އިނގިރޭސި ބަސް ދަސްކުރަން 'ބަސްވާރު އެޕް' ހިލޭ ބޭނުންކުރަން ފުރުސަތެއް

ބަސްވާރު އެޕް: އިނގިރޭސި ބަސް އުގެނުމަށް ފަހި މަގެއް

އިނގިރޭސި ބަސް ދަސްކުރަން ބޭނުންވާ މީހުންނަށް ހިތްވަރުދީ، އުނގެނުމަށް ފަހިކޮށްދޭ 'ބަސްވާރު އެޕް' ހިލޭ ބޭނުން ކުރުމަށް ފުރުސަތު ހުޅުވާލަން ތައްޔާރުވެއްޖެއެވެ.

ބަސްވާރު އެޕް އުފެއްދި އަޙްމަދު ނާއިފް ރަޝީދު ބުނީ ބޮޑެތި މީހުންނަށް އިނގިރޭސި ބަސް ކިޔަވައިދިނުމުގެ ކްލާސްތައް ހިންގުމާއި، ފޮތް ޝާއިއުކުރުމާއި އެފަދަ އެކިއެކި މަސައްކަތްތަކުގެ ތެރެއިން، އުމުރުން ދޮށީ މީހުން އިނގިރޭސި ބަސް އުނގެނުމަށް ޝައުގުވެރިކަންހުރި މިންވަރު ފާހަގަވާ ކަމަށެވެ.

އެހެންވެ އެޕް އުފެއްދީ، އެފަދަ މީހުންނަށް ފައިދާހުރި ގޮތެއްގައި އިނގިރޭސި ބަސް އުނގެނުމުގެ ފަސޭހަ ވަސީލަތެއް ތަނަވަސްކޮށްދިނުމުގެ ބޭނުމުގައި ކަމަށް އޭނާ ބުންޏެވެ.

ޕްލޭ ސްޓޯރާއި އެޕް ސްޓޯރުން ޑައުންލޯޑު ކުރެވޭ، ބަސްވާރު އެޕްގެ އަޖުމަ ބަލަން ބޭނުންވާ މީހުންނަށް އަންނަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު އެ އެޕް ހިލޭ ބޭނުންކުރުމުގެ ފުރުސަތު ލިބޭނެއެވެ.

ބަސްވާރު އެޕްގައި އެކުލެވިގެންވާ ބައިތައް:

  • އިނގިރޭސި ބަސް ދަސްކުރަން ފަށައިގަންނަ ފަރާތްތަކަށް އެކަށީގެންވާ ވީޑިއޯ އާއި ނޯޓްސް
  • ކޮންމެ ފިލާވަޅެއް އޮޅުންފިލުވައި ދިނުމަށް ފަހު ތަމްރީން
  • ވޮކެބިއުލަރީ ނުވަތަ ބަސް ކޮށާރު
  • ލިޔުމާއި ކިއުމުގެ ތަމްރީންތަައް
  • އިނގިރޭސި ބަހުގެ ގަވައިދުތައް ދަސްކުރުން
  • އިނގިރޭސި ބަހުން ވާހަކަ ދައްކަން ދަސްވުން

ބަސްވާރު އެޕް ބޭނުންކުރާނެ ގޮތުގެ އިރުޝާދު އެ އެޕްގައި ދިވެހި ބަހުން ދީފައި ހުންނާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް