ފަލަސްތީން ދައުލަތް ބަލައިގަތުމަކީ، ޓެރަރިޒަމަށް ބޮޑު އިނާމެއް ދިނުން: ނަތަންޔާހޫ

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ސަރުކާރު އެކުލަވާލަން ނާކާމިޔާބުވެފަ -- ފޮޓޯ: ރޮއިޓާސް

އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އަދި ކެނެޑާއިންވެސް ފަލަސްތީނުގެ މިނިވަން ދައުލަތެއް ބަލައިގަންނާނެ ކަމަށް އިއުލާނުކުރުމާއެކު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އިނގިރޭސިވިލާތް ހިމެނޭ ގޮތަށް ޔޫރަޕްގެ ބައެއް ބޮޑެތި ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެކަން އިއުލާނުކުރުމާ އެކު ވެސް ނަތަންޔާހޫ ވަނީ އެކަމަށް ރައްދު ދެއްވާފައެވެ.

https://www.sun.mv/211626

"އޮކްޓޯބަރު ހަތް ވަނަ ދުވަހު ހިނގި ބިރުވެރި ގަތުލުއާންމަށް ފަހު ފަލަސްތީނުގެ ދައުލަތެއް ގަބޫލުކުރާ ލީޑަރުންނަށް އަޅުގަނޑުގެ ސާފު މެސެޖެއް އެބައޮތް. ތިޔަ ދެއްވީ ޓެރަރިޒަމަށް ވަރަށް ބޮޑު އިނާމެއް." ނަތަންޔާހޫ ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ. "އަދި އަޅުގަނޑު ތިޔަބޭފުޅުންނަށް ދޭން އިތުރު މެސެޖެއްވެސް އެބައޮތް. އެކަމެއް ނުވާނެ. އުރުދުން ކޯރުގެ ހުޅަނގުގައި ފަލަސްތީނުގެ ދައުލަތެއް ގާއިމެއް ނުކުރެވޭނެ."

ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން ޔަހޫދީ އާބާދީތައް ދެގުނައަށް އިތުރުކޮށްފައިވާ ކަމަށާއި އެކަން އެގޮތަށް ކުރިއަށް ގެންދަވާނެ ކަމަށްވެސް ނަތަންޔާހޫ ވިދާޅުވިއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ. ފޮޓޯ/ރޮއިޓާސް

ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގަތުމާ އެކު އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. ގައުމުތަކުގެ އެ ނިންމުމުގެ ސަބަބުން ހާލަތު ވާނީ އިތުރަށް ގޯސް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކިއާ ސްޓާމާ ވިދާޅުވީ ފަލަސްތީނު ދައުލަތް ބަލައިގަތުމަށް ނިންމުމުން ފަލަސްތީނާއި އިސްރާއީލުގެ ސުލްހައިގެ އުންމީދު އަލުން އާލާވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އިސްރާއީލުން ފަލަސްތީނުގައި ހިންގާ ޖަރީމާތަކާ ގުޅިގެން ފާއިތުވި ދެ އަހަރު ތެރޭ ބައެއް ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ބަލައިގެންފައިވާއިރު، އިނގިރޭސިވިލާތުން އޭރު އެކަމަށް ދެކޮޅު ހެދީ، ހަމާސްއަށް ހިތްވަރު ދޭން ބޭނުންނުވާ ކަމަށް ބުނެއެވެ.

ފަލަސްތީނުގެ ބިމުގައި އިސްރާއީލުން އާބާދު ކުރާ ޕްލޭން ދައްކާލަނީ. ފޮޓޯ/ރޮއިޓާސް

ފަލަސްތީނު ދައުލަތް ބަލައިގަތުމަށްފަހު، ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވިދާޅުވީ ފަލަސްތީން ދައުލަތާއި އިސްރާއީލު ދައުލަތަށް ވެސް ސުލްހަވެރި މުސްތަގުބަލެއް ބިނާކުރުމުގައި ގައުމުތަކުން އެހީތެރިވެދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

comment ކޮމެންޓް