ދިރާގު ކަސްޓަމަރުންނަށް އަގުހެޔޮކޮށް އޭޝިއާ ކަޕް ބަލައިލުމުގެ ފުރުސަތު

އޭޝިއާ ކަޕްގައި އިންޑިއާ އާއި ޕާކިސްތާން ބައްދަލު ކުރި މެޗެއް: ދިރާގު ކަސްޓަމަރުންނަށް އަގުހެޔޮކޮށް އޭޝިއާ ކަޕް ބަލައިލުމުގެ ފުރުސަތެއް -- ފޮޓޯ/ ނިއުސް 24

ދިރާގު ކަސްޓަމަރުންނަށް އޭޝިއާ ކަޕް 2025 ބަލައިލުމަށް ޚާއްސަ އޮފާއެއް ތައާރަފުކޮށްފިއެވެ.

އޭޝިއާގެ އެންމެ މަގުބޫލު އެއް މުބާރާތް ކަމުގައިވާ "އޭޝިއާ ކަޕް"ގައި ކްރިކެޓްގެ އެންމެ ވަރުގަދަ ޓީމުތައް ފެނިގެންދާނެއެވެ. އޭގެ ތެރޭގައި އިންޑިއާ، ޕާކިސްތާން، ސްރިލަންކާ، ބަންގްލަދޭޝް، އަފްގާނިސްތާން އަދި ނޭޕަލް ހިމެނެއެވެ.

މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

ދިރާގާއި މީޑިއާނެޓް ގުޅިގެން، ދިރާގު ކަސްޓަމަރުންނަށް ދޭ މި ޚާއްސަ އޮފާގެ ދަށުން ދިރާގު ކަސްޓަމަރުންނަށް އެންމެ 50 ރުފިޔާއަށް މީޑިއާނެޓް ޓީވީއަށް ސަބްސްކްރައިބް ކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި މި ރީޖަންގެ އެންމެ ފޯރިގަދަ ކްރިކެޓް މުބާރާތުގެ މެޗުތައް ސޮނީ ސްޕޯޓްސް ޓެން 1، 2 އަދި 5، ޗެނަލްތަކުން ވަގުތުން ބަލައިލުމުގެ ފުރުސަތު ލިބޭނެއެވެ.

ދިރާގު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މި ޚާއްސަ އޮފާ، ދިރާގު އެޕް އަދި މައި އެކައުންޓް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެއެވެ.

ދިރާގުން ދަނީ ކަސްޓަމަރުންނާ ހަމައަށް އެންމެ ފަހުގެ މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއި ތަފާތު ގިނަ ޚިދުމަތްތައް ހެޔޮ އަގުގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ޚާއްސަކޮށްގެން ފޯރުކޮށްދެމުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް