ޕެންޝަން އޮފީހުން އިންތިޒާމުކޮށްގެން ބާއްވާ 'މޯލްޑިވްސް ފައިނޭންސް ފޯރަމް'ގެ 12 ވަނަ އެޑިޝަން މިއަދު ފަށައިފިއެވެ.
މި ފޯރަމް ބާއްވަނީ ކުރުނބާ މޯލްޑިވްސްގައެވެ.
މިއީ މާލީ ދާއިރާތަކުގެ އިސްފަރާތްތަކާއި ސްޓޭކްހޯލްޑަރުން ބައްދަލުވެ، ޚިޔާލު ބަދަލުކޮށް، މަޝްވަރާކުރެވޭނެ ފުރުސަތު ފަހި ކުރުމަށްޓަކައި 2012 ވަނަ އަހަރުން ފެށިގެން، ޕެންޝަން އޮފީހުން ބާއްވަމުން އަންނަ ފޯރަމެކެވެ.
ކޮންމެ އަހަރަކުވެސް ވަކި ޚާއްސަ ތީމެއްގެ ދަށުން މަޝްވަރާ ކުރެވޭ ގޮތަށް ކުރިޔަށް ގެންދާ މި ފޯރަަމުގެ މިއަހަރުގެ ޝިއާރަކީ "ބިލްޑިން އަ ރެސިލިއެންޓް އެންޑް އިންކުލޫސިވް ކެޕިޓަލް މާކެޓް" އެވެ.
މި ޝިއާރުގެ ދަށުން މި އަހަރުގެ ފޯރަމްގައި ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓުގައި ވިޔަފާރިތަކަށާއި، އިންވެސްޓަރުންނަށާއި، އާންމު ފަރުދުންނަށް ހުރި ފުރުސަތުތަކާއި ގޮންޖެހުންތަކާ ބެހޭ ގޮތުން މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރާނެއެވެ.
މީގެ އިތުރުން މިއަހަރުގެ ޝިއާރާއި ގުޅޭ، އެކި މައުޟޫއުތަކުގެ ޕްރެސެންޓޭޝަންތަކާއި ކީނޯޓްސް ސްޕިޗްތަކުގެ އިތުރުން ޕެނަލް ޑިސްކަޝަންތައް ކުރިޔަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.