ގާސިމްގެ ބޯޓެއް ފައްތައި، މާމިގިލި ކައިރީ ޝިޕްރެކެއް ހަދައިފި

މާމިގިލީ ކައިރި ޝިޕްރެކް ހަދަން ފެއްތި ބޯޓު ---- ފޮޓޯ/ ރީހާން

އދ. މާމިގިލީ ކައިރިއަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބޯޓެއް ފައްތައި، 'ސިޕްރެކެއް' ހަދައިފިއެވެ.

މާމިގިލީ ކައުންސިލްގެ މެންބަރަކު 'ސަން'އަށް ވިދާޅުވީ، އެ ބޯޓު ޝިޕްރެކް ހަދަން ފެއްތީ އިއްޔެ ކަމަށާއި އެއީ ހުރިހާ އެންމެންނަށް ޒިޔާރަތްކުރެވޭ ގޮތަށް ހެދި ތަނެއް ކަމަށެވެ.

ޝިޕްރެކަށް ފަތުރުވެރިންގެ މެދުގައި އޮންނަ މަގުބޫލުކަން އިތުރުވަނީ އެ ތަނުގައި އުޅޭ ދިރުންތަކާ މުރަކަތަކުގެ ސަބަބުންނެވެ. އެގޮތުން، މިއަދި ފެއްތި ބޯޓުގައި ހަމަ މަހެއް ތެރޭ އަމިއްލައަށް މުރަކަތައް ހެދޭނެ ކަަމަށް ޑައިވަރުންނާ ހަވާލާދީ އެ މެންބަރު ވިދާޅުވިއެވެ. އެކަމަކު، މުރަކަ އިންދުމުގެ ވިސްނުން ވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި މާމިގިލީގައި މިހާރު ހަތް ގެސްޓުހައުސް ހިންގައެވެ. ސީޒަން ތެރޭ ހުރިހާ ގެސްޓްހައުސެއް އޮންނަނީ ފުރިފައެވެ. އެ ވިޔަފާރި މިހާރަށް ވުރެ ފުޅާކުރުމަށް ޒުވާނުން މަސައްކަތްކުރެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މީގެ އެއް ދުވަސް ކުރިން ވަނީ އެ ބޯޓުގައި އަލިފާނުގެ ހާދިސާއެއް ވެސް ހިނގިއެވެ. "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ހާދިސާ ހިނގީ، ވިޔަފާރިވެރިޔާ ގާސިމްގެ ވިލާ ޝިޕިން ކުންފުންޏަށް ނިސްބަތްވާ 'ވިލު ބުރު' ކިޔާ ކާގޯ ބޯޓެއްގައެވެ. ރޯވިއިރު ބޯޓު އޮތީ މާމިގިއްޔަށް އެހެލާފައެވެ.

މާމިގިލީ ކައިރި ޝިޕްރެކް ހަދަން ފެއްތި ބޯޓު ---- ފޮޓޯ/ ރީހާން

އެ ދުވަހު މާމިގިލީ ކައުންސިލްގެ ރައީސް 'ސަން'އަށް ވިދާޅުވި ގޮތުގައި ހާދިސާ ހިނގީ ގޭސް ކަޓަރުން އެއްޗެއް ކަފަނިކޮށް ކަމަށާއި އެ ބޯޓު ބޭނުންނުކޮށް އެހެލާފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ފާހަގަަކުރެވޭ ގޮތުގައި ޝިޕްރެކަކީ ފަތުރުވެރިންގެ މެދުގައި ވަރަށް ގަޔާވާ ތަނެކެވެ. އެގޮތުން، ވ. ކެޔޮދޫ ބޭރުގައި ވެސް މަގުބޫލު ޝިޕްރެކެއް އޮވެއެވެ. ނަމަވެސް، އެ ޝިޕްރެކް މިހާރު ވަނީ ބަންޑުން ޖަހާލާފައެވެ.

https://sun.mv/201126

މީގެ 10 ވަރަކަށް އަހަރު ކުރިން އެންމެ ފުރަތަމަ މި ބޯޓު ފެނުނީ ފެލިދޫގެ ދެ މަސްވެރިއަކަށެވެ. އޭރު އެ ބޯޓު ސަލާމަތްކުރަން އުޅުނު ނަމަވެސް އޮޔާގެންދިޔުމަށް ފަހު ބޯޓު ކަނޑުވީ މިހާރު އޮތް ސަރަހައްދަށެވެ. ކައިރި ރިސޯޓުތަކުންނާއި މާލެއިން ވެސް ދުވާލަކު އެތައް ބަޔަކު ޝިޕްރެކަށް ޒިޔާރާތްކުރެއެވެ.

comment ކޮމެންޓް