ބްރެންޓްފޯޑުން ވެސް ޔުނައިޓެޑަށް ދިނީ "ބޮނޑި"

ޕެނަލްޓީ ބޭކާރުވުމުން އެ ލިބުނު މޮޅިވެރިކަމުގައި ބްރޫނޯ ފެނާންޑޭސް

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ބްރެންޓްފޯޑް އަތްދަށުވެ މެންޗެސްޓަ ޔުނައިޓެޑުގެ ބަލިވުމުގެ ރިކޯޑަށް ބޮޅެއް އިތުރުވެއްޖެއެވެ.

ބެރެންޓްފޯޑްގެ ޖީޓެކް ކޮމިއުނިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ޔުނައިޓެޑު ބަލިވެފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑު އޮތީ ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ލިބިފައިވާ ހަތް ޕޮއިންޓާއެކު އޮތީ ތާވަލުގެ 13 ވަނައިގައެވެ.

މެޗު ފަށައިގެން ފުރަތަމަކޮޅު ބްރެންޓްފޯޑް އިން ވަނީ ޔުނައިޓެޑު ކޮޅަށް ގާތްގާތުގައި ދެ ލަނޑު ޖަހާފައެވެ. އެގޮތުން މެޗުގެ އަށްވަނަ މިނިޓުގައި އިގޯ ތިއާގޯ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ލީޑު ނަގައިދިންތާ 12 މިނިޓު ފަހުން ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ލަނޑު ޖެހުމަށްފަހު ބްރެންޓްފޯޑުން އުފާފާޅުކުރަނީ

ޔުނައިޓެޑުން ސުން ކަނޑުވާލީ މި ލަނޑު ޖެހިތާ ހަ މިނިޓު ފަހުންނެވެ. މި ލަނޑު ޖެހީ 74 މިލިއަން ޕައުންޑުގެ ފީއަކަށް ޔުނައިޓެޑާއި އަލަށް ގުޅުނު ބެންޖަމިން ސެސްކޯއެވެ.

މެޗުގައި ޔުނައިޓެޑަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް ދެވަނަ ހާފުގައި ބްރޫނޯ ފެނާންޑޭސް ފޮނުވާލި މި ޕެނަލްޓީ ވަނީ ދިފާއުކޮށްފައެވެ.

ބްރެންޓްފޯޑްގެ ތިންވަނަ ލަނޑު ފެނުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތެރޭގައެވެ. މިއީ މަތިއަސް ޖެންސަން ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.

comment ކޮމެންޓް