އާ މީޑިއާ ގާނޫނު ރާއްޖެއިން ސޮއިކޮށްފައިވާ މުއާހަދާތަކާ ޚިލާފު: އދ

ނޫސްވެރިން ރައީސް އޮފީސް ކުރިމަތީ އިހުތިޖާޖުކުރަނީ: -- ސަން ފޮޓޯ/ އަހުމަދު އިޔާދު

ވަރަށް ގިނަ ނޫސްވެރިން ދެކޮޅު ހަދަމުން ދަނިކޮށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ތަސްދީގުކުރެއްވުމާއެކު އުފަންވި އާ މީޑިއާ ގާނޫނަކީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފު ގާނޫނެއްކަމަށް އދ. އިން ބުނެފިއެވެ.

މި މަހުގެ 18ވަނަ ދުވަހު ވަނީމޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނު ތަސްދީގުކުރައްވައިފައެވެ. އެއާއެކު ނޫސްވެރިން އަންނަނީ މިކަމުގެ ކަންބޮޑުުންތައް ބައިނަލްއަގްވާމީ އިދާރަތަކަށާއި، ޖަމިއްޔާތަކަށް ފޮނުވަމުންނެވެ.

މި ގާނޫނާ ގުޅިގެން އދ. ގެ އިންސާނީ ހަައްގުތަކާ ބެހޭ އޮފީހުގެ ތަރުޖަމާނު ރަވީނާ ޝަމްދަސާނީ ނެރުއްވި ބަޔާނެއްގައިވަނީ މިއީ އަނބުރާ ނުގެންގޮސްފިނަމަ މީޑިއާގެ މިނިވަންކަމާއި ދިވެހި ރައްޔިތުންގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ބުރޫއަރާނެ ގާނޫނެއް ކަމަށެވެ.

އަދި މި ގާނޫނުުގެ ދަށުން އުފަންވާ ގަވައިދުތަކަކީ ރާއްޖެއިން ސޮއިކޮށްފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާއާ ޚިލާފު ގަވާއިދުތަކެއް ކަމަށާއި، މީޑިއާ އަށާއި ނޫސްވެރިންނަށް ވަރަށް ބޮޑަށް ހުރަސް އެޅޭ ގަވައިދުތަކެއް ހުރި ގާނޫނެއް ކަމަށެވެ.

މީގެ އިތުރުން މި ގާނޫނުގެ ދަށުން މީޑިއާތަކުގެ މައްޗަށް ތަހުގީގުތައް ހިންގުމާއި، ނޫސްވެރިން ޖޫރިމަނާކުރުމާއި، މީޑިއާތަކުގެ ލައިސަންސްތަކާއި ހުއްދަތައް ބާތިލްކުރުމުގެ ބާރު އާ މީޑިއާ ކޮމިޝަނަށް ދީފައި އޮތުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި ވަނީ ފާހަގަކުރައްވައިފައެވެ.

އަދި މި އާ ގާނޫނަކީ ޗެކް އެންޑް ބެލެންސްގެ ނިޒާމު ވަރަށް ބޮޑަށް ގެއްލޭނެ ކަމެއްކަމަށް ވެސް ފާހަގަކުރެއްވިއެވެ.

"މިނިވަންކަން ލިބިފައިވާ، ތަފާތު ގިނަ މީޑިއާތައް އޮތުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ މައިގަނޑު އެއް އަސާސް. އަދި ޑިމޮކްރެޓިކް މުޖުތަމަޢެއްގެ ބިންގާ،" ޝަމްދަސާނީގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.

އާ ގާނޫނު ތަސްދީގުކުރެއްވީ ނޫސްވެރިންނާއި ރާއްޖެއާއި ބޭރުގެ ޖަމިއްޔާތަކުން ވެސް ކަންބޮޑުވުން ފާޅުކޮށް، ނޫސްވެރިން އިހުތިޖާޖުތައް ވެސް ކުރަމުން ދަނިކޮށެވެ.

މީޑިއާ ގާނޫނާ ގުޅޭ ގޮތުން ހުރި ބައެއް ކަންބޮޑުވުންތައް:

  • 39 ވަނަ މާއްދާގައި ނޫސްވެރިކަން ކުރެވޭނެ ވަކި ހަމަތަކެއް ކަނޑައެޅުން.
  • ކޮމިޝަނުން ބޭނުންވެއްޖެ ހިނދެއްގައި މުޅި މާނަ އަނބުރާލައި، ނުނިޔަތުގައި ވަކިވަކި މާއްދާތަކުގެ ނާޖާއިޒު ފައިދާ ނެގޭނެ ގޮތަށް އޮތުން. މިސާލަކަށް: ގައުމީ ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓަން ޖެހޭ ކަމަށް ބަޔާންކޮށްފައި އޮތްއިރު، އެއީ ވަރަށް ފުޅާ މާނައެއްގައި މާނަކުރެވި ފިޔަވަޅު އެޅިދާނެ ކަމަކަށް ވުން.
  • ސުލޫކީ މިންގަނޑުގައި ހިމަނަންޖެހޭ ކަންކަން ބަޔާންކުރާ މާއްދާއިން، ފަރުދުންގެ މިނިވަންކަމަށް އިހުތިރާމު ކުރުމާއި ދޮގު މައުލޫމާތާއި ޚަބަރު ނުފެތުރުމަށް ބަޔާންކޮށްފައިވުން. އެ މާއްދާގައި ވެސް ވަރަށް ފުޅާކޮށް މާނަ ނެގޭ ގޮތަށް އޮތުމުން، ބާރުވެރި ފަރާތްތަކުން އޭގެ ފައިދާ ނެގުމުގެ ކަންބޮޑުވުން
comment ކޮމެންޓް