ފުލިދޫ ކައިރި މަޝްހޫރު ޑައިވް ޕޮއިންޓްތަކަށް ކަޅުތެލުގެ އަސަރު ކޮށްފައިވޭތޯ ބަލަން ފަށައިފި

އެމްއެންޑީއެފުން ކަނޑުމަތީގައި: ފުލިދޫ ކައިރީ ކަނޑަށް ކަޅުތެޔޮ އެޅިފައިވޭތޯ ދަނީ ބަލަމުން -- ފޮޓޯ/ އެމްއެންޑީއެފް

ލޯކަލް ޓޫރިޒަމްއަށް މަޝްހޫރު ވ. ފުލިދޫގެ ގޮނޑުދޮށަށް ކަޅޮތެޔޮ ލައްގައިފައިވާއިރު، އެ ސަރަހައްދު ކަނޑަށް ވެސް ކަޅުތެޔޮ އެޅިފައިވޭތޯ ބަލަން ފަށައިފިއެވެ.

ދުރަތީގޮތުން ރީތި ފެލިދޫގައި މި ވަގުތު ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން އެބަތިއްބެވެ.

އެ ރަށުގައި ޑައިވް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާ މީހަކު 'ސަން'އަށް މިއަދު ބުނީ، އެ ރަށުގެ ގޮނޑުދޮށަށް ކަޅުތެޔޮ ލެއްގި ސަބަބެއް ނޭނގޭ ކަމަށާއި މިއަދު ހެނދުނު ހޭލިއިރު މުޅި ރަށުގެ ހިތްގައިމު ގޮނޑުދޮށް އޮތީ މުޅިން ކަޅުކޮށްލާފައި ކަމަށެވެ.

އެހެންވެ، ފަތުރުވެރިންނަށް މޫދަށް ނޭރެވޭނެކަން އޭނާ ފާހަގަކުރިއެވެ.

ފުލިދޫގެ ގޮނޑުދޮށް ތަޣައްޔަރުވެފައި: އެއީ ޓޫރިސްޓުންގެ މެދުގައި މަގުބޫލު ރަށެއް --

ރީތި ގޮނޑުދޮށެއް އޮތް އެ ރަށުގެ ހުރިހާ ދިމާއަކުން ވެސް މުޅި ގޮނޑުދޮށް އޮތީ ކަޅުތެލުން ތަޣައްޔަރުވެފައެވެ.

ފެލިދޫ ގޮނޑުދޮށް ސާފުކުރުމުގް މަސައްކަތް މިހާރު ކުރަމުން އަންނައިރު، އެމްއެންޑީއެފުން ބުނީ، ފުލިދޫ ފަޅުތެރެއަށާއި ގޮނޑުދޮށަށް ވަރަށް ބޮޑަށް ކަޅުތެޔޮ ފެތުރިފައިވާތީ، އެ ސަރަހައްދު ކަނޑަށް އިތުރަށް ކަޅުތެޔޮ އެޅިފައިވޭތޯ ބަލަމުން އަންނަ ކަމަށެވެ.

އެގޮތުން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ އުޅަނދު ހަލަވެލި އެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

https://sun.mv/211749

ފުލިދުއަށް އެހާ ގިނަ ތެޔޮ ލެއްގި ގޮތެއް ނޭނގެއެވެ. އެ ރަށުން ވާހަކަދެއްކި މީހާ ބުނީ، ބެލެވޭ ގޮތުގައި އެއީ އަލިހުރަސް ކަނޑުން އަންނަ ތެޔޮތަކެއް ކަމަށެވެ. އޭނާ ވަނީ، އެ ރަށާ ދުރުގައިވާ ޑައިވް ސައިޓްތަކަށް ޓޫރިސްޓުން ގޮވައިގެން އެކްސްކާޝަންއަށް ދެވޭނެ ކަމަށް ބުނެފައެވެ.

އެންމެ ފަހުގެ ބޯހިމެނުމުން ދައްކާގޮތުން ފުލިދޫގައި ދިރިއުޅެނީ 400 އެއްހާ މީހުންނެވެ.

comment ކޮމެންޓް