ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީއަށް ފަސް އަހަރުގެ ޖަލު ހުކުމެއް

ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީ (ވ) އާއި ލީބިޔާގެ ކުރީގެ ވެރިޔާ މުއްމަރު ޣައްޒާފީ (ކ). ފޮޓޯ/އޭޕީ

ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީއަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.

އުމުރުން 70 އަހަރުގެ ސާކޯޒީގެ މައްޗަށް ޕެރިސްގެ ޖިނާއީ ކޯޓުން ހުކުމްކުރީ ލީބިޔާގެ ކުރީގެ ވެރިޔާ މުއައްމަރު ޣައްޒާފީގެ ފަރާތުން ގަވާއިދާ ހިލާފަށް އެތައް މިލިއަން ޔޫރޯއެއް ހޯދުމާ ގުޅިގެންނެވެ.

ނަމަވެސް، ކޮރަޕްޝަންގެ ކުށާއި، ގަވާއިދާ ހިލާފަށް ކެމްޕޭނަށް ފައިސާ ހޯދުމުގެ ދައުވާތަކުން ސަރުކޯޒީ ސަލާމަތްވިއެވެ.

ސަރުކޯޒީ ވަނީ މިއީ ސިޔާސީ ބޭނުމެއްގައި ކުރި ކަމެއްކަމަށް ވިދާޅުވެ، ޖަލު ހުކުމް އިސްތިއުނާފުކުރަން ގަސްދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ކޯޓުން ބުނެފައިވާ ގޮތުން އިސްތިއުފާނު ކުރި ނަމަވެސް ޖަލަށް ލާނެއެވެ.

ޖަލު ހުކުމް ތަންފީޒުކުރަން ފަށާނެ ތާރީޚެއް ކޯޓުން އަދި ކަނޑައެއްނާޅައެވެ.

ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީ (ވ) އާއި އަނބިކަނބަލުން ކާލާ ބުރުނީ (ކ). ފޮޓޯ/އޭޕީ

މިއީ ފްރާންސްގެ ކުރީގެ ރައީސަކަށް ޖަލު ހުކުމެއް އަންނަ ފުރަތަމަ ފަހަރެވެ.

ސާކޯޒީގެ މައްޗަށް ތުހުމަތުކުރެވެނީ ކެމްޕޭނަށް ފައިނޭންސިން ހޯދަން 2005 ވަނަ އަހަރު ޣައްޒާފީއާ އެކު އެއްބަސްވުމެއް ހެދި ކަމުގެ ތުހުމަތެވެ. އެއްބަސްވުމުގެ ބަދަލުގައި އޭރު އެކަހެރިކޮށް އޮތް ލީބިޔާ ސަރުކާރަށް ބައިނަލްއަގުވާމީ މައިދާނުގައި ތާއީދު ހޯދައި ދިނުމަށް ސާކޯޒީ ވަނީ އެއްބަސްވެފައެވެ.

ސަރުކޯޒީއަށް މީގެ ކުރިން ވެސް އެހެނިހެން ޖިނާއީ މައްސަލަތަކުގައި ހުކުމްތައް އައިސްފައިވެއެވެ.

އެގޮތުން 2021 ވަނަ އަހަރު އޭނާ ޝާމިލްވި ގާނޫނީ މައްސަލައެއްގެ މައުލޫމާތު ހޯދުމަށް މެޖިސްޓްރޭޓަކަށް ރިޝްވަތު ދޭން އުޅުނުކަމުގެ ކުށް ސާބިތުވެފައިވާއިރު، އެ ހުކުމް ތަންފީޒުކުރުމުގެ ފުރުސަތު ގޭގައި ޓެގެއް އަޅުވައިގެން ވަނީ ދީފައެވެ. އޭގެ އިތުރުން، އޭގެ ތެރޭގައި 2012 ވަނަ އަހަރުގެ ކެމްޕޭނަށް ފައިސާ އިތުރުކުރުމުގެ މައްސަލައިގައި އެއް އަހަރުގެ ޖަލު ހުކުމެއް ވަނީ ކޮށްފައެވެ. އެ ހުކުމް މިހާރު އޮތީ އިސްތިއުނާފް މަރުހަލާގައެވެ.

ކުށުގެ ރިކޯޑް އޮތް ނަމަވެސް ސާކޯޒީއަކީ ފްރެންޗް ވައަތު ފިޔައިގެ ނުފޫޒުގަދަ ފަރާތެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް