ކެންސަރަށް ހޭލުންތެރިކުރުމަށް ބާއްވާ 'ޕިންކް ރިބަން ރަން ވޯކް'ގައި ބައިވެރިވާން ހުޅުވާލައިފި

ކުރިން ބޭއްވި 'ޕިންކް ރިބަން ރަންވޯކް'ގެ ތެރެއިން: މިއަހަރުގެ ދުވުން އޮތީ އަންނަ މަހު 18ގައި --- ފޮޓޯ/ ކެންސާ ސޮސައިޓީ

ކެންސަރަށް ހޭލުންތެރިކަން އިތުރު ކުރުމަށް ބާއްވާ "ޕިންކް ރިބަން ރަންވޯކް"ގައި ބައިވެރިވުމުގެ ފުރުސަތު ކެންސާ ސޮސައިޓީ މޯލްޑިވްސްއިން ހުޅުވާލައިފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި އަންނަ މަހު 18ގައި ބާއްވާ މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

މި އިވެންޓް ކޮންމެ އަހަރަކު ބާއްވަނީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކަން އިތުރުކުރުމަށާއި، އަވަހަށް ބަލި ދެނެގަތުމުގެ މުހިންމުކަން އަންގައިދިނުމަށެވެ.

ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން ބާއްވާ މި ހަރަކާތުގައި އޮންލައިންކޮށް ރަޖިސްޓާކުރެވޭނެއެވެ.

އެ ސޮސައިޓީން ބުނީ، އަތޮޅު ތެރޭގެ 29 ރަށަކުންނާއި ހަތަރު ރިސޯޓަކުން ވެސް މި ދުވުމުގައި ބައިވެރިވެފައިވާ ކަމަށެވެ.

ކެންސާ ސޮސައިޓީން ވަނީ، މި ދުވުމަށް 2016 ވަނަ އަހަރުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން އެހީތެރިވަމުން އަންނަކަން ފާހަގަކޮށްފައެވެ.

comment ކޮމެންޓް