37 އަހަރުގެ ޚިދުމަތަށްފަހު ބްރިގޭޑިއާ ޖެނެރަލް ނަޝީދު ރިޓަޔާކުރައްވައިފި

37 އަހަރުގެ ޚިދުމަތަށްފަހު ބްރިގޭޑިއާ ޖެނެރަލް ނަޝީދު ރިޓަޔާކުރެއްވުން -- ފޮޓޯ/ އެމްއެންޑީއެފް

ސިފައިންގެއަށް 37 އަހަރު ޚިދުމަތް ކުރެއްވި، ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ނަޝީދު، ޝަރަފުވެރިކަމާ އެކު ސިފައިންގެ ޚިދުމަތުން ރޭ ރިޓަޔާކުރައްވައިފިއެވެ.

އެމްއެންޑީއެފުން ބުނީ ރޭ ބަންޑާރަކޮށީ އޮޑިޓޯރިއަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ ސިޓީފުޅު، ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫން ނަޝީދާ ޙަވާލުކޮށްދެއްވި ކަމަށެވެ. ވެ

އަދި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ އެމްއެންޑީއެފުން ދޭ ސިޓީއާއި، އިޚްލާސްތެރި ޚިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑު ނަޝީދަށް ހަވާލުކޮށްދެއްވައިފައެވެ.

37 އަހަރުގެ ޚިދުމަތަށްފަހު ބްރިގޭޑިއާ ޖެނެރަލް ނަޝީދު ރިޓަޔާކުރެއްވުން -- ފޮޓޯ/ އެމްއެންޑީއެފް

ހަމައެއާއެކު ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަޙްމަދު ޣިޔާސް ވަނީ، ރިޓަޔަމަންޓްގެ ރަމްޒީ ކާޑު ނަޝީދާ ހަވާލުކޮށްދެއްވައިފައެވެ.

އެމްއެންޑީއެފުން ބުނީ، ބްރިގޭޑިއާ ޖެނެރަލް ނަޝީދު ސިފައިންގެ ޚިދުމަތުން ރިޓަޔާކުރެއްވިއިރު ހުންނެވީ ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް އެންޑް ރިސޯސް މެނޭޖްމަންޓްގެ ޑައިރެކްޓާ ޖެނެރަލް އަދި އޯޑްނަންސް ސާވިސްގެ ކޮމާންޑަރުގެ މަޤާމުގައި ކަމަށެވެ.

ނަޝީދުގެ ދިގު އަސްކަރީ ޚިދުމަތުގައި، ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް އެންޑް ރިސޯސް މެނޭޖްމަންޓްގެ ޑައިރެކްޓާ ޖެނެރަލްގެ މަޤާމް، ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސްގެ ޕްރިންސިޕަލް ޑައިރެކްޓަރުގެ މަޤާމް، އޯޑްނަންސް ސާވިސްގެ ކޮމާންޑަރުގެ މަޤާމާއި ކޮމާންޑިން އޮފިސަރުގެ މަޤާމު އަދައިކުރެއްވިއެެވެ.

37 އަހަރުގެ ޚިދުމަތަށްފަހު ބްރިގޭޑިއާ ޖެނެރަލް ނަޝީދު ރިޓަޔާކުރެއްވުން -- ފޮޓޯ/ އެމްއެންޑީއެފް

މީގެ އިތުރުން ކުއާޓާ މާސްޓާ ސާވިސްގެ ކޮމާންޑިން އޮފިސަރުގެ މަގާމާއި، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ކޮމާންޑިން އޮފިސަރުގެ މަގާމާއި، ޓްރާންސްޕޯޓް ސާވިސްގެ ކޮމާންޑިން އޮފިސަރުގެ މަގާމް ވެސް ހިމެނެއެވެ.

ހަމައެއާއެކު ސަޕްލައި ޔުނިޓުގެ ކޮމާންޑިން އޮފިސަރުގެ މަޤާމާއި އޮފިސާ ކޮމާންޑިންގެ މަޤާމާއި އޮފިސާ ކޮމާންޑިންގެ އެހީތެރިޔާގެ މަޤާމު އަދާކުރައްވައިފައިވެއެވެ.

ނަޝީދު ރިޓަޔާކުރެއްވުމުގެ ރަސްމިއްޔާތުގައި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ޔުނިޓްތަކުގެ ކޮމާންޑަރުންނާއި، އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންނާއި، ކޮމާންޑް ސާރޖަންޓް މޭޖަރުން އަދި ޑައިރެކްޓަރޭޓް އޮފް ލޮޖިސްޓިކްސް އެންޑް ރިސޯސް މެނޭޖްމަންޓް އަދި އޯޑްނަންސް ސާވިސްގެ ސިފައިން ބައިވެރިވެފައިވެއެވެ.

comment ކޮމެންޓް