ތިނަދޫގައި ގެއަކަށް ވަދެ، މާރާމާރީ ހިންގައި އިންޒާރުދިން ކަމަށް ބުނެ އަންހެނެއް ހައްޔަރުކޮށްފި

ގ.ދ. ތިނަދޫ --- ފޮޓޯ / ސްޓޫޑިއޯ33

މިދިޔަ ބުދަ ދުވަހުގެ ރޭ، ގދ. ތިނަދޫގައި ހުއްދަ ނެތި ގެއަކަށް ވަދެ، ކުޑަކުދިންތަކެއް ކުރިމަތީ، ހުތުރުބަހުން ޒުވާބުކޮށް އިންޒާރުދިން މައްސަލައެއްގައި އެ ރަށު އަންހެނަކު މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ފޫޓް ލައިޓް އާގޭ، އުމުރުން 49 އަހަރުގެ އާމިނަތު ފޭޒްލީން ކަމަށެވެ. އޭނާ ހައްޔަރުކުރީ މިއަދު މެންދުރުފަހު 14:32 ހާއިރުކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ހުއްދަ ނެތި ގެއަކަށް ވަދެ، އެ ގޭގައި ކުޑަކުދިން ތަކެއް ތިއްބައި ހަޑިހުތުރު ބަހުން ޒުވާބުކޮށް، މާރާމާރީ ހިންގައި އިންޒާރު ދިންކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

މަދުން މިފަދަ މައްސަލަތައް ރަށްރަށުގައި ވެސް ހިނގައިގެން ރިޕޯޓުކުރާއިރު، ގެވެށި އަނިޔާކުރުމާއި، ކުޑަކުދިންނަށް ގެވެށި އަނިޔާގެ އަމަލެއް ފެންނަހެން އެ ފަދަ ކަމެއް ކުރުމަކީ ވެސް ގާނޫނީ ކުށެކެވެ. އަދި މީހުންނަށް ބިރުދެއްކުމާއި އިންޒާރު ދިނުމަކީ ވެސް ކުށެކެވެ.

comment ކޮމެންޓް