މޫސަ މަރާލި ކަމަށް އިއުތިރާފުވި މީހާއަށް ދައުވާކުރަން ފޮނުވައިފި

މޫސަ މަރާލި ކަމަށް އިއުތިރާފުވި މުހައްމަދު: އޭނާއަށް ދައުވާކުރަން ވަނީ ފޮނުވައިފައި -- ފޮޓޯ/ ފުލުހުން

މިދިޔަ ޖުލައި މަހުގެ 28ވަނަ ދުވަހު, ލ. މާވަށު ނަލަހިޔާ، މޫސާ އިބްރާހިމް, 29އަށް ވަޅިން ހަމަލާދީ މަރާލި ކަމަށް އިއުތިރާފުވި މީހާއަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ.

އެ މައްސަލައިގައި ދައުވާކުރަން ފޮނުވީ، ހދ. ނޮޅިވަރަންފަރު، މުހައްމަދު އިބްރާހީމް (29އ) އަށެވެ.

ފުލުހުން ބުނީ އޭނާގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ އަންގާރަ ދުވަހު ކަމަށާއި އެ އޮފީހުން އެ މައްސަލަ ބަލައިގެންފައިވާ ކަމަށެވެ.

މޫސަގެ މަރުގެ މައްސަލައިގައި މުހައްމަދު އިބްރާހީމް ހައްޔަރުކުރީ، ހަމަލާ ދިން ދުވަހެވެ. އެގޮތުން މޫސަގެ ކަރަށް ވަޅިން ހަމަލާ ދިނުމަށް ފަހު، އޭނާ އަމިއްލައަށް ފުލުހުންނާ ހަވާލުވިއެވެ. އަދި، އޭނާ މޫސަ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި މޫދަށް އެއްލާލި ސަރަހައްދު ވެސް ފަހުން އޭނާ ވަނީ ފުލުހުންނަށް ދައްކައިފައެވެ.

ލ. މާވަށުގައި މަރުވި މޫސާ އިބްރާހިމް: ހަމަލާ ދިނީ އޭނާގެ ކަރަށް --

މި ހާދިސާގައި މަރުވި, މޫސައާއި ވަޅި ހެރި ކަމަށް ތުހުމަތު ކުރެވޭ, މުހައްމަދުއަކީ ވެސް މަސްތުވާތަކެތީގެ ކުށްކުރާ ކަމަށް ތުހުމަތުކުރެވޭ ދެ ޒުވާނުންނެވެ. އޭގެ ތެރެއިން މޫސައަށް ތުހުމަތުކުރަނީ މަސްތުވާތަކެތި ވިއްކައި އެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރާ ކަމަށެވެ. މުހައްމަދަށް ތުހުމަތު ކުރަނީ މަސްތުވާތަކެތި ބޭނުން ކުރާ ކަމަށެވެ.

https://www.sun.mv/209215

މީގެ ތެރެއިން ވަރުގަދަ ކަމަށް މުޅި އެ އަތޮޅަށާއި މާލެއަށް ވެސް މަޝްހޫރު މީހަކީ މަރުވި މޫސައެވެ.

އެ މައްސަލައިގައި ބަންދު މަޖިލީހަށް ހާޒިރުވުމުން މުހައްމަދު ވަނީ ކޯޓުގައި ކުށަށް އިއުތިރާފުވެފައެވެ. އަދި އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.

comment ކޮމެންޓް