އެސްޓީއޯއިން އެލްޖީ ބްރޭންޑުގެ ޓީވީ ވިއްކަން ފަށައިފި

އެސްޓީއޯއިން އަލަށް ތައާރަފުކުރި އެލްޖީ ބްރޭންޑުގެ ޓީވީތައް: ޚާއްސަ އޮފާއެއްގެ ދަށުން އެ ޓީވީތަކަށް 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ދޭން ވަނީ ނިންމާފައި--- ފޮޓޯ/ އެސްޓީއޯ

އެސްޓީއޯއިން އެލްޖީ ބްރޭންޑުގެ ޓީވީތައް ތައާރަފުކޮށް، ވިއްކަން ފަށައިފިއެވެ.

އެސްޓީއޯއިން އެލްޖީގެ ޓީވީތައް ތައާރަފުކުރީ އިއްޔެ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ބްރޭންޑުގެ ޓީވީ ތައާރަފުކޮށް، 'އެލްޖީޓީވީ އިންޓްރޮޑިއުސިން އޮފާ'ގެ ދަށުން ވަރަށް ޚާއްސަ އަގުތަކެއްގައި ކަސްޓަމަރުންނަށް އެލްޖީ ޓީވީ ގަތުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެލްޖީ ބްރޭންޑުގެ ޓީވީ އެސްޓީއޯއިން ތައާރަފުކުރުމަށް ބޭއްވި ހަފުލާގައި އެކުންފުނީގެ އިސްވެރިން: ޚާއްސަ އޮފާއެއްގެ ދަށުން އެ ޓީވީތަކަށް 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ދޭން ވަނީ ނިންމާފައި--- ފޮޓޯ/ އެސްޓީއޯ

އެ އޮފާގެ ދަށުން ވިއްކާ އެލްޖީ ޓީވީތަކުން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެކަން އެސްޓީއޯއިން ފާހަގަކުރިއެވެ.

އެ އޮފާގެ ދަށުން އެލްޖީ ޓީވީ ގަނެވޭނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.

އެލްޖީއަކީ ދިވެހީންގެ އިތުބާރު ހޯދާފައިވާ ބްރޭންޑެއްކަން އެސްޓީއޯއިން ފާހަގަކުރެއެވެ.

comment ކޮމެންޓް