ދިރާގު ރޯޑް ރޭހުގައި 4،500 ބައިވެރިން: ރޭހަށް މަހެއް

ދިރާގު ރޯޑް ރޭސް 2023ގެ ތެރެއިން: 4500 ބައިވެރިންނާއެކު ރޭހުގެ އޮފިޝަލް ކައުންޓްޑައުން ވަނީ ފަށައިފަ -- ސަން ފޮޓޯ/ މުހައްމަދު މާހިލް އާތިފް

ރާއްޖޭގެ އެންމެ ބޮޑު އެއް ދުވުން، ދިރާގު މޯލްޑިވްސް ރޯޑު ރޭހުގައި ބައިވެރިވުމަށް ހުޅުވާލި މުއްދަތުގައި 4،500 ދުވުންތެރިން ބައިވެރިވެފައިވާ ކަމަށް ދިރާގުން ހާމަކޮށްފިއެވެ.

ދިރާގުން ވަނީ ރަޖިސްޓްރޭޝަން ބަންދުކުރުމަށް ފަހު ރަސްމީކޮށް ރޭހުގެ ކައުންޓްޑައުން ފަށައިފައެވެ.

View this post on Instagram

A post shared by Dhiraagu (@dhiraagu)

އަންނަ އޮކްޓޯބަރު މަހުގެ 24ވަނަ ދުވަހު ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ބާއްވާ ދިރާގު ރޯޑް ރޭހުގައި ދުވުންތެރިން ބައިވެރިވަނީ އޯޕަން ކެޓަގަރީގެ ފަސް ކިލޯމީޓަރާއި ދިހަ ކިލޯމީޓަރާއި ހާފް މެރަތަން ނުވަތަ 21.1 ކިލޯމީޓަރުގެ އިތުރުން، އޮފީސް ކެޓަގަރީގެ ފަސް ކިލޯމީޓަރާއި ސްކޫލް ކެޓަގަރީގެ ފަސް ކިލޯމީޓަރުގެ ބައިންނެވެ.

ކޮންމެ އަހަރަކު ވެސް ވަނަވަނައަށް ދާ ދުވުންތެރިންނަށް ބޮޑެތި ފައިސާގެ އިނާމު ލިބޭ، މި އަހަރުގެ އެޑިޝަންގައި ދިރާގުން ނިންމާފައިވަނީ ވަނަވަނައަށް ދާ ދުވުންތެރިންނަށް ޖުމުލަ 265،000 ރުފިޔާ ދިނުމަށެވެ.

ދިރާގު ރޯޑް ރޭހަކީ ވޯލްޑް އެތުލެޓިކްސް ސާޓިފައިޑް ރޫޓަކާއެކު ބައިނަލްއަގުވާމީ މެރަތަން އަދި ޑިސްޓެންސް ރަނާސްގެ އެސޯސިއޭޝަން (އެއިމްސް)ގެ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ރާއްޖޭގެ ހަމައެކަނި ބައިނަލްއަގުވާމީ ދުވުމުގެ އިވެންޓްކަން ފާހަގަކުރެވެއެވެ.

މިދިޔަ އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް ދިރާގު ރޯޑު ރޭސް ޚާއްސަކޮށްފައިވަނީ ކުޑަކުދިންގެ ރައްކާތެރިކަމަށެވެ.

comment ކޮމެންޓް