަށް ވަގުތެއްނެތްކަމަށް ބުނެ ކޮންމެެވެސް ބަހަނާއެއް ދައްކައިގެން ހުންނަނީ މަންމަގެ އުފަލަށްޓަކައެވެ. މަންމައަށް އެވަރުންވެސް އުފަލެއް ނުލިބެއެވެ. އެންމެފަހުން މަންމަ ކަންބޮޑުވާންފެށީ އަޒިއެލް ޔޫޓިއުބް ހުޅުވައިގެން ކާމިޔާބުވާންފެށުމުންނެވެ. އަޒިއެލްގެ އެ ކާމިޔާބުގެ ސަބަބުން ދަރިފުޅު އަތުން ބީވެދާނެތީއެވެ. އިންސާނާގެ ހިތް ހަމަޖައްސައިލުމަށް ބޭނުންވާ ވަސީލަތަކީ ހަގީގަތުގައި ގަޟާގަދަރަށް އީމާންވުމެވެ. ގިނަވަގުތު އަޅުކަމުގައި ދެމިތިބުމެވެ. ދުނިޔޭގެ ލޯބި ހިތުން ފޮހެލުމެވެ. މާހިރާއަށް އަދިވެސް އެކަން ބަލައިނުގަނެވެނީއެވެ.
***
ތިން އަހަރު ފަސް
އަޒިއެލް ކާމިޔާބު ޔޫޓިއުބަރަކަށްވެ އެތައް މިލިއަން ބަޔަކު އޭނަ ފޮލޯކޮށް އޭނަ ބުނާ އެއްޗެހި ޓްރެންޑްވަމުން އައެވެ. އާއިލާއާއި އެކުވެރިންނަށްވެސް ލިބުނީ ބަޔާންނުކުރެވޭފަދަ އުފަލެކެވެ. އަޒިއެލް އެހިސާބަށް ދިޔުމަކީ ހުވަފެނެއް ފުރިހަމަވުންފަދަ ކަމެކެވެ. ނަފްސާނީ މައްސަލައެއް ހުރުމަކީ ކާމިޔާބުގެ އެންމެ އުހަށް އެރެން ހުރި ހުރަހެއްކަމަށް ދެކިގެންނުވާނެއެވެ. އަޒިއެލް ކުރި މަސައްކަތް ފެށީވެސް ބިސްމިއާއި ދުޢާއިންނެވެ.އެ މަސައްކަތުގައި ބަރަކާތްވެސް ލައްވައިފިއެވެ.
އަޒިއެލް ދޭތެރެއަކުން މިސްކިތަށްގޮސް ފަންޑު ޕްރޮގްރާމްތަކާއިއެކު ކުރިންވެސް ފަދައިން ޒުވާނުންނާއެކު ވަގުތު ހޭދަކުރެއެވެ. ސުވާލުތަކަށް ޖަވާބުދެއެވެ.
ދަރިފުޅާއެކު ކުޅެން އުޅެފައި އެކީ ކައިގެން ނިންދެވުމަށްފަހު އަޒިއެލް އޭނަގެ އަލަމާރި ހުޅުވިއެވެ. ކުރީގެ ނޯޓްތަކާއި ކުރެހުން ތައް ފެނުމުން އޭނައަށް ކިޔައިލެވުމާއެކު ހިނިވެސް އަންނަގޮތްވިއެވެ.
"މަންމާ..އަހަރެން ތެލުލާފައި އެންމެނަށް ކާންދީބަލަ..."
"ކަކުންޏެއްގެ ހޮރަކަށް ވެއްޓެނީ..."
މިހާރުވެސް ވަރަށް މަދު ފަހަރެއްގައި އެޕިސޯޑެއް އަޔަސް އޭނައަށް ކުރިން އެވާ އުދަގޫތަކެއް ނުހުރެއެވެ. ﷲތައާލާއާއި އޮތް ގުޅުން ރަގަޅުކުކުރުމުގެ އިތުރުން ތެރަޕީއާއި ބޭހުން އޭނައަށް ކުރިއެރުމެއްލިބިއްޖެއެވެ.
އޭނަ ނިދަން ޖައްސައިލިތަނާ މަންމަ އައީ ސިޓީއެއް ހިފައިގެންނެވެ. ރުޚުސާގެ ނަން ފެނުމުން ހައިރާންކަމާއެކު މަންމައަށް ބަލައިލެވުނެވެ. މަންމަވެސް ބޯ ހޫރާލާފައި ދާން ހިނގައިގަތެވެ. އެތައް އަހަރެއްފަހުން މިސިޓީ ފޮނުވުމުގެ މާނައެއް އޮތްކަމަށް މަންމަވެސް ނުދެކެނީއެވެ.
"ޢައްސަލާމް އަލައިކުމް އާޒް
އެތައް އަހަރެއްފަހުން މެސެޖްކުރަންވީމަ ވަރަށް ޖެހިލުންވި. އެކަމަކު ކަމެއް ނިންމުމަކީވެސް ރަހުމަތެއް ނޫންތަ؟ އަހަރެން ބުނަން ބޭނުންވަނީ...އައިމް ސޮރީ....އަހަރެން އެގޮތަށް ވަކިވެގެން ދިޔައީމަ..އަހަންނަށް އޭރު ވަރަށް ގިނަ ކަންތައްތައް އަންޑަސްޓޭންޑެއް ނުވޭ. އަދި ދަސްކުރަންވެސް އެވަރަށް ނޫޅެވުނީ... އަހަންނަށް މާބޮޑު އެއްދެއް ދެވެން ނެތަސް ޔޫ ޑިޒާވްޑް ގްރޭސް...އެދޭނެ ގޮތެއްވެސް ނޭގުނު.
އެފަހުން އަހަރެން ހަރު މީހަކަށްވެއްޖެ..ކަންތައްތައް ވިސްނޭވަރުވެއްޖެ. ތަދުތަކާއި ތެރަޕީ އަދި އީމާންކަން އިތުރުކޮށްގެން..އަހަރެންގެ އުއްމީދަކީ އަދި ދުއާއަކީ އާޒްގެ ހަލާކުވެފައިވާ ހިތަށް ޝިފާ ލިބުން. އަދި ކުރާ ކޮންމެ ކަމެއްގައި އަމާންކަމާއިއެކު ލޯތްބާއި ބަރަކާތް ލެއްވުން....އަދި ދަރިފުޅާއިއެކު އުފާވެރި ހަޔާތެއް ލިބުން....އެއްވެސް އިތުރު އެއްޗެއް ބޭނުންވެގެނެއްނޫން މެސެޖްކުރީ..ހަމައެކަނި ދުއާ ކޮށްދިނުމާއި މާފުކޮށްދިނުން.."
ދީނުގެ އުޚުތު
ރުޚުސާ
ރުޚުސާގެ އެ ސިޓީ ކިޔާފައި އޭނަގެ މުޅި ނަފުސާއި ރޫހުވެސް ގަނޑުވިފަދައެވެ. އެ ކަރުދާސްގަނޑަށް ބަލަން އޮވެވުނެވެ. އޭނަގެ ލޮލުގައި ކަރުނައެއްނެތެވެ. އިނގިލިތައް ސާބިތުއެވެ. އެންމެ ފަހަރަކުވެސް ތުރުތުރުލުމެއް ނެތެވެ. އޭނަ ހަމައެކަނި ފުން ނޭވާއެއް ދޫކޮށްލީއެވެ. ލަސްލަހުން ސިޓީ ފަށްޖެހިއިރު އެސިޓީ ހިތު ދަސްވެއްޖެއެވެ. އޭނަ ތެދުވެގެންގޮސް ހަދީސް ފޮތެއް ހުޅުވާފައި އޭގެ ތެރެއަށް ސިޓީލިއެވެ. ކޮންމެހެން އެއަށް ބަރޯސާވެގެން ދޭތެރެއަކުން ކިޔައިލާކަށް ނޫނެވެ. ހަނދާނަކަށެވެ. ކޮންމެވެސް ދުވަހަކުން މާފުކުރުމަކީ ހަމަ އެކަށީގެންވާކަމެކެވެ.
***
ކައިލާ އިސްލާމިކް ސްޓަޑީސްއިން އަދި ޒޭބާ ސައިކޮލޮޖީއިން މާސްޓާސް ހެދިއެވެ. ދެކުދިންވެސް ގްރެޖުއޭޝަން ފޮޓޯ ނަގާ އުފާފާޅުކުރިއެވެ. ކައިލާގެ އުފަލުގައި ބައިވެރިވާނެ ފިރިއަކާއިއެކު އެއް އަހަރުގެ ތުއްތު ފިރިހެންކުއްޖަކު ވިޔަސް ޒޭބާގެ ހަޔާތަށް އަދި ވެރިވެފައިވީ ފަޅުކަމެވެ.ނަމަވެސް އޭނަގެ މަންމަގެ އުފާތަކުން ހިތްހަމަޖެހުން ހޯދިއެވެ. މަންމަ ބޭނުންވީ މުޅި ދުނިޔެއަށް އިއުލާންކުރުމަށެވެ. ޒޭބާއަށް ނާންގާ މަންމަ އެފްބީ އެކައުންޓެއް ހަދައިގެން އޭގައި ކޮންމެެވެސް ވަރަކަށް މަންމަގެ ފޮޓޯތައް ލާ ހަދައެވެ. މާލޭގައި ތިބި އާއިލާގެ މީހުންނާއި އެކުވެރިންނަށް މަންމަގެ އުފާވެރި ދިރިއުޅުން ހިއްސާކުރަންވެގެންނެވެ. ފަރުޒާނާމެންގޭގެ ބަގީޗާއާއި ލަންޑަންގެ މަޝްހޫރު ތަންތަނުގެ ފޮޓޯތައްވެސް ލައެވެ. މަންމައަށް ލިބޭ ލައިކްތަކާއި ކޮމެންޓުތަކުން ހިތް އުފާކުރެއެވެ.
ޒޭބާއަށް މަންމަ ކައިލާގެ ދަރިފުޅުގެ ފޮޓޯއެއް ލީކަން އެނގުނީ ތިމާގެ މީހެއްގެ ފަރާތުންނެވެ. ކައިލާގެ ދަރިފުޅު އުމަރުގެ ލޮލުގައި އަޅިނޫކުލައެއް ހުރުމުން ވަރަށް ލޯތްބެވެ. ޒާމިލްގެ ފަރާތުން ލިބުނީ އެ ސިފައެވެ. އެ ފޮޓޯއަށް ކޮމެންޓްކޮށްފައި ކާކުގެ ދަރިއެއް ހެއްޔޭ އެހުމުން މަންމަ ޖަވާބުދީފައެއްނުވެއެވެ. އެހެންވެ އެންމެނަށް ހީކުރެވުނީ ޒޭބާގެ ދަރިއެއްކަމުގައެވެ.
"މަންމާ...އުމަރުގެ ފޮޓޯ ލާކަށް ނުވާނެއްނު. ކައިވެސް އެހާ ހިތްހަމައެއްނުޖެހޭނެ.. މީހުންގެ އެސްފިނާ ޖެހިދާނެ...."
"މީހުންގެ އެސްފީނާ ޖެހެންޏާ ދެން އިނގިރޭސި ހުރިހާކުދިންނަށްވެސް އެސްފީނާ ޖެހެންވީނު......އަޖައިބެއްކަހަލަ ވާހަކައެއް.."މާހިރާ ހިތްހަމަނުޖެހޭގޮތްވިއެވެ."އެހެންނޫނަސް ޒާމިލްއާއި ކައިވެނިކުރިނަމަ އުމަރުވާނީ ޒޭބާގެ ދަރިއަކަށްނު...އެފަދަ ރަގަޅު ފުރުސަތެއް ދޫކޮށްލީ..މަށަށް ހީވަނީ ޒޭބާ ދެން މީހަކާއި ނީދެ ހުރެހެން މުސްކުޅިވާނީ...ތިއުމުރުގައި ނުވި މީހެއް ނުވާނެ...މަންމަ މީހަކު ހޯދަންވީތަ؟"
"ނޫން ނޫން....މިއުޅެނީ ޕީއެޗްޑީ ހަދަންކަމަށް...މަންމަ ބޭނުންވާފަދަ މޮޅުމީހަކަށްވެފައި ދެން ކައިވެންޏާއިމެދު ވިސްނާނީ. ނޫނީ އެއަށްވުރެ ވަޒީފާވެސް މުހިއްމުވާނެ...ދަރިން ތިބެގެން ކިހިނެއް ވަޒީފާއަށް ދާނީ؟" ޒޭބާގެ ވިސްނުން ހުރިގޮތް ފެނުމުން މާހިރާ ގެ ސިކުނޑިއަށް ވާންވިއެވެ.
ޒޭބާ ބަސްއަހައިގެން ޒާމިލްއާއި ކައިވެނިކުރިނަމަ އޭނަގެ ދިރިއުޅުން ހާދަ ފުރިހަމަވާނެއެވެ. މާހިރާއަށް ޒާމިލްއާއި ކައިލާ ކުޑަ ދަރިފުޅާއެކު އުޅޭތަން ފެނުމުން އެކަން ބަލައިގަންނަން އުދަގޫވީ ކައިލާގެ މަގާމުގައި ހުންނަން ޖެހެނީ ހަމަ ޒޭބާކަމަށް ގަބޫލުކުރެވޭތީއެވެ. އުމަރު ފުށްގުޅައެއްހެން އޮތުމުން ހަމަ މާމަ ދަރިއަކަށް އެކުއްޖާވުމަށް އެދެވެނީއެވެ.
***
ޒޭބާ އޭނަގެ ބޮޑުދައިތަ ފަރުޒާނާގެ ގެއަށް ދަނީ އަޒިއެލް ލަންޑަނުން ބޭރު އެހެން ޝަހަރެއްގައި އުޅޭކަން ޔަގީންވަންޏާއެވެ. މިފަހަރު ކުލްސޫމްމެންގެ އާއިލާއާއި ބައްދަލުކުރަން އަމްރާންއާއި ކަމީލާ އަދި ކުދިންނާއިގެން ދިޔައިރު އަޒިއެލްވެސް އަނާ ގޮވައިގެން ރާއްޖެ ދިޔައެވެ. ޒާމިލްގެކުޑަ އާއިލާވެސް މެއެވެ. އެންމެން ރިޒޯޓްގައި ނަގާފައި ހުރި ފޮޓޯތައް ދެއްކީ ފަރުޒާނާއެވެ. އެފޮޓޯތަކުގައި އަނާ ހުންނަނީ ހަމަ ވަރަށް އުފާވެފައެވެ. އޭނަގެ ބައްޕައަށްޓަކާ އެކުޑަ ހިތުގައި އޮންނަނީ ވަރަށް ޚާއްސަ ލޯތްބެކެވެ. އެންމެންގެ ލޯބި ލިބިގެން ބޮޑުވަމުން އައި އަނާއަށް މަންމައެއް ނެތުމުގެ ފަޅުކަން އިހުސާސެއްނުވެއެވެ. އަމްރާންގެ ދެކުދިންކަމަށްވާ މެލެކްއާއި މާޒް އަދި އަނާއާއި އުމަރުވެސް އުޅެނީ އެކީގައެވެ. ކުޅޭ އެއްޗެހި ހިއްސާކޮށްގެން ނިކަން ގުޅިގެންނެވެ.
"ދައްތަ ނޫނީ ޔޫސުފް ބެގެ ފްރެންޑެއްގެ ދަރިއަކު ޒޭބާއަށް ހޯދަދޭންވީނު....ޒޭބާ މީހަކާ ނީދެ ހުރެ މުސްކުޅިވެދާނެ. އެހެން އެންމެންގެ ދަރިންތައް މިތިބީ...." މާހިރާ ފޮޓޯ ބަލަން އިނދެފައި ކައުޗްގައި އޮށޯވެލިއެވެ."މިހެން ކިޔާ ކިޔާ މީހަކު ހޯދާކަށް މިކުއްޖާ ނޫޅޭ..."
"މަންމާ...އަމިއްލައަށް ހޯދާފަނަމޭ. އަދި މުސްކުޅިނުވެއެއްނު. މަންމަ ޒުވާންއިރު ދަރި މުސްކުޅިވާނީ ކިހިނެއް؟" ޒޭބާ ޗޮކްލެޓެއް ކަމުން އެތިކޮޅެއް މަންމައާއި ބޮޑުދައިތައަށް ދިނެވެ.
"އާޒްއަށްވެސް މީހަކު ނުލިބިގެން މިއުޅެނީ. މިޒަމާނުގައި ވަރަށް އުދަގޫކަމެއް...."
"އާޒްއާއެކީ އުޅެން ކެރޭނީ ކާކަށްތަ؟ އަބަދަށް އެހެންނޫނަސް އެހެން މީހުންނަށް ޑިޕެންޑްވެގެން..ޖޮބަކަށް ނުގޮސް..ދައްތަގެ ކިޔަވައިގެން ހުރި ދަރިފުޅު ދޯ ހުރިހާ ޚަރަދެއްކުރަނީ؟"
ޒޭބާގެ ހިތުގައި ފިނި ރާޅެއް ދުވެލިއެވެ.
ބޮޑުދައިތައަށްވެސް އަޒިއެލްގެ ޔޫޓިއުބް ޗެނެލްއާއި ނެރުނު ވާހަކަފޮތް ކާމިޔާބުވަރު އެނގޭނެއެވެ. ދާދި ފަހުން އެފޮތް ނެރުމާއެކު އަތުފަތުނުޖެހި އެ ފޮތްވިކުނެވެ. އެންމެ ދުވަހަކުން އަޒިއެލް މިލިއަނަރަކަށް ނުވާކަމެއްވެސް ނޭގެއެވެ.މަންމައަށް އެކަން އެނގިއްޖެއްޔާ ލައްކަ ސިހޭނެއެވެ. ސަބަބަކީ މަންމަދެކޭގޮތުން ނަފްސާނީ މައްސަލައެއް ހުރުމަކީ ފަހަތަށް އެޅޭ ފިޔަވަޅެކެވެ. މައިންބަފައިންނަށް ދިމާވާ ގޮންޖެހުމެކެވެ.
"ނޫން..އާޒް ހަމަ އަމިއްލައަށް ޚަރަދުކުރަނީ..ފޮތްތައް ލިޔެ ޔޫޓިއުބް ޗެނެލްއެއް ހުޅުވާ ޖަމްއިއްޔާއެއްވެސް ހިންގައެއްނު...އެކުއްޖާވެސް ހަމަ ވަރަށް ވިސްނުން ރަގަޅު...ދޭތެރެއަކުން މިޒާޖުބަދަލުވިޔަސް ހަމަ އަމްރާންއަކަށް ދޫނުކުރޭ.."ފަރުޒާނާ ތައުރީފުކުރިއެވެ."ނޫނީ އަމްރާންއަށްވުރެ ކުރީގައި އުޅެނީ...ހާދަ ދުޢާއެއްކުރަމޭ ދަރިންނަށް...މައިންބަފައިން ދަރިންނަށްޓަކާ ކުރާ ދުޢާތައް ކޮންމެވެސް ސިފައެއްގައި ފެންނާނެ. އާޒްއަށްޓަކާ ވަރަށް ގިނަ ގުރުބާނީވިން. އެތައް ރެއެއް ނުނިދާ ހޭލާހުރިން..ކަރުނަ އެޅިން...ﷲ ތައާލާ ދެނެވޮޑިގެންވާނެ. އަދި އިރާދަކުރެއްވިއްޔާ އާޒްގެ ހަޔާތަށް ރަގަޅު އަންހެންކުއްޖަކު އަންނާނެ.މާހިރާވެސް ދުޢާކުރައްޗޭ.........."
"ޔަގީން....."މާހިރާ އަވަސްއަވަހަށް ބުނެލިއެވެ.
ޒޭބާ ފިޔަވާ ކޮންމެ ކުއްޖެއްވެސް އެންމެ ރަގަޅެވެ. މާހިރާގެ ހިތް އޮތްގޮތް ޒޭބާއަށް އެގުނީ މަންމަ އޭނައަށް ބަލައިލިގޮތުންނެވެ.
***
ޒޭބާ އެނދުގައި ނުނިދިފައި އޮތެވެ. ފިނި ރެއެއްނަމަވެސް ހޫނުކޮށްފައިވާތީއާއި ރަޖާގެ ތެރޭގައި އޮތުމުން އަރާމު ހޫނުކަމެއް ހިފާލާފައިވިއެވެ. އޭނަގެ ޚިޔާލުގައިވީ ނަފްސާނީ މައްސަލަތަކެވެ. އަޒިއެލްއެވެ. މަންމަގެ ވިސްނުން ހުރިގޮތެވެ. ނަފްސާނީ މައްސަލައަކީ ބާކީކޮށް އެއްފަރާތްކޮށްލަން ޖެހޭ ކަމެއްނޫނެވެ. އެފަދަ ޒުވާނުންނާއި އަޅާލަން ޖެހޭނެއެވެ. ފުރިހަމައީ ވަކި ކާކުހެއްޔެވެ؟ ބުއްދި ސަލާމަތުން ތިބޭ މުއްސަދި ތައުލީމީ މީހުންގެވެސް އުނި ސިފަތައް ހުރެއެވެ. ބައެއްފަހަރު އަނބިންނާއިމެދު ހަރުކަށިވާފަހަރުވެސް އާދެއެވެ. ނޫނީ ދަރިންނަށް އަޅާނުލުން ނޫނީ ރުޅިގަދަމީހަކަށްވެސް ވެދެއެވެ. އަޒިއެލްގެ ފަރާތުން އޭނައަށް ދުވަހަކުވެސް އަނިޔާވެރިކަމާއި ހަރުކަށިކަމެއް ފެނިފައެއްނެތެވެ. އޭނަ މަންމައަށް އެހާ ހެޔޮކޮށް ހިތައެވެ. ބައްޕައަށް އިހުތިރާމްކުރެއެވެ. ދަރިފުޅުދެކެ އިންތިޙާއަށް ލޯބިވެއެވެ.
އޭނަ މި ރޮގުން ތައުލީމު ހާސިލުކުރީ އެފަދަ ކުދިންނަށް އެހީތެރިވުމަށެވެ. ޚާއްސަކޮށް އަޒިއެލްއަށެވެ. އޭނަގެ ތެރަޕިސްޓަކަށްވުމަށެވެ.
އޭނަ މަންމަ ރުއްސާނީ ކީކޭ ކިޔައިގެން ހެއްޔެވެ؟ މަންމަގެ އުއްމީދުތައް އުޅެނީ މާ މަތީގައެވެ.
ޒޭބާ އަޒިއެލްގެ ޗެނެލްއިން ވީޑިއޯއެއް ބަލަންފެށިއެވެ. އޭނަ އެ ޗެނެލަށް ނަން ދިންގޮތާއި ބެހޭގޮތުން މީހަކު ސުވާލުކޮށްލިއެވެ.
" ސެވެން އަބަދުވެސް ޚާއްސަ...އަހަރެން ދުނިޔެއަށް ނޭވާލީ ހަތެއް ޖުލައިވަނަ ދުވަހު ހަތްގަޑި ހަތް މިނިޓާއި ހަތް ސިކުންތުވީއިރު..އަދި ބަރުދަނުގައި ހުރީ ހަތް ޕައުންޑް..ނަން ކީ ހަތްވަނަ ދުވަހު..އެނގެއެއްނު..ގުރުއާނުގައިވެސް ހަތް އުޑާއި ހަތް ބިމާއި ހަތް ކަނޑުގެ ވާހަކަ އޮވޭ އަދި ހަތް ކޮންޓިނެންޓް......އަދި ގެފުޅުވަށައިގެން ހަތްފަހަރު ތަވާފުކުރަން އޮވޭ. ސަފާ މަރުވާގައި ހަތް ފަހަރު ހިނގުން.....އެހެންވެ ހުރިހާ ދިމާލަކުން ހަމަ ސެވެން ފެނޭ..މޫޑުގޯސް ހަތެއް ފެނުމުްނ ކާމްވޭ..ޅެންވެސް ސްޕައިރަލް ނޯޓްބުކްގައި ލިޔާއިރު ސެވެން އިން ނަމްބަރުކުރެވޭ...ހަތް ލަފުޒުންވާ ގުރުއާންުގެ އާޔަތްތައް ދަސްކުރެވޭ....މެތް ޕަޒްލް ހަދަންވެސް ފޯރި ހުންނަނީ ނަމްބަރ ހަތެއް އިނިއްޔާ..ސެވެން ޕޮއިންޓް ސިމެޓްރީ ބޭނުންކޮށްގެން ޖިއޮމެޓްރިކް އިސްލާމިކް ޕެޓާންސް ސްކެޗްކުރަން.އެހެންވެ ސެވެން އެހާ ގާތް ނަމްބަރަކަށްވީ..."
"އިންޓްރެސްޓިން...."
"އިސްލާމްދީނުގައިވެސް ސެވެން ޚާއްސަކަން އެނގޭ އެތައް ސަބަބެއްވޭ. ފާތިހާ ސޫރަތުގައި ހަތް އާޔަތްވޭ. އަދި ގުރުއާނުގައި ހަތް މަންޒިލްވޭ.......ބައެެއް ޒިކުރުތައް ހަތްފަހަރު ކިޔަން އޮވޭ..ހަފްތާއަކު އޮންނަނީ ހަތް ދުވަސް......."
"ވާރޭދުނީގައިވެސް އިންނަނީ ހަތް ކުލަ...."
ޒޭބާއަށް އެ ޗެނެލްގެ ކޮންމެ ވީޑިއޯއެއް ބެލެނީ ޝައުގުވެރިކަމާއެކުގައެވެ. އަޒިއެލްގެ ހިތުގައި "ސެވެން"ޢަށް އޮތް ޝަައުގުގެ ބޮޑުކަމުން އޭނައަށްވެސް އެ ނަމްބަރު ޚާއްސަވިއެވެ.
"މަންމަ އާޒްދެކެ ނުރުހެނީ ކީއްވެ؟ކިހާ ސަޅި ކެރެކްޓާއެއް..ކިހާ ލޯބި..އާޒްގެ ވާހަކަތައް އަހާ ފޫއްސެއްނުވާނެ. ކޮންމެ މައުޟޫއަކަށް ވާހަކަދައްކައިލެވޭނެ.ގޫގުލްއަކަށް ދޫނުކުރޭ...ކޮންމެވެސް ދުވަހަކުން މަންމަ އޯކޭވާނެ އިރާދަކުރެއްވިއްޔާ......"
ޒޭބާ ރަޖާގަނޑު އަޅާލައިގެން އެނދުގައި ހަމަޖެހިލިއެވެ.
***
އީދު ދުވަހު މާހިރާއަށް ލިބުނީ ހީނުކުރާވަރުގެ ހަދިޔާއެކެވެ. ލޮލުން އޮހިގަތީ ޝުކުރުގެ ކަރުނައެވެ.
ނުނިމޭ