ކުރިއަށް އޮތް އިންތިޚާބުގައި ވާދަކުރާނެ ކަމަށް ނޭޕާލް މުޒާހަރާގެ ލީޑަރު ބުނެފި

ނޭޕާލްގެ މުޒާހަރާތަކުގައި އިސްކޮށް އުޅުނު ލީޑަރު ސުދާން ގުރުންގް. ފޮޓޯ/އަލް ޖަޒީރާ

ނޭޕާލުގައި ދާދި ފަހުން ޒުވާނުން އިސްވެ ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި ސަރުކާރު ވައްޓާލާފައިވާއިރު، އަންނަ މާޗް މަހު ބާއްވާ އާންމު އިންތިޚާބުގައި ވާދަކުރާނެ ކަމަށް އެ މުޒާހަރާތައް އިންތިޒާމުކުރުގައި އިސްވެ އުޅުނު ސުދާން ގުރުންގް އިއުލާނުކޮށްފިއެވެ.

އަލްޖަޒީރާގެ ޝޯއެއްކަމަށްވާ "ސްޓާޓް ހިއާ"އަށް ދިން ޚާއްސަ އިންޓަވިއުއެއްގައި ސޫދާން ބުނީ އޭނާގެ ގްރޫޕުން މިހާރު ވެސް އަންނަނީ ސިޔާސީ ޕާޓީއަކަށް ވުރެ ބޮޑަށް، ބަދަލެއް ގެނައުމަށް ކުރިއަށް ގެންދާ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރާވަމުންކަމަށެވެ.

"އެ މީހުން ބޭނުންވަނީ ސިޔާސީ ކަމެއް ނަމަ އެއީ ލިބޭނެ އެއްޗެއް. ދެން އަންނަ އިންތިޚާބަށް ކުރިމަތިލާނަން. މިހާރު ފަހަތަކަށް ނުޖެހޭނަން،" އޭނާ ބުންޏެވެ.

މުޒާހަރާތަކުގެ ތެރޭގައި މޮބިލައިޒް ކުރުމަށް ބޭނުންކުރި އިންސްޓަގްރާމް އާއި ޑިސްކޯޑް ފަދަ ޕްލެޓްފޯމްތައް ބޭނުންކޮށްގެން ގާނޫނީ އަދި މުވާސަލާތީ ކޮމިޓީތައް އުފައްދައި ގައުމުގެ ހުރިހާ ހިސާބަކުން ގެންނަ އުސޫލުތައް އެކުލަވާލުމާއެކު، ގުރުންގް ގަބޫލުކުރާ ގޮތުގައި ވެރިކަން ކުރަން އެ އެ ގްރޫޕް އޮތީ ތައްޔާރަށެވެ.

އޭނާގެ ޓީމުން މަސައްކަތް ކުރަމުންދަނީ "ނޭޕާލްގެ ކޮންމެ ރައްޔިތެއްގެ އަޑު އަހަން ކަމުގައި ވެސް އޭނާ ބުންޏެވެ.

އޭނާ އިންތިޚާބުގައި ވާދަކުރާނީ އެ ގްރޫޕްގެ ފަރާތުން ކަމަށް ވެސް ގުރުންގް ބުންޏެވެ.

އެ ގްރޫޕުން ރާވާފައި ވަނީ ނޭޕާލްގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކޮށް، އަވައްޓެރި އިންޑިއާ އާއި ޗައިނާއާ އެކު އޮތް ގުޅުން ރަނގަޅުކުރުމަށެވެ.

އިންތިޚާބުގައި ކުރީގެ ސިޔާސީ ލީޑަރުން ވާދަކުރާތަން ދެކެން ބޭނުން ނުވާ ކަމަށާއި، ކޮރަޕްޝަނާއި މުޒާހާރާގެ ބައިވެރިން މާރާލާފައިވާ މައްސަލައިގެ ތަހުގީގު އަވަސް ކުރުމަށް ނޭޕާލްގައި މިހާރު އޮތް ވަގުތީ ސަރުކާރުގެ ވެރިޔާ ސުޝީލާ ކާކީއަށް އޭނާ ވަނީ ގޮވާލާފައެވެ.

ނޭޕާލުގައި މުޒާހަރާތައް ފެށީ، އެ ގައުމުގައި ސައްހަ ނޫން މައުލޫމާތާއި ނަފުރަތު ފެތުރުވުން ހުއްޓުވުމަށް ކަމަށް ބުނެ، 26 ސޯޝަލް މީޑިއާ ޕްލެޓްފޯމް މަނާކުރުމާ ގުޅިގެންނެވެ. އެގޮތުން ސަރުކާރުން މަނާކުރަން ނިންމި ޕްލެޓްފޯމްތަކުގެ ތެރޭގައި ޒުވާނުން އެންމެ ގިނައިން ބޭނުންކުރާ އެޕްތަކުގެ ތެރޭގައި ހިމެނޭ އިންސްޓަގްރާމް، ޔޫޓިއުބް، އެކްސް އަދި ފޭސްބުކް ހިމެނެއެވެ.

މުޒާހަރާތައް ފެށީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މަނާ ކުރުމާ ދެކޮޅަށް ނަމަވެސް، ޒުވާނުންގެ ގޮވާލުންތައް އިތުރުވެ، ފާއިތުވި އަހަރުތަކުގައި ސަރުކާރުތަކުން ހިންގައިފައިވާ ކޮރަޕްޝަންތައް ތަހުގީގު ކުރަން ގޮވާލިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް